ހައިވޭގައި ސޯލާ ޖަހަން ނިންމީ މުއިއްޒު މިނިސްޓަރަކަށް ހުންނެވިއިރު, ބަދަލުކުރުމުން އިންވެސްޓްމެންޓުތައް ހުއްޓޭނެ!

ހައިވޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް. ދައުލަތުން ކަރަންޓް އުފެއްދުމަށްޓަކައި ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 15 އާއި 20 މިލިއަން ދިވެހި ރުފިޔާ ސަލާމަތްވާނެ --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

ހައިވޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް. ދައުލަތުން ކަރަންޓް އުފެއްދުމަށްޓަކައި ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 15 އާއި 20 މިލިއަން ދިވެހި ރުފިޔާ ސަލާމަތްވާނެ --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

މާލެ އާއި ހުޅުމާލެއާ ދެމެދު އޮންނަ ސިނަމާލެ ބްރިޖުގެ ހައިވޭގައި ސޯލާ ޕެނަލް ހަރުކުރަން ނިންމީ ހައުސިން މިނިސްޓަރަކަށް މިހާރުގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވި ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ކަމަށާއި, އެ ޕެނަލްތައް ނެގުން ވާނީ އެ ދާއިރާގައި އިންވެސްޓު ކުރާ ފަރާތްތަކުގެ ކޮންފިޑެންސް ރާއްޖެއާ މެދު ގެއްލި ރާއްޖެއަށް ލިބެން ހުރި އިންވެސްޓުމަންޓުތައް ހުއްޓޭނެ ކަމަކަށް ކަމަށް އެންވަޔަރަމަންޓު މިނިސްޓްރީން ހާމަކޮށްފި އެވެ.

ސިނަމާލެ ބްރިޖުގެ ހައިވޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް އެ ތަނުން ނަގާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ ހޮނިހިރު ދުވަހު ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ ޕެނަލްތަކުގެ ސަބަބުން ބްރިޖު ސަރަހައްދުން ފެންނަ ރީތި މަންޒަރު ވެސް ގެއްލިފައިވާ ކަމަށެވެ.

އެގޮތުން އިއާދަކުރަނިވި ހަކަތަ މުހިންމު ނަމަވެސް މިހާރު އެ މަސައްކަތް ގެންގޮސްފައިވާ ގޮތަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް މުއިއްޒު ވިދާޅުވި އެވެ. އިންތިހާބީ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނުގެ ވިސްނެވުމަކީ ޕެނަލްތައް އެ ތަނުން ނެގުމަށް ފަހު މީހުން ދިރިއުޅޭ އެހެން ރަށަކަށް ބަދަލު ކުރުމަށެވެ.

އެކަމާ ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައި އެންވަޔަރަމަންޓު މިނިސްޓްރީން ބުނީ ލިންކު ރޯޑުގެ ސޯލާ މަޝްރޫއުއަކީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން މިހާތަނަށް ކުރިއަށް ގެންދިޔަ އެންމެ ބޮޑު ޕްރައިވެޓް އެއް އިންވެސްޓްމަންޓު ކަމަށެވެ.

އަދި އެއީ, 2010 އަހަރު އެކުލަވާލި ކާބަން ނިއުޓްރަލް އިންވެސްޓްމަންޓު ޕްލޭންގެ ދަށުން ފެށުނު ހަރަކާތްތަކުގެ ތެރޭން އެންމެ ފުރަތަމަ އެކުލަވާލެވުނު މަޝްރޫއުތަކުގެ ތެރެއިން ރާއްޖެއަށް ލިބެމުން އަންނަ އިންވެސްޓުމަންޓެއް ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

"ސޯލާ ޕެނަލްތައް ނެގުން ވެގެންދާނީ މި ދާއިރާގައި އިންވެސްޓް ކުރާ ފަރާތްތަކުގެ ކޮންފިޑެންސް ރާއްޖެއާ މެދު ގެއްލި ރާއްޖެއަށް ލިބެންއޮތް އިންވެސްޓްމަންޓްތައް ހުއްޓޭނެ ކަމަކަށް," އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ސޯލާ ޕެނަލްތައް ބަދަލުކުރުން ފަދަ ނިންމުންތަކުގެ ސަބަބުން، ރާއްޖޭގެ އިންވެސްޓު ކުރަން ބޭރުގެ ފަރާތްތަކުން ޖެހިލުންވެ ވޯލްޑް ބޭންކު ފަދަ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުން ރާއްޖެއާ މެދު ދެކޭގޮތް ބަދަލުވެގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ. އަދި, އެ ފަރާތްތަކުން ފޯރުކޮށްދެމުންދާ އަދި ފޯރުކޮށްދިނުމަށް ރާވާފައިވާ އެހީތަކާ މެދެ ދެވަނަ ވިސްނުމަކަށް ދާން މަޖުބޫރުކުރުވާނެ ކަމަކަށް ވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެ މަޝްރޫއުއާ ގުޅޭ ކޮންސެޕްޓް ޑިޒައިން ތައްޔާރުކޮށް ގުޅުންހުރި ފަރާތްތަކުގެ މަޝްވަރާތައް ފަށައި ނަގަންޖެހޭ ހުއްދަތައް ނަގާފައި ވަނީ ވެސް 2017 އައި 2018 އާއި ދެމެދުގައި، ޔާމީނުގެ ސަރުކާރުންނެވެ. މިއީ ވޯލްޑް ބޭންކުން ގެރެންޓީ ފެސިލިޓީތައް ފޯރުކޮށްދީގެން ޕްރައިވެޓް ސެކްޓާ ފައިނޭންސް މެދުވެރިކޮށް، ސަރުކާރުގެ ބަޖެޓުން އެއްވެސް ހަރަދެއް ނުކޮށް ހިންގާ މަޝްރޫއުއެކެވެ.

"އެއް ސަރުކާރުން ފަށާ ގައުމީ ތަރައްގީގެ މިފަދަ މަޝްރޫއުތައް ދެން އަންނަ ސަރުކާރަކުން ހުއްޓާ ނުލާ ކުރިއަށްގެންދިއުމަކީ ގައުމެއް ކުރިއަރައި ދިއުމުގައި ދަމަހައްޓަންޖެހޭ އަސާސެއްކަމަށް ދެކި މި މަޝްރޫއު ރައީސް ޔާމީނުގެ ސަރުކާރުން އެކުލަވާލި ކޮންސެޕްޓާ އެއްގޮތަށް މިހާރުގެ ސަރުކާރުން ވަނީ ކުރިއަށް ގެންގޮސްފަ," އެ ބަޔާނުގައި ބުނެފައިވެ އެވެ.

ވޯލްޑް ބޭންކުގެ އެހީގައި އެމްވަޔަރަމެންޓް މިނިސްޓްރީން ހިންގާ އެ މަޝްރޫ ކުރިއަށް ގެންދަނީ ތައިލެންޑުގެ "އެންސިސް ކޯ" ކުންފުނިންނެވެ. މި މަސައްކަތުގެ ޖުމްލަ އަގަކީ 11 މިލިއަން ޑޮލަރެވެ.

އެ މަޝްރޫއުގެ ދަށުން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ވިއްކުމަށް ހަމަޖެހިފައިވާ ރޭޓަކީ ކަރަންޓް ޔުނިޓަކަށް 10.09 ޔޫއެސް ސެންޓެވެ. އެއީ ދިވެހި ރުފިޔާއިން ކަރަންޓް ޔުނިޓަކަށް އެއް ރުފިޔާ 68 ލާރި އެވެ. އެސްޕަޔާ ގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުމާލޭގައި 1000 ހައުސިން ޔުނިޓްތަކުގައި ގާއިމްކޮށްފައިވާ 1.5 މެގަވޮޓްގެ ސޯލާ ޕީވީގެ ނިޒާމުން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ވިއްކަމުން ދަނީ 21 ޔޫއެސް ސެންޓަށެވެ.

އެ މަޝްރޫއު ނިމުމުން އަހަރަކަށް އުފައްދާ 7.3 މިލިއަން ކަރަންޓް ޔުނިޓުން ދައުލަތުން ކަރަންޓް އުފެއްދުމަށްޓަކައި ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 15 އާއި 20 މިލިއަން ދިވެހި ރުފިޔާ ސަލާމަތްކުރެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox