އިނގިރޭސިވިލާތާއި, ކެނެޑާ އަދި އޮސްޓްރޭލިއާ ފަދަ ގައުމުތަކުގެ ޔުނިވާސިޓީތައް ހިމެނޭހެން ހާއްސަ ފެއާއެއް މި ހަފުތާ ބަންދުގައި ބާއްވާނެ އެވެ.
ޒީދު އިންޓަނޭޝަނަލްގެ ފަރާތުން އިންތިޒާމުކުރާ މި ފެއާ އޮންނާނީ މި ހަފުތާ ބަންދުގެ ކޮންމެ ދުވަހެއްގެ ހަވީރު 4 އިން 10 އަށް މީރުމާގަ އެވެ. މި ފެއާގައި އެ ތިން ގައުމުގެ އިތުރުން މެލޭޝިއާ, ބެލާރުސް, އިންޑިއާ, ސްރީ ލަންކާ އަދި ފިލިޕީންސް, ބަންގްލަދޭޝާއި ރާއްޖޭގެ 45 އަށްވުރެ ގިނަ ޔުނިވާސިޓީން ބައިވެރިވާނެ އެވެ.
ފެއާގައި ބައިވެރިވާ ބައެއް ޔުނިވާސިޓީތައް
- ކާޑިފް ޔުނިވާސިޓީ (ޔޫކޭ)
- ޔުނިވާސިޓީ އޮފް ލީޑްސް (ޔޫކޭ)
- ޔުނިވާސިޓީ އޮފް ލަންޑަން (ޔޫކޭ)
- ދަ ޔުނިވާސިޓީ އޮފް ޝެފީލްޑް (ޔޫކޭ)
- ޔުނިވާސިޓީ އޮފް ބްރައިޓަން (ޔޫކޭ)
- ސަދަން ކްރޮސް ޔުނިވާސިޓީ (އޮސްޓްރޭލިއާ)
- ލޭކްހެޑް ޔުނިވާސިޓީ (ކެނެޑާ)
- ޓްރިނިޓީ ވެސްޓާންސް ޔުނިވާސިޓީ (ކެނެޑާ)
- ޖޯޖިއަން ކޮލެޖު (ކެނެޑާ)
މި ޔުނިވާސިޓީތަކުގެ ބޭފުޅުން ކޯސްތަކުގެ މައުލޫމާތު ހިއްސާކުރުމަށް މީރުމާގައި ތިއްބަވާނެ ކަމަށް ޒީދު އިންޓަނޭޝަނަލް އިން މައުލޫމާތު ދެ އެވެ.
ޒީދު އިންޓަނޭޝަނަލްއިން ވަނީ މީގެކުރިން ވެސް މިފަދަ ފެއާތަކެއް ކުރިއަށް ގެންގޮސްފަ އެވެ.











