ބައެއް ފްލެޓުތައް އަތުލާނެ ކަމުގެ އިޝާރާތެއް، އިންތިހާބީ ރައީސް އެދެނީ ފްލެޓު ހަވާލުކުރުން އެ ސަރުކާރަށް ދޫކުރުމަށް

ސަރުކާރުގެ ބޯހިޔާވެހިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ހަދަމުންދާ ފްލެޓުތައް. -- ފޮޓޯ: އަބްދުﷲ އިޔާން

ސަރުކާރުގެ ބޯހިޔާވެހިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ހަދަމުންދާ ފްލެޓުތައް. -- ފޮޓޯ: އަބްދުﷲ އިޔާން

މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓުތަކުގެ ތެރެއިން ގާނޫނާއި ގަވާއިދާ ހިލާފަށް ފްލެޓެއް ދީފައިވާނަމަ އެ ފްލެޓެއް އަތުލުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަންނަވަނީ ފްލެޓުތައް ހަވާލުކުރުން އާ ސަރުކާރަށް ދޫކޮލުމަށް ކަމަށް އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެ އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެންމެ ފުރަތަމަ ދޫކުރާ 4,000 ފްލެޓަށް ކޮލިފައިވި މީހުންގެ ދާއިމީ ލިސްޓު އާންމުކުރުމާ އެކު އާންމުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ވަނީ ބަންޑުންކޮށްލައިފަ އެވެ. މި މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް ޝަކުވާގެ ފުރުސަތު ހުޅުވާލާފައިވާއިރު އިންތިހާބީ ރައީސްގެ އޮފީހަށް ވެސް އެކަމާ ގުޅިގެން ގިނަ އަދަދެއްގެ ޝަކުވާތައް ލިބިފައިވާ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.

ޑރ. މުއިއްޒުގެ ސަރުކާރު ވެރިކަމާ ހަވާލުވުމަށް ގާތްގަނޑަކަށް ނުވަ ދުވަސް އޮތްއިރު މި ދަނޑިވަޅުގައި އަވަސް އަރުވާލައިގެން ފްލެޓުތައް ހަވާލުކުރުމުގެ ބަދަލުގައި އާ ސަރުކާރަށް އެ މަސައްކަތްތައް ދޫކޮށްލުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.

ނުހައްގުން ފްލެޓުތަކެއް ދީފައިވާނަމަ އެފަދަ ފްލެޓެއް އަތުލާނެ ކަމުގެ އިޝާރާތެއް ފުރަތަމަ ފަހަރަށް މިއަދު އިންތިހާބީ ރައީސްގެ އޮފީހުން ވަނީ ދީފަ އެވެ.

"ނުހައްގުން, ނުގަވާއިދުން އުސޫލުތަކުގެ ބޭރުން ކަންތައްތަކެއް ހާސިލުކޮށްފައިވާނަމަ, ޝަރުތު ހަމަނުވާ ފަރާތްތަކަށް ދީފައި ހުރި ކަމަށްވާނަމަ, ނުވަތަ އެފަދަ އެހެން ކަންކަން ހުރި ކަމަށް ވާނަމަ އެކަންކަމާ މެދު ފިޔަވަޅު އެޅުމުގެ ފުރުސަތު އޮންނާނެ," މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވި އެވެ.

އިންތިހާބީ ރައީސްގެ އޮފީހުން މީގެކުރިން ހާމަކޮށްފައިވާ ގޮތުގައި މި ސަރުކާރުން ދީފައިވާ އެއްވެސް އެއްޗެއް އަތުލުމަކީ ޑރ. މުއިއްޒު ކުރައްވާނެ ކަމެއް ނޫނެވެ. އަދި, ހުދު އެމަނިކުފާނު ވެސް ވަނީ މި ސްކީމުތަކަށް ހުށަޅާފައިވާ އެއްވެސް ފޯމެއް ބާތިލު ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެހެން ނަމަވެސް, ފިރުޒުލް މިއަދު ހާމަކުރެއްވި މައުލޫމާތުތަކަށް ބަލާއިރު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ފްލެޓުތައް ދީފައިވާ ގޮތާ މެދު މައުލޫމާތުތައް އެއްކުރައްވައި އެކަމުގައި ފިޔަވަޅު އަޅަން ޖެހޭ ކަމެއް އޮތް ނަމަ ފިޔަވަޅު އަޅުއްވާނެ އެވެ. އޭގެ ތެރޭގައި ޝަރުތު ހަމަނުވާ މީހުންނަށް ފްލެޓެއް ދިނުން ހިމެނޭނަމަ އެ ފްލެޓެއް އަތުލާނެ ކަމަށް ބެލެވެ އެވެ.

ގެދޮރުވެރިކަމާ ބޯހިޔާވަހިކަމުގެ ދާއިރާއަކީ ނުހަނު ބޮޑު އަހަންމިއްޔަތު ކަމެއް ޑރ. މުއިއްޒުގެ ސަރުކާރުން ދެއްވާނެ ދާއިރާއެއް ކަމަށާއި މިހާރު ވެސް ކުރިއަށްދާ މަޝްރޫއުތައް ވެސް އަވަހަށް ނިންމައި ރައްޔިތުންނަށް މަންފާ ލިބޭނެ ގޮތް ހަައްދަވައިދެއްވާނެ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.

ލެޓް ލިބޭ މީހުންގެ ލިސްޓް އާންމުކޮށްފައިވަނީ ޕޮއިންޓު ދިނުމުގެ އުސޫލާ ހިލާފަށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ނުލިބޭހެން ވަކި ބަޔަކަށް ނާޒާއިޒު މަންފާ ހޯދައި ދިނުމުގެ ގޮތުން ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް އޭސީސީން ދަނީ ބަލަމުންނެވެ.

އެ މައްސަލާގައި އެ އިދާރާއިން ވަނީ ޕޮއިންޓު ދީފައިވާ ގޮތާ މެދު ޝަކުވާ ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއްދީ، އެ ޝަކުވާތަކަށް ބެލުމަށްފަހު ނޫނީ ފްލެޓުތައް ހަވާލު ނުކުރަން ޕްލޭނިން މިނިސްޓްރީއަށް އަންގާފަ އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ދާއިމީ ލިސްޓުގައި ޝަރުތު ހަމަވާ ކަމަށް ބުނާ ނަމަވެސް ފުރަތަމަ ދޭ 4000 ފްލެޓުގެ ތެރޭގައި ނުހިމެނޭ މީހުންނަށްވެސް ސަރުކާރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހައުސިން މަޝްރޫއުތަކުގެ ތެރެއިން ފުލެޓެއް ދިނުމަށް ހަމަޖެހިފައިވާކަމުގެ ލިޔުން ޕޯޓަލް މެދުވެރިކޮށް ދޭނެ ކަމަށެވެ.

ފުރަތަމަ ބުރުގައި ދޫކުރާ 4000 ފްލެޓު ދެނީ ތިން ކޮޓަރީގެ އެޕާޓްމަންޓަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން 76 އިން ފެށިގެން މަތިން މާކްސް ލިބުނު މީހުންނަށެވެ. އަދި ދެ ކޮޓަރީގެ އެޕާޓްމަންޓަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން 73 އިން ފެށިގެން މަތިން މާކްސް ލިބުނު މީހުންނަށެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ސަރުކާރުން އަންނަނީ 18 ބުރީގެ 32 ޓަވަރު އިމާރާތް ކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،200 ޔުނިޓާއި ތިން ކޮޓަރީގެ 2،800 ޔުނިޓެވެ. އެ ޔުނިޓުތަކުގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ގާތްވެފަ އެވެ

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox