ހުލާސާކޮށް އިއްޔެ: ޔާމީނަށް ދިން އިންޒާރާ ގުޅިގެން ބެހެއް ބުނުން މުނާސަބު ކަމަކަށް ނުވުން!

Nov 3, 2023, 1:37 AM
ޕީޕީއެމް/ޕީއެންސީ އިން އައްޑުއަށް ފުރުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: މިރާޝް ނާސިމް/ އަދަދު

ޕީޕީއެމް/ޕީއެންސީ އިން އައްޑުއަށް ފުރުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: މިރާޝް ނާސިމް/ އަދަދު

މަނީ ލޯންޑަރިން އާއި ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލާފައި ވަނިކޮށް، ސަރުކާރުން ލުއި ދިން އިރު ވެފައިވާ އިގުރާރާ ހިލާފަށް އަމަލުކުރެއްވުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދިން އިންޒާރާ ގުޅިގެން އެއްޗެއް ބުނަން ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އިއްޔެ ދެކޮޅު ހެއްދެވި އެވެ.

ޕީޕީއެމް/ޕީއެންސީން އައްޑުއަށް ކުރާ ދަތުރަށް ފެށުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރެއްވިއިރު "އަދަދު" ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ސިޔާސީ ހަރަކާތްތައް ހިންގައިފި ނަމަ ޔާމީނަށް ދީފައިވާ ލުއިތައް ނަގާނެ ކަމަށް ކަރެކްޝަނަލް ސާވިސް އިން ޔާމީނަށް ދިން އިންޒާރަކީ ގާނޫނާ އެއްގޮތަށް ދިން އިންޒާރެއް ކަމަށް ވާނަމަ ޕާޓީން އެއަށް އެއްޗެއް ބުނަން ނުޖެހޭނެ ކަމަށެވެ.

އަބްދުއްރަހީމް މިމޭރުމުން ޖަވާބު ދެއްވި އިރު ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތް ތަހުގީގުކޮށް، މަނީ ލޯންޑަރިން އާއި ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ ކްރިމިނަލް ކޯޓުން ކުރި 11 އަހަރުގެ ޖަލު ހުކުމަށް، ޕީޕީއެެމް/ޕީއެންސީން މީގެ ކުރިން ކިޔަމުން އައީ "ހަރާމް ހުކުމް" މި ނަމެވެ. އެއީ ސިޔާސީ ގޮތުން އިއްވާފައިވާ ހުކުމެއް ކަމަށް އެ ދެ ޕާޓީން ތަކުރާރުކޮށް ގެންދިޔައީ ބުނަމުންނެވެ.

ކަރެކްޝަނަލް ސާވިސް އިން ޔާމީނަށް ލުއިކޮށްދިނީ އެ ހުކުމުގެ އަދަބެވެ. އިންޒާރު ދިނީ އެ އަދަބަށް ލުއި ދިން އިރު ވީ އިގުރާރާ ހިލާފުވެގެންނެވެ.

"ތިޔަ ވިދާޅުވި ހެން، ޖަލުތަކާ ޕެރޯލްގެ ގާނޫނާ އެއްގޮތަށް ބަޔާނެއް ނެެރެފިއްޔާ، އެއަކަށް އަޅުގަނޑުމެން ޖަވާބުދޭ ކަށެއް ނުޖެހޭނެ. އެހެންނޫންތޯ ވާނީ؟ އެއީ އެނގިވަޑައިގަންނަވާނެ އެ ބޭފުޅުން [ކަރެކްޝަނަލް ސާވިސް އިން ] ބަޔާން ނެރުއްވާފައި އޮތީ ގާނޫނަކާ ހަވާލާ ދެއްވާފައި،" އަބްދުއް ރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕާޓީން ބަހެއް ބުނަން މުނާސަބު ނުވަނީ ކަރެކްޝަނަލް ސާވިސް އިން ގާނޫނާ ހަވާލާދީފައި އޮތުމުންނެވެ.

ޕީޕީއެމް/ޕީއެންސީ އަށް މިފަހަރު ވެރިކަން ކާމިޔާބު ކުރަން އެންމެ ބޮޑަށް ވިއްކީ ޔާމީން މިނިވަން ކުރުމާއި، އިންޑިއާ ސިފައިން ބޭރުކުރުމުގެ ވާހަކަ އެވެ.

މުހިއްމު ބައެއް ހަބަރު

ދުވަހުގެ ފޮޓޯ

އިންޓަ ސުކޫލް ވިލީ މުބާރާތުގެ ތެރެއިން. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
އިންޓަ ސުކޫލް ވިލީ މުބާރާތުގެ ތެރެއިން. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އިންޓަ ސުކޫލް ވިލީ މުބާރާތުގެ ތެރެއިން. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox