ރާއްޖޭން ހިފެހެއްޓި އިންޑިއާގެ މަސްވެރިން ދޫކޮށްލުމަށް ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރު ގޮވާލައްވައިފި

އެމްއެންޑީއެފް ކޯސްޓުގާޑު އުޅަނދެއް : ރާއްޖެއިން ހިފެހެއްޓި އިންޑިއާގެ މަސްވެރިން ދޫކޮށްލުމަށް ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރު ގޮވާލައިފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އެމްއެންޑީއެފް ކޯސްޓުގާޑު އުޅަނދެއް : ރާއްޖެއިން ހިފެހެއްޓި އިންޑިއާގެ މަސްވެރިން ދޫކޮށްލުމަށް ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރު ގޮވާލައިފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުންދަނިކޮށް ރާއްޖޭން ހައްޔަރުކުރި އިންޑިއާގެ ޓެމިލް ނާޑޫއަށް ނިސްބަތްވާ މަސްވެރިންތަކެއް ދޫކޮށްލުމަށް އެ ސްޓޭޓުގެ ޗީފް މިނިސްޓަރު އެމްކޭ ސްޓާލިން ގޮވާލައިފި އެވެ.

މިދިޔަ މަހު 23 ގައި އަތުލައިގަތް މި އުޅަނދުން ހައްޔަރުކޮށްފައިވަނީ 12 މަސްވެރިއެކެވެ. ނަމަވެސް ސްޓާލިން ބުނީ މިދިޔަ މަހު ފުރަތަމަ ދުވަހު މަހަށް ފުރި އެ ބޯޓުން މަސްވެރިކަން ކުރަމުން ދިޔައީ ގަވާއިދާ އެއްގޮތަށް ކަމަށާއި އެ އުޅަނދުން ރާއްޖޭގެ ބޯޑަރު ތެރެއަށް ނުވަންނަ ކަމަށެވެ.

"ރާއްޖޭގެ ސިފައިން އެ މީހުން ހައްޔަރުކުރީ ރާއްޖޭގެ ސަރަހައްދަށް ނުވަދެ މައި ކަނޑުގައި މަސްވެރިކަން ކުރަމުން ދަނިކޮށް،" އޭނާ ބުންޏެވެ.

މިއީ މި މައްސަލައިގައި ސްޓާލިން ކަންބޮޑުވުން ފާޅުކުރި ފުރަތަމަ ފަހަރެއް ނޫނެވެ. އެގޮތުން މިދިޔަ މަހު 28 ގައި އޭނާ ވަނީ ރާއްޖޭގެ ސަރުކާރާ ގާތް ގުޅުމެއް އޮންނަ އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރަށް އަށް ވެސް މައްސަލަ ހުށަހަޅުއްވައި އެ މީހުން މިނިވަން ކުރުމަށް މަސައްކަތް ކުރައްވައިފަ އެވެ.

"މަނިކުފާނު މި ކަމުގައި މަސައްކަތް ކުރައްވައިފި ނަމަ އެ މަސްވެރިން މިނިވަން ވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން، އެ ކަމަށް މަސައްކަތް ކޮށްދެއްވުމަށް ދަންނަވަން،" އޭނާ ފޮނުއްވި ސިޓީފައިވެ އެވެ.

އެ ސިޓީގައި ބުނެފައިވާ ގޮތުގައި ރާއްޖޭން އެ މަސްވެރިންގެ މައްޗަށް 420،000 ދިވެހި ރުފިޔާގެ ޖޫރިމަނާއެއް އިއްވާ މި މަހުގެ ނިޔަލަށް އެ ފައިސާ ދައްކަން ވަނީ އަންގައިފަ އެވެ. އަދި އެ ނުދައްކާނަމަ މަސް ބޯޓު އަދި މަސްވެރިން ދޫކޮށްނުލާނެ ކަމަށް އަންގާފައިވާ ކަމަށް ސްޓާލިން ޖައިޝަންކަރަށް ލިޔުއްވި ސިޓީގައި ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox