ބޭސް ގެނައުމާ ގުޅޭ އެެއްބަސްވުމުގެ ވާހަކަ ހެލްތު މިނިސްޓްރީން ވެސް ދޮގުކޮށްފި

އޭޑީކޭ ކުރިމަތީގައި ހުންނަ ޕޮއިންޓް ތްރީ ފާމަސީ. މިފަދަ އެއްބަސްވުމެއް ހަދަން އުޅޭ ކަމުގެ ވާހަކަތައް އެސްޓީއޯއިން ވެސް ދޮގުކުރި --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

އޭޑީކޭ ކުރިމަތީގައި ހުންނަ ޕޮއިންޓް ތްރީ ފާމަސީ. މިފަދަ އެއްބަސްވުމެއް ހަދަން އުޅޭ ކަމުގެ ވާހަކަތައް އެސްޓީއޯއިން ވެސް ދޮގުކުރި --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯއިން ބޭހާއި ގުޅޭ ސަޕްލައިސް ފޯރުކޮށްދިނުމަށް ހާއްސަ އެއްބަސްވުމެއްގައި އިންޑިއާގެ ކުންފުންޏަކާ އެކު ސޮއިކުރަން އުޅޭ ކަމަށް ބުނެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ކުރެއްވި ތުހުމަތު ހެލްތު މިނިސްޓްރީން ވެސް މިއަދު ދޮގުކޮށްފި އެވެ.

އިންތިގާލީ ތަރުޖަމާނު، މުހައްމަދު ފިރުޒުލް އިއްޔެ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އެ ކުންފުންޏަކީ އިންޑިއާގެ ޓެމިލްނާޑޫއަށް ނިސްބަތްވާ ކުންފުންޏެއް ކަމަށާއި އެ ކުންފުންޏާ އެކު އެއްބަސްވުމެއް ނުހެދުމަށް ޑރ. މުއިއްޒު އެދިވަޑައިގަންނަވާ ކަމަށެވެ.

އެކަމާ ގުޅޭގޮތުން މިއަދު ހެލްތު މިނިސްޓަރީގެ މީޑިއާ ޑިރެކްޓަރު، އައިޝަތު ޝަތުފާ ވިދާޅުވީ އެފަދަ އެއްބަސްވުމެއް ނެތް ކަމަށާއި ބޮޑަށް ލަފާކުރެވެނީ އެއީ އާންމު އުސޫލުން ބޭސް އެތެރެ ކުރުމަށް ރެއިޒް ކުރާ ޕާޗޭސް އޯޑަރުގެ ވާހަކަ ކަމަށެވެ.

Advertisement

"ކޮންމެ ހަމަކުން ޕީއޯ ރެއިސް ކުރާނެ ބޭސް ގެންނަން، ހަމައެކަނި އިންތިގާލީ މަރުހަލާގައެއް ނޫން، އަބަދުވެސް ކޮންމެ ހަ މަހަކުން ކުރާ ކަމެއް،" ޝަތުފާ ވިދާޅުވި އެވެ.

އަންނަ ޖެނުއަރީ މަހު ރާއްޖެއަށް ބޭސް އެތެރެ ކުރުމަށް ރެއިޒް ކުރާ ޕާޗޭސިން އޯޑަރުގެ މަސައްކަތް ނޫނީ އެބާވަތުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިނިސްޓަރީން އެކަހަލަ އެއްވެސް އިތުރު އެގްރީމެންޓެއްގައި ސޮއި ކުރުމަށް މަސައްކަތް ކޮށްފައެއް ނުވާނެ،" ޝަތުފާ ވިދާޅުވި އެވެ.

ހެލްތު މިނިސްޓަރީގެ އިތުރުން އެސްޓީއޯއިން ވެސް އެކަން ދޮގުކޮށްފައި ވީނަމަވެސް އިންތިގާލީ ތަރުޖަމާނު، ފިރުޒުލް މިއަދު ވެސް ވަނީ އެއީ ސައްހަ މައުލޫމާތެއް ކަމަށް ވިދާޅުވެ އިއްޔެގެ ވާހަކަ ތަކުރާރު ކުރައްވައިފަ އެވެ.

އެކަމާ ގުޅޭގޮތުން "އަދަދު" އިން ސުވާލު ކުރުމުން ފިރުޒުލް ވިދާޅުވީ އެ މައުލޫމާތު ލިބިފައި ވަނީ އިންތިގާލީ މަރުހަލާގެ ތެރެއިން އެކި މިނިސްޓަރީތަކާއި އޮފީސްތަކަށް ޓީމުތައް ޒިޔާރަތް ކުރުމުގެ ތެރެއިން ކަމަށެވެ.

"އެހެން ހުންނަ އެއްބަސްވުމެއްގައި އެއް މުއައްސަސާއަށްވުރެ ގިނަ މުއައްސަސާތަކުން ބައިވެރިވެފައި ވާނީ، އެހެންވީމާ އެކި މުއައްސަސާތަކުގެ ތެރެއިން [އިންތިގާލީ އޮފީހުގެ ޓީމުތައް ގޮސް] ކުރެވިފައި ހުރި މަސައްކަތުގެ ތެރެއިން ލިބިފައި އޮތް މައުލޫމާތެއް އެއީ،" ފިރުޒުލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން ވެސް އެ އޮފީހަށް ބައެއް ކަންކަން ފާހަގަ ކުރެވިގެން އެވާހަކަ ދެއްކީމާ ސަރުކާރުން ދޮގު ކުރާ ކަމަށެވެ. ނަމަވެސް, އެއްބަސްވުމުގެ ވާހަކައަކީ ހަގީގަތެއް ކަމަށް ފިރުޒުލް ވިދާޅުވި އެވެ.

ބޭސް ގެންނަން އެއްބަސްވުމެއްގައި ސޮއިކުރަން އުޅޭ މައްސަލަ ހުއްޓާލުމަށް އިންތިހާބީ ރައީސްގެ އޮފީހުގެ ފަރާތުން އިލްތިމާސް ކުރިއިރު، ނިމުނު ހަފުތާގެ ތެރޭގައި އެ އޮފީހުން ވަނީ، ފަރުވާއަށް ބޭނުންވާ ވަރަށް ސިއްހީ ފަރުވާދޭ ސާމާނުގެ ސްޓޮކް އާކޮށްފައި ނުވާ މައްސަލައިގައި ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އޭރު އެ އޮފީހުން ބުނީ އެފަދަ ސާމާނުގެ ސްޓޮކު އަހަރަކު ދެ ފަހަރު އޯޑަރު ކުރަން ޖެހުނު ނަމަވެސް، މި އަހަރުގެ މިހާތަނަށް އެކަން އެގޮތަށް ކޮށްފައި ނުވާތީ، އަންނަ މަހުގެ މެދެއްހައި ހިސާބުގައި ބައެއް ސިއްހީ ހިދުމަތްތައް ދިނުން ހުއްޓާލަން ޖެހިދާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox