ދިހަ މަސްދުވަހަށް ފަހު ރައީސް ޔާމީން ސަޕޯޓަރުންގެ ގާތަށް، އެދިވަޑައިގަތީ ޕާޓީ އިތުރަށް ވަރުގަދަ ކުރުމަށް

ޕީޕީއެމްގެ ސަޕޯޓަރުންނާ ބައްދަލު ކުރެއްވުމަށް ރައީސް ޔާމީން މިރޭ އެ ޕާޓީގެ އޮފީހަށް ވަޑައިގެން ވާހަކަދައްކަވަނީ -- ފޮޓޯ: އަދަދު

ޕީޕީއެމްގެ ސަޕޯޓަރުންނާ ބައްދަލު ކުރެއްވުމަށް ރައީސް ޔާމީން މިރޭ އެ ޕާޓީގެ އޮފީހަށް ވަޑައިގެން ވާހަކަދައްކަވަނީ -- ފޮޓޯ: އަދަދު

ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ބަންދަށް ސަރުކާރުން ރޭގައި ދެއްވި ލުއިގެ ދަށުން މިރޭ ޕީޕީއެމްގެ އޮފީހަށް ވަޑައިގެން ދިހަ މަސްދުވަހަށް ފަހު ފުރަތަމަ ފަހަރަށް އެމަނިކުފާނު ސަޕޯޓަރުންނާ ބައްދަލު ކުރައްވައިފި އެވެ.

ކުއްލި ގޮތަކަށް ޕީޕީއެމްގެ އޮފީހަށް ވަދެވަޑައިގެން އެ މަނިކުފާނު ވަނީ އެތަނުގައި ތިއްބެވި ސަޕޯޓަރުންނާއި ޕީޕީއެމްގެ އިސް ބައެއް ބޭފުޅުންގެ އިތުރުން ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނަށް ނިސްބަތްވާ ބައެއް މަޖިލިސް މެންބަރުންނާ ވެސް ބައްދަލު ކުރައްވައިފަ އެވެ.

އެ ބައްދަލުވުމުގައި ރައީސް ޔާމީން ވަނީ ސަޕޯޓަރުންނާ މުހާތަބު ކުރައްވައި ވަރަށް ދިގުކޮށް ވާހަކަފުޅު ދައްކަވައިފަ އެވެ. އެގޮތުން ޔާމީން ވިދާޅުވީ ކުރިއަށް މިއޮތް ފަސް އަހަރަކީ ހަމަޖެހިގެން ތިބެންވީ ފަސް އަހަރު ނޫން ކަމަށާއި މިހާރުން ފެށިގެން ޕާޓީ ވަރުގަދަ ކުރުމަށް މަސައްކަތް ފަށަން ޖެހޭ ކަމަށެވެ.

މަސައްކަތް ކުރަމުން އައި ގޮތް ބަދަލުކޮށް ޒުވާނުންނަށް އިސްކަން ދީގެން، އެ ކުދިންނާ ވާހަކަދައްކައިގެން، ހުރި ކަންބޮޑުވުންތައް ދެނެގަނެ އެކަންކަމުގެ ތެރެއިން އެ ކުދިންގެ ތާއީދު ހޯދުމަށް މަސައްކަތް ކުރުމަށް ސަޕޯޓަރުންގެ ކިބައިން ރައީސް ޔާމީން އެދިވަޑައިގެންނެވި އެވެ.

"ކޮންމެ ބޭފުޅަކު އަޅުގަނޑަށް ޔަގީންކަން ދެއްވާ، ކޮންމެ ބޭފުޅަކު 50 ނުވަތަ 40 ކުދިން ގޮވައިގެން، ކޮފީއަކަށް އަރާލައިގެންވިޔަސް އެކުދިންނާ ވާހަކަ ދައްކައިލައި ހަދަން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ނިމިދިޔަ އިންތިހާބުގެ ނަތީޖާއާ މެދު އުފާ ކުރައްވާ ކަމަށެވެ. ނަމަވެސް, އިންތިހާބުގައި ވާދަކުރި ޑިމޮކުރެޓްސްއިން އެމްޑީޕީއާ ގުޅުނު ނަމަ ނަތީޖާ ބަދަލުވީސް ކަމަށާއި ބޭނުންވަނީ އެފަދަ ހާލަތަކަށް ނުގޮސް އިންތިހާބެއް ކާމިޔާބު ކުރެވޭނެ ވަރަށް ތައްޔާރުވުން ކަމަށެވެ.

"އިންތިހާބެއް ކުރިމަތިވީމާ އެކަންޏެއް ނޫން ދެއްތޯ މަސައްކަތް ކުރަންޖެހެނީ؟ އަބަދުވެސް އެ މަސައްކަތް ކުރަން އެބަޖެހޭ، ކޮންމެ ފަސް އަހަރަކުން ވެރިކަން ބަދަލު ވާން ވެއްޖެއްޔާ ކޮބައިތޯ ހަމަޖެހުމެއް؟،" ޔާމީން ވިދާޅުވި އެވެ.

އަލަށް އުފެދޭ ޑރ. މުއިއްޒުގެ ސަރުކާރުގެ ވާހަކައަށް އަލިއަޅުވާލައި ޔާމީން ވިދާޅުވީ އެ ވެރިކަމުގައި މިނިސްޓަރުންނަށް ވެވަޑައިގަންނަވާ ބޭފުޅުންނަށް ގޮންޖެހުންތައް އިދިކޮޅު ޕާޓީ ކުރިމަތި ކުރާނެ ކަމަށެވެ. ނަމަވެސް އެ ގޮންޖެހުންތަކާ ދެކޮޅަށް މަސައްކަތް ކޮށްލުމުގެ ހިތްވަރު ހުންނަން ޖެހޭނެ ކަމަށެވެ.

ރައީސް ޔާމީންގެ ބަންދަށް ސަރުކާރުން އެންމެ ފުރަތަމަ ލުޔެއް ދީ ގޭބަންދަށް ބަދަލުކުރީ މިމަހުގެ އެއްވަނަ ދުވަހު އެވެ. އެއަށްފަހު ރޭގައި ވަނީ ކަރެކްޝަންސްގެ އޮފިސަރަކާ ނުލައި ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދެއްކުން ފަދަ ކަންކަން ކުރެވޭ ގޮތަށް ލުއިތަކެއް ދީފަ އެވެ.

ރައީސް ޔާމީން އެންމެފަހުން ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ވާހަކަދައްކަވައިފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 23 ގައި އޮތް ޖަލްސާއެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުގެ އިސްވެރިން އިލްމުވެރިންގެ ގުޅުމުން ވަކިވެއްޖެ

އިލްމުވެރިންގެ ގުޅުމުން ބުނެފައިވަނީ މި މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ގެންދިއުމަކީ އިސްލާމީ ހަމަތަކާ ޚިލާފު ކަމެއް ކަމަށާއި، އެހެންކަމުން ސަރުކާރުން މި މަޝްރޫއު އަލުން މުރާޖައާ ކުރަންޖެހޭ ކަމަށެވެ.

ދިދައިގެ ކުލަތައް ވަކިވާނަމަ ރަސްމާލެ ދޫކޮށްނުލާނެ: އިމްރާން

މި މަޝްރޫއާ ދެކޮޅަށް އުފެއްދި ގައުމީ ހަރަކާތުގައި ސިޔާސީ އިސް ބޭފުޅުންނާއި އިލްމުވެރިން ބައިވެރިވާކަން ފާހަގަކުރައްވައި، ގައުމީ ކަންކަމުގައި އިލްމުވެރިން މިއަށްވުރެ ބޮޑަށް އިސްނެންގެވުމަށް އޭނާ ގޮވާލެއްވިއެވެ.

ގާނޫނުތައް ވެސް ހަދަނީ އީގަލް ހިލްސްއިން އަންގާ ގޮތަށް: ޒިޔާދު

ރަސްމާލޭގައި އީގަލް ހިލްސްގެ މަޝްރޫއު ފެށުމުން ރާއްޖޭގެ ގާނޫނުތައް ހަދަން ޖެހޭނީ އެ ކުންފުނިން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވެ މެންބަރު ޒިޔާދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ. މި މަޝްރޫއުގެ ސަބަބުން ބޭރުގެ މުއްސަނދިން ރާއްޖޭގައި ވަޒަންވެރިވެ، ދިވެހިންގެ ދީނީ އަދި އިޖުތިމާއީ އުސޫލުތަކަށް ނުފޫޒު ފޯރުވާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

މީކާއީލްގެ މި ވާހަކަތައް ޕީއެންސީއަށް ހަޖަމެއް ނުވި!

މަޖިލިސް މެންބަރުންގެ އިނާޔަތްތައް ކަނޑާލުމަށް ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައި، މިހާރުގެ މަޖިލީހަކީ ރައީސް އޮފީހުގެ ގޮފިގަނޑެއްގެ ގޮތުގައި ސިފަކުރައްވައި މެންބަރު މީކާއިލް ސަރުކާރު ހިންގާ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މީކާއިލް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ މަސައްކަތްތައް ދަށްވުމުގެ ސަބަބުން މެންބަރުންނަށް ދޭ މުސާރައާއި އިނާޔަތްތަކާމެދު ރައްޔިތުންގެ މެދުގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

ދިރުވާލައިގެން ޑްރަގު އެތެރެކުރި ނޭޕާލްގެ 2 މީހަކު އަތުލައިގަނެފި

ދިރުވާލައިގެން ރާއްޖެއަށް އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނޭޕާލްގެ ދެ މީހަކު ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. މި މީހުންގެ ހަށިގަނޑުން މަސްތުވާތަކެތި އެކުލެވޭ 142 ބުލެޓް ފެނިފައިވާއިރު، އޭގެ ތެރޭގައި ހެރޮއިން، ކޮކެއިން އަދި މޯފިން ހިމެނެއެވެ.

ވ. ތިނަދޫ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރަނީ ޝުޖާއު

ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނީ އެ މަގާމުގައި ކުރިން ހުންނެވި ޝުޖާއު އަލީ. އޭނާގެ ގޮނޑި ގެއްލުނީ އިންތިހާބުވި ޕާޓީ ބަދަލުކުރުމާ ގުޅިގެން ކަމަށްވާއިރު، މިފަހަރުގެ ޓިކެޓް އޭނާއަށް ކަށަވަރުވީ އިތުރު މީހަކު ކުރިމަތިނުލުމުން.

ޕީއެންސީ މެންބަރުންނަކީ "ބޮޓުން" ކަމަށް ވިދާޅުވުމުން ހުއްޓުވައިފި

މީކާއިލް ވިދާޅުވީ މެންބަރުންގެ އިނާޔަތްތަކުގެ ވާހަކަ ރައްޔިތުން ދައްކަނީ މެންބަރުންގެ އަމަލުތައް ހުންނަ ގޮތުން ކަމަށާއި، ނަމަވެސް ރިޔާސަތުން ވަނީ މެންބަރުންނަށް އިހާނެތިވާނެހެން ވާހަކަ ނުދެއްކޭނެ ކަމަށް އަންގަވާފަ.

Newsletter

Get the latest news delivered straight to your inbox