ރާއްޖެ ސަރަހައްދުގެ މޫސުން ގޯސްވެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން ވައިޓް އެލާޓް ނެރުނީ އއ. އަތޮޅުން އައްޑޫ ސިޓީއާ ހަމައަށެވެ. އެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފައި ވަނީ މިރޭ 8:30 އިން ފެށިގެން ދަންވަރު 1:30 އާއި ހަމައަށެވެ.
މެޓް އޮފީހުން ބުނިގޮތުގައި އެލާޓް ނެރެފައިވާ ވަގުތުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ އެވެ.
މިއަދުގެ ހެނދުނު ވެސް މެޓުން ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފަ އެވެ. އަދި ހޮނިހިރު ދުވަހު ވެސް ވައިޓް އެލާޓް ނެރެފައިވެ އެވެ.
މި ދުވަސްވަރަކީ އެވްރެޖްކޮށް ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ.













