ޔާމީނަށް ކަރެކްޝަނުން ދިން އިންޒާރާ އެކު ވެސް ލީޑާޝިޕް ހިމޭނުން

މީގެކުރިން ބޭއްވި އިވެންޓެއްގައި ޔާމީނާ އެކު ޕީޕީއެމްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. ޔާމީނާ ދެކޮޅަށް އިދާރާތަކުން ނިންމާ ކޮންމެ ނިންމުމެއްގައިހެން ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުން މީގެކުރިން ބަސް ވިދާޅުވޭ --- ފޮޓޯ: އަދަދު ފައިލް

މީގެކުރިން ބޭއްވި އިވެންޓެއްގައި ޔާމީނާ އެކު ޕީޕީއެމްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. ޔާމީނާ ދެކޮޅަށް އިދާރާތަކުން ނިންމާ ކޮންމެ ނިންމުމެއްގައިހެން ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުން މީގެކުރިން ބަސް ވިދާޅުވޭ --- ފޮޓޯ: އަދަދު ފައިލް

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދިން ލުއިތަކާއެކު، ޕެރޯލް ގާނޫނާއި އެމަނިކުފާނު އެއްބަސްވެވަޑައިގެންނެވި އިގުރާރާ ހިލާފަށް ސިޔާސީ ހަރަކާތްތައް ހިންގަމުންދާތީ، ލުއިތައް އުވާލާނެ ކަމަށް ކަރެކްޝަންސްއިން އިންޒާރު ދީފައިވާއިރު އެ މައްސަލާގައި ޕީޕީއެމް/ޕީއެންސީގެ ލީޑަރުން އެހެން މައްސަލަތަކާ ހިލާފަށް ހިމޭނުންނެވެ.

ހުކުމުގެ ދަށުން ތަންފީޒުކުރައްވަމުން ގެންދެވި ގެ ބަންދަށް އޮކްޓޯބަރު 28, ގައި ދިން ލުއިތަކާ އެކު ޖެހިގެން އައި ދުވަހުގެ ރޭ އެމަނިކުފާނުގެ ގެކޮޅު, ހ. ދޫވެހި ކައިރީގައި ހުންނަ ޕީޕީއެމްގެ އޮފީހަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރެއްވި އެވެ. އެއަށްފަހު އޮކްޓޯބަރު 30 ވަނަ ދުވަހުގެ ރޭ ޔާމީނު ވަނީ ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ބައިވެރިވެވަޑައިގަނެ ވާހަކަފުޅު ދައްކަވާފަ އެވެ.

ވަރަށް މުއުތަބަރު ގޮތަކަށް "އަދަދު" އަށް ކަށަވަރުވެފައި ވާގޮތުގައި ރައީސް ޔާމީނުގެ ބަންދަށް ކަރެކްޝަންސްއިން ލުއި ދީފައި ވަނީ އެ ސާވިސްއާއި ޔާމީންއާ ދެމެދު އިގުރާރެއް އެކުލަވައިލުމަށްފަހު އެވެ.

އެ އިގުރާރުގައި ޔާމީން ވަނީ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި އުސޫލުތަކާ ހިލާފު އެއްވެސް އަމަލެއް ނުހިންގުމަށް އެއްބަސްވެފަ އެވެ.

ނަމަވެސް, އެ އިގުރާރާ ހިލާފުވެފައިވާތީ އެމަނިކުފާނަށް އިއްޔެގެ ވަގުތެއްގައި ވަނީ އިންޒާރު ފޮނުވާފަ އެވެ.

އޭގެ ފަހުން އެއް ދުވަސް ފާއިތުވެގެންދާއިރު ވެސް މިހާތަނަށް ޕީޕީއެމް/ޕީއެންސީ ލީޑާޝިޕްގައި ހިމެނޭ ބޭފުޅުން އެކަމާ މެދު އެއްޗެއް ވިދާޅު ނުވެ ތިއްބެވީ ހިމޭނުންނެވެ.

ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމަކީ "ހަރާން ހުކުމް" އެއްގެ ގޮތުގައި ޕީޕީއެމް/ޕީއެންސީން ކަނޑައަޅާފައިވާއިރު އެއީ އެ ޕާޓީތަކުން ބަލައިގަންނަ ހުކުމެއް ނޫނެވެ. އަދި, ޔާމީން ޖަލުގައި ހުންނެވި ދުވަސްވަރު ތަކުރާރުކޮށް އެ ހުކުމާ ދެކޮޅަށާއި އެމަނިކުފާނުގެ ބަންދާ މެދު ނުރުހުން ފާޅުކޮށް އިދިކޮޅުން އަޑު އުފުލި އެވެ.

އޭގެ އިތުރުން, ކަރެކްޝަންސްއަކީ ވެސް އިދިކޮޅުގެ އެންމެ ގިނަ ފާޑުކިޔުން އަމާޒުވި އެއް މުއައްސަސާ އެވެ. ނަމަވެސް, އިއްޔެ ކަރެކްޝަންސްއިން ޔާމީނަށް އެފަދަ އިންޒާރެއް ދީފައިވާތީ މި ހާލަތުގައި ވެރިކަމާ ހަވާލުވާން ތައްޔާރުވަމުންދާ ޕާޓީގެ ލީޑަޝިޕްގެ ކަންބޮޑުވުން އޮތްކަން ވެސް ހާމަކޮށްފައި ނުވެ އެވެ. އެމަނިކުފާނުގެ ގާނޫނީ ޓީމުން ވެސް މިހާތަނަށް އެކަމާ ގުޅިގެން އެއްވެސް އެއްޗެއް ބުނެފައި ނުވެ އެވެ.

ބަންދަށް ލުއި ދިނުމަށް އެކުލަވާލި އިގުރާރުގެ ދަށުން ޔާމީންއަށް ހުއްދަ ދީފައި ވަނީ ޑޮކްޓަރީ ފަރުވާގެ އެކިއެކި ބޭނުންތަކަށާއި ކަސްރަތު ކުރުމުގެ އެކިއެކި ބޭނުންތަކުގެ އިތުރުން މުހިންމު އެކި ބޭނުންތަކަށް ގުރޭޓާ މާލެ ސަރަހައްދުގެ ކޮންމެ ތަނަކަށް ވެސް ކަރެކްޝަންސްއަށް އެންގުމަށްފަހު ދިއުމަށެވެ.

އަދި, މުހިންމު ކަންކަމުގައި ބައްދަލު ކުރަން ބޭނުންވާ މީހުންނާއި ކަރެކްޝަންސްއަށް އެންގުމަކާ ނުލައި ބައްދަލު ކުރުމުގެ ހުއްދަ ދީފައިވެ އެވެ. އެކަމަކު ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 62 ގެ ދަށުން ސިޔާސީ ހަރަކާތެއްގައި ބައިވެރިވުމަކީ ގާނޫނީ ކުށެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox