ޔާމީނުގެ ޖަލްސާގައި ޖަމީލު ދެއްކި ވާހަކައަށް އަބްދުއް ރަހީމްގެ ވަރުގަދަ ރައްދެއް!

ޔާމީނުގެ ޖަލްސާގައި ޖަމީލު ދެއްކި ވާހަކައަށް އަބްދުއް ރަހީމްގެ ވަރުގަދަ ރައްދެއް!

ވެރިކަން ލިބުނު ގޮތް ވަރަށް ރަނގަޅަށް ހަނދާނުގައި އެބަހުރި ކަމަށާއި ހަނދާނުން ނައްތާނުލަންވީ މީގެ ފަސް އަހަރު ކުރިން ރައީސް ޔާމީނުގެ އިސްތަށިފުޅުގައި ބޮޑެތި ތުހުމަތުތައް އަޅުވައި އެމްޑީޕީ ސަރުކާރު ގެނައުމުގެ މަސައްކަތް ކުރި މީހުންގެ މަތިން ކަމަށް ވިދާޅުވެ ކުރީގެ ނައިބުރަައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަރުގަަދަ ރައްދެއް ދެއްވައިފި އެވެ.

އަބްދުއް ރަހީމް ޖަމީލަށް ރައްދު ދެއްވީ މިދިޔަ ހަފުތާގައި ޕީޕީއެމް އޮފީހުގައި އޮތް ރައީސް ޔާމީން ބައިވެރިވެލެއްވި ޖަގަހަ ޖަލްސާގައި ދެއްކެވި ވާހަކަ އަށެވެ. އެ ޖަލްސާގައި ޖަމީލު ވިދާޅުވީ ވެރިކަމަށް އާދެވުމުން ހެއްދެވޭނެ އެންމެ ބޮޑު ގޯހަކީ ވެރިކަމަށް އާދެވުނު ގޮތް ހަނދާން ނެތުންކަމަށެވެ.

"ހެދޭނެ އެންމެ ބޮޑު ގޯހަކީ އަޅުގަނޑުމެންނަށް މި ލިބުނު ކާމިޔަބީ ލިބުނު ގޮތް ހަނދާން ނައްތާލުން، ހަނދާން ނައްތާލުން، ކިހިނެއްހޭ އައީ، ކާކުހޭ އެންމެ ބޮޑު ގުރުބާނީއެއްވީ، ކޮންބައެއްގެ މަސައްކަތް ހޭ؟ ދިވެހިރާއްޖޭގެ އެތަކެއް ރައްޔިތުން، އަޅުގަނޑުމެން ޕާޓީން އެކަންޏެއް ނޫނޭ، ބައިވަރު ހެޔޮއެދޭ ގާތް ތިމާގެ އެތައް ރަހުމަތްތެރި އެތައް ބައެއްގެ ބުރަ މަސައްކަތުން،" ޖަމީލް ވިދާޅުވެފައިވެ އެވެ.

އެ ވާހަކަތަކަށް ރައްދުދެއްވައި އަބްދުއްރަހީމް ވިދާޅުވީ ވެރިކަމާ ހަމައަަށް އާދެވުނު ގޮތާއި ވެރިކަން ހޯދައިދޭން މަސައްކަތް ކޮށްދެއްވި ބޭފުޅުންނާއި ވެރިކަން ހޯދުމާ ދެކޮޅަށް ނުކުތް ފަރާތްތަކުގެ މަތިން ވެސް ހަނދާން ނުނެތޭނެ ކަމަށެވެ.

"އަޅުގަނޑުމެން ހަނދާން އެބަހުރި އަޅުގަނޑުމެންނަށް ވެރިކަން ލިބުނު ގޮތް، އަޅުގަނޑުމެންގެ ހަނދާނަކުން ނުދާނެ އަޅުގަނޑުމެންނަށް ވެރިކަމާ ހަމައަށް މި އާދެވުނީ ކިހިނެއް ކަމެއް، ވެރިކަން އަޅުގަނޑުމެންނަށް ލިބުނީ ކިހިނެއް ކަމެއް، ވެެރިކަން ހޯދަން އަޅުގަނޑުމެން ކުރި މަސައްކަތެއް، އެކަމުގައި އެއްބާރުލުން ދިން ފަރާތްތަކެއް، އަދި އެކަމާ ދެކޮޅަށް ތެދުވި ފަރާތްތަކެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

މީގެ ފަސް އަހަރު ކުރިން 2018 ވަނަ އަހަރުގެ އިންތިހާބާ ކުރިމަތިލިއިރު، ޑރ. ޖަމީލް ހުންނެވި ފަޅި ހަނދާން އައުކޮށް އަބްދުއްރަހީމް ވިދާޅުވީ ހަމަ އެގޮތަށް މީގެ ފަސްއަހަރު ކުރިން ރައީސް ޔާމީނުގެ ވެރިކަން ބަދަލު ކުރުމަށް މަސައްކަތް ކުރި މީހުންގެ މަތިން ވެސް ހަނދާން ނުނެތޭނެ ކަމަށާއި އެ މަންޒަރުތަކާއި އަޑު މިހާރުވެސް އިވޭ ކަމަށެވެ.

"[އެމްޑީޕީގެ ސަރުކާރު ގެނައުމަށް] ހަގީގަތެއް ނެތް ބުހުތާނު ވާހަކަތަކެއް ދެއްކީ، ރައީސް ޔާމީނުގެ އިސްތަށިފުޅުގައި ނާޅުވާ އިލްޒާމެއް ނެތް، ނުކުރާ ތުހުމަތެއް ނެތް، އެވާހަކަ އެ ދެއްކެވި ބޭފުޅުން މިއަދު އަޅުގަނޑުމެން ވެރިކަމާ ހަމައަށް އައިމާ ވެރިކަމާ ހަމައަށް އާދެވުނު ގޮތް ހަނދާން ނެތުނަސް މިވެރިކަން ގެންނަން މަސައްކަތް ކުރި އަޅުގަނޑުމެންގެ ޓީމަކުން އެ ހަނދާންތައް ނެތިގެން ނުދާނެ،" ނުސީދާކޮށް ޖަމީލުއަށް ރައްދުދެއްވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.

ޑރ. ޖަމީލްއަކީ 2013 ވަނަ އަހަރު ރައީސް ޔާމީނު ވެރިކަމަށް ވަޑައިގެންނެވިއިރު، އެ މަނިކުފާނުގެ ނައިބު ރައީސް އެވެ. ނަމަވެސް ވެރިކަމުގެ ވަކި ހިސާބަކުން ރައީސް ޔާމީނުގެ ވެރިކަމުގެ މައްޗަށް ހިތް ގޯސްވެ، އިދިކޮޅާ ގުޅެން އުޅޭ ކަމުގެ އަޑުތައް ފެތުރުނެވެ. އެ މައްސަލައިގައި އެންމެފަހުން ނައިބު ރައީސްކަމުން ޖަމީލް ވަކި ކުރެއްވުމުން އިދިކޮޅާއެކު ރައީސް ޔާމީނުގެ ސަރުކާރާ ދެކޮޅަށް ވަރުގަދަ މަސައްކަތްތަކެއް ޖަމީލް ކުރައްވަން ފެށްޓެވި އެވެ.

އެގޮތުން 2018 ގައި އެމްޑީޕީން ވެރިކަމަށް އައިއިރު ވެސް ޖަމީލް ހުންނެވީ އެގޮތުގަ އެވެ. ނަމަވެސް ފަހުން އަނެއްކާ ވެސް ޕީޕީއެމްއާ ގުޅިވަޑައިގެންނެވީ ރިޔާސީ ދައުރުގެ މެދެއްހައި ހިސާބުންނެވެ.

ޖަމީލްގެ ވާހަކަތަކަށް ރައްދުދެއްވައި އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީއާއި ޕީޕީއެމް ވަކި ކުރުމަށް ވަރަށް ގިނަ ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެއްވެސް ބަޔަކަށް އެ ފުރުސަތު ނުދެއްވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ޕީޕީއެމް ޕީއެންސީ، އަޅުގަނޑުމެންގެ ދެ ޕާޓީ ބައިބައި ކުރުމުގެ މަސައްކަތަކީ އެއްވެސް ބަޔަކަށް އިރާދަކުރެއްވިއްޔާ ކުރެވޭނެ މަސައްކަތެއް ނޫން، އެ ފުރުސަތެއް އެއްވެސް ފަރަތަކަށް އަޅުގަނޑުމެންނެއް ނުދޭނަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވަނީ އެމްޑީޕީއަށް ވެރިކަން ހޯދައިދިނުމަށް ޓީވީތައް ކުރިމައްޗަށް އަރައި ވާހަކަދައްކައި ރައީސް ޔާމީންގެ އިސްތަށިފުޅުގައި ތުހުމަތުތައް އެޅުވީ ކޮންބައެއް ކަން ރައްޔިތުން ވެސް ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ.

"އަޅުގަނޑުމެން ސިޔާސީ މަސައްކަތް ކުރަމުން މިގެންދަނީ ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާ އެކީގައި މާޒީގައި ހިނގާފައި ހުރި ކަންތައްތަކުން ތަޖުރިބާ ހޯދައިގެން މުސްތަގުބަލު ބިނާކުރުމުގެ މަސައްކަތް މިކުރަނީ އަޅުހަނޑުމެންނަކީ ދެދުވަހު ދެގޮތަށް ވާހަކަދައްކާ ބައެއް ނޫން، އަޅުގަނޑުމެން ވާހަކަދައްކާނީ އެއްގޮތެއްގައި ތިބެގެން، އަޅުގަނޑުމެން ވާހަކަދައްކާނީ އެއް ޕޯޑިއަމެއްގައި ތިބެގެން،" ޖަމީލްއަށް ހޫނު ރައްދެއް ދެއްވައި އަބްދުއްރަހީމް ވިދާޅުވި އެވެ.

ޖަމީލްއަށް އަބްދުއްރަހީމް ހޫނު ރައްދެއް ދެއްވިއިރު، މީގެ ކުރިން ރައީސް ޔާމީން ވެސް ވަނީ ޖަމީލް ދެއްކެވި މޭރުމުން ވާހަކަފުޅުތަކެއް ދައްކަވައިފަ އެވެ. އެ މަނިކުފާނު ގެއަށް ބަދަލު ކުރެއްވުމުން ގޭ، ކިޑިކީން ސަޕޯޓަރުންނާ މުހާތަބު ކުރައްވައި ވާހަކަދައްކަވަމުން ވަނީ ބައެއް މީހުންނަށް މަގާމުތަކަށް އާދެވުމުން ކަންކަން ހަނދާން ނެތޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުގެ އިސްވެރިން އިލްމުވެރިންގެ ގުޅުމުން ވަކިވެއްޖެ

އިލްމުވެރިންގެ ގުޅުމުން ބުނެފައިވަނީ މި މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ގެންދިއުމަކީ އިސްލާމީ ހަމަތަކާ ޚިލާފު ކަމެއް ކަމަށާއި، އެހެންކަމުން ސަރުކާރުން މި މަޝްރޫއު އަލުން މުރާޖައާ ކުރަންޖެހޭ ކަމަށެވެ.

ދިދައިގެ ކުލަތައް ވަކިވާނަމަ ރަސްމާލެ ދޫކޮށްނުލާނެ: އިމްރާން

މި މަޝްރޫއާ ދެކޮޅަށް އުފެއްދި ގައުމީ ހަރަކާތުގައި ސިޔާސީ އިސް ބޭފުޅުންނާއި އިލްމުވެރިން ބައިވެރިވާކަން ފާހަގަކުރައްވައި، ގައުމީ ކަންކަމުގައި އިލްމުވެރިން މިއަށްވުރެ ބޮޑަށް އިސްނެންގެވުމަށް އޭނާ ގޮވާލެއްވިއެވެ.

ގާނޫނުތައް ވެސް ހަދަނީ އީގަލް ހިލްސްއިން އަންގާ ގޮތަށް: ޒިޔާދު

ރަސްމާލޭގައި އީގަލް ހިލްސްގެ މަޝްރޫއު ފެށުމުން ރާއްޖޭގެ ގާނޫނުތައް ހަދަން ޖެހޭނީ އެ ކުންފުނިން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވެ މެންބަރު ޒިޔާދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ. މި މަޝްރޫއުގެ ސަބަބުން ބޭރުގެ މުއްސަނދިން ރާއްޖޭގައި ވަޒަންވެރިވެ، ދިވެހިންގެ ދީނީ އަދި އިޖުތިމާއީ އުސޫލުތަކަށް ނުފޫޒު ފޯރުވާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

މީކާއީލްގެ މި ވާހަކަތައް ޕީއެންސީއަށް ހަޖަމެއް ނުވި!

މަޖިލިސް މެންބަރުންގެ އިނާޔަތްތައް ކަނޑާލުމަށް ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައި، މިހާރުގެ މަޖިލީހަކީ ރައީސް އޮފީހުގެ ގޮފިގަނޑެއްގެ ގޮތުގައި ސިފަކުރައްވައި މެންބަރު މީކާއިލް ސަރުކާރު ހިންގާ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މީކާއިލް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ މަސައްކަތްތައް ދަށްވުމުގެ ސަބަބުން މެންބަރުންނަށް ދޭ މުސާރައާއި އިނާޔަތްތަކާމެދު ރައްޔިތުންގެ މެދުގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

ދިރުވާލައިގެން ޑްރަގު އެތެރެކުރި ނޭޕާލްގެ 2 މީހަކު އަތުލައިގަނެފި

ދިރުވާލައިގެން ރާއްޖެއަށް އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނޭޕާލްގެ ދެ މީހަކު ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. މި މީހުންގެ ހަށިގަނޑުން މަސްތުވާތަކެތި އެކުލެވޭ 142 ބުލެޓް ފެނިފައިވާއިރު، އޭގެ ތެރޭގައި ހެރޮއިން، ކޮކެއިން އަދި މޯފިން ހިމެނެއެވެ.

ވ. ތިނަދޫ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރަނީ ޝުޖާއު

ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނީ އެ މަގާމުގައި ކުރިން ހުންނެވި ޝުޖާއު އަލީ. އޭނާގެ ގޮނޑި ގެއްލުނީ އިންތިހާބުވި ޕާޓީ ބަދަލުކުރުމާ ގުޅިގެން ކަމަށްވާއިރު، މިފަހަރުގެ ޓިކެޓް އޭނާއަށް ކަށަވަރުވީ އިތުރު މީހަކު ކުރިމަތިނުލުމުން.

ޕީއެންސީ މެންބަރުންނަކީ "ބޮޓުން" ކަމަށް ވިދާޅުވުމުން ހުއްޓުވައިފި

މީކާއިލް ވިދާޅުވީ މެންބަރުންގެ އިނާޔަތްތަކުގެ ވާހަކަ ރައްޔިތުން ދައްކަނީ މެންބަރުންގެ އަމަލުތައް ހުންނަ ގޮތުން ކަމަށާއި، ނަމަވެސް ރިޔާސަތުން ވަނީ މެންބަރުންނަށް އިހާނެތިވާނެހެން ވާހަކަ ނުދެއްކޭނެ ކަމަށް އަންގަވާފަ.

Newsletter

Get the latest news delivered straight to your inbox