ހުލާސާކޮށް އިއްޔެ: ހިޔާ ޓަވަރުތަކުގައި އަންނަ އަހަރު އިތުރު ލިފްޓު ހަރުކުރުން

Oct 21, 2023, 1:46 AM
ހިލާ ޓަވަރުތައް. މިހާރު ކޮންމެ ޓަވަރެއްގައި ލިފްޓު ހުންނައިރު ބައެއް ވަގުތުތަކުގައި މީހުން ފޭބުމާއި އެރުމަށް އޮންނަނީ ތޮއްޖެހިފައި. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ހިލާ ޓަވަރުތައް. މިހާރު ކޮންމެ ޓަވަރެއްގައި ލިފްޓު ހުންނައިރު ބައެއް ވަގުތުތަކުގައި މީހުން ފޭބުމާއި އެރުމަށް އޮންނަނީ ތޮއްޖެހިފައި. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ހިޔާގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރާނެ ވައުދު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ އާކުރެއްވި އެވެ. އެ ވައުދު ފުރަތަމަ ވެވަޑައިގަތީ ކެމްޕޭނު ތެރޭގަ އެވެ.

ސެޕްޓެމްބަރު 30 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ 54 ޕަސެންޓުން މުއިއްޒު ކާމިޔާބު ކުރެއްވުމުގެ އުފާ ފާޅުކުރުމަށްޓަކައި އިއްޔެ ހަވީރު، ހުޅުމާލޭ 2 ގެ ހިޔާ ފްލެޓު ސަރަހައްދުގައި ބޭއްވި ހަރަކާތުގައި އެ މަނިކުފާނު ވިދާޅުވީ ހިޔާ ޓަވަރުތަކުގައި އިތުރަށް ހަރުކުރާ އެއް ލިފްޓަކީ ސްޓްރެޗާ އެރުވޭ ވަރުގެ ލިފްޓެއް ކަމަށެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި އެ މަޝްރޫއު ހިމަނާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ބަޖެޓު ހުށަހެޅިއިރު އެއް ކަމަކަށް އަޅުގަނޑު ހިމަނާފައި ވާނީ މި ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކޮށްދިނުމަށް. ކޮންމެ ޓަވަރަކަށް ދެ ލިފްޓު އަންނާނެ. އެއް ލިފްޓަކީ ސްޓްރެޗާ އެރުވޭ ވަރުގެ ބޮޑު ލިފްޓެއް. އަނެއް ލިފްޓަކީ ގާތްގަނޑަކަށް 14 މީހުންގެ ކެޕޭސިޓީގެ ލިފްޓެއް،" އެމަނިކުފާނު ވިދާޅުވިއެވެ.

ހިޔާ ފްލެޓުތަކުގެ ކުލި ކުޑަކުރުމަށާއި، ފްލެޓުތަކުގެ ފިނިޝިން މަސައްކަތް ނިންމުމަށް ކުރި ހަރަދު ދޭނެ ކަމަށް މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ.

މުހިންމު ބައެއް ހަބަރު

ދުވަހެ ފޮޓޯ

ފަލަސްތީނަށް ތާއިދުކޮށް މާލޭގައި ރޭ ބޭއްވި ހިނގާލުން. އެ ހިނގާލުމުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެ، އިޒްރޭލުގެ އަމަލުތައް ކުށްވެރިކޮށް، ފަލަސްތީނު މިނިވަންކުރަން ގޮވާލި. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ފަލަސްތީނަށް ތާއިދުކޮށް މާލޭގައި ރޭ ބޭއްވި ހިނގާލުން. އެ ހިނގާލުމުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެ، އިޒްރޭލުގެ އަމަލުތައް ކުށްވެރިކޮށް، ފަލަސްތީނު މިނިވަންކުރަން ގޮވާލި. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ފަލަސްތީނަށް ތާއިދުކޮށް މާލޭގައި ރޭ ބޭއްވި ހިނގާލުން. އެ ހިނގާލުމުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެ، އިޒްރޭލުގެ އަމަލުތައް ކުށްވެރިކޮށް، ފަލަސްތީނު މިނިވަންކުރަން ގޮވާލި. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox