އެމްޑީޕީ މެމްބަރުން ފިލްޒާގެ ތަކެއްޗަށް ގެއްލުން ދިން ކަމަށް ބުނެ ޑިމޮކްޓްރެޓްސް އިން އެކަން ކުށްވެރިކޮށްފި

މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވުމުން އެމްޑީޕީ މެންބަރުން އިދާރީ މޭޒު ކައިރީ އިހުތިޖާޖު ކުރަނީ

މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވުމުން އެމްޑީޕީ މެންބަރުން އިދާރީ މޭޒު ކައިރީ އިހުތިޖާޖު ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ކުރިއަށް ނުގެންދެވުމުން, އެމްޑީޕީގެ މެންބަރުން އިދާރީ މޭޒު ކައިރީގައި ކުރި އިހުތިޖާޖުގެ ތެރެއިން މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާގެ ބައެއް ތަކެއްޗަށް ގެއްލުންދިން ކަމަށް ބުނެ އެ މައްސަލަ ދަ ޑިމޮކްރެޓްސްއިން ކުށްވެރިކޮށްފި އެވެ.

މަޖިލިސް ތަޅުމުގެ ތެރޭގައި ނަގާފައިވާ ވީޑިއޯއެއްގައު އެމްޑީޕީ ބައެއް މެންބަރުން ވަނީ އިދާރީ މޭޒު ކައިރިއަށް އެއްވެ, އެ މޭޒުމަތީގައި ހުރި ބައެއް ތަކެއްޗަށް ގެއްލުންދޭ މަންޒަރު ފެނެ އެވެ.

މިކަމާ ގުޅިގެން ޑިމޮކްރެޓުން ނެރުނު ބަޔާނުގައި ބުނީ, އެމްޑީޕީ މެންބަރުން ވަނީ ފިލްޒާގެ ކޮމްޕިއުޓާ ސިސްޓަމް ވައްޓާލާ, މޯބައިލް ފޯނަށާއި އަތްދަބަހަށް އަމާޒުކޮށް އެތަކެއްޗަށް ގެއްލުންދީފައި ކަމަށެވެ. އަދި މަޖިލީހުގެ ނައިބު ރައީސް މިއަދު ސަލާމް ވިދާޅުވެފައިވާކަން އަމީން އާންމު ހިއްސާކުރެއްވުމުން އިދާރީ މޭޒު ކައިރިއަށް އެއްވެ, އިދާރީ މުވައްޒަފުންނާ ދިމާކޮށް ހަޑިހުތުރު އެއްޗެހި ކިޔާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ހަމައެއާއެކު, މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ރިޔާސަތުގެ ސަރަހައްދަށް ވަންނަވައި ރިޔާސަތުގެ ގޮނޑިކޮޅުގައި އިށީނަވައި ގަވައިދާ ހިލާފުވެވަޑައިގެންނެވިކަން ފާހަގަކޮށް ޑިމޮކްރެޓުން ވަނީ މިކަންކަމުގައި ޖިނާއީ ކުށެއް އެކުލެވޭ ނަމަ އެކަން ބަލައިދިނުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާފަ އެވެ.

މަޖިލީހުގެ ރައީސް ނަޝީދު އަދި ނައިބު ރައީސް އީވާ ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސް އިން ބުނީ އެކަމަނާ މިއަދުގެ ޖަލްސާއަށް ވަޑައިނުގެންނެވި ސަލާން ވިދާޅުވީ ޑެންގޫ ހުމަށް ޕޮޒިޓިވްވެފައިވާތީ ކަމަށެވެ. މިދިޔަ ހަފުތާގެ ބުދަ ދުވަހު ބޭއްވި ޖަލްސާއަށް ވެސް އީވާ ވަޑައެއްނުގަންނަވަ އެވެ.

މިއަދުގެ ޖަލްސާ ކެންސަލް ކުރުމުން، އެހެން މީހަކު ރިޔާސަތު ބަލަހައްޓާ ގޮތަށް ހަމަޖައްސައިގެން ނަމަވެސް ޖަލްސާ ކުރިއަށް ގެންދިޔުމަށް އެމްޑީޕީން މަޖިލީހުގެ އިދާރާއަށް ހުށަހެޅި އެވެ. ނަމަވެސް މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ އެކަމަށް އެއްބަސްވެވަޑައިނުގެންނެވި ކަމަށް އެމްޑީޕީން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox