މެމްބަރު ޣަފޫރު އެމްޑީޕީ ދޫކޮށް ޕީޕީއެމް އަށް ބަދަލުވި ވާހަކަ ދޮގުކޮށްފި

Oct 11, 2023, 4:19 PM
ޣަފޫރު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. --ފޮޓޯ: މަޖިލިސް

ޣަފޫރު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. --ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) އެ ޕާޓީ ދޫކޮށް ޕީޕީއެމް އަށް ބަދަލުވި ކަމަށް ދެކެވޭ ވާހަކަތައް އެމްޑީޕީން ދޮގުކޮށްފި އެވެ.

ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާ އެކު ހުންނަވައި ޣަފޫރު ޕާޓީ ފޯމެއްގައި ސޮއިކުރާ ފޮޓޯ މިރޭ ސޯޝަލް މީޑިއާގައި ފެތުރުނެވެ. އެއާ އެކު ދެކެވުނީ އޭނާ ޕީޕީއެމް އަށް ސޮއިކުރި ވާހަކަ އެވެ.

އެމްޑީޕީން މިރޭ އެ ވާހަކަތައް ދޮގުކުރި ފަހުން ޣަފޫރު "އަދަދު" އަށް ވިދާޅުވީ "އަޅުގަނޑު މި ހުރީ އެމްޑީޕީގައި ގަދަކޮށް" ކަމަށެވެ.

Advertisement

"އެހެން ޕާޓީއަކަށް ސޮއިކުރި ވާހަކައަކީ ދޮގެއް. އެއީ ބަޔަކު ފިތުނަ އުފެއްދުމަށް ފަތުރާ ވާހަކައެއް،" އޭނާ ވިދާޅުވި އެވެ.

ކުރިން ސިފައިންގޭގައި، އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމްގެ ސެކިއުރިޓީ ބެލެހެއްޓުމުގައި މަސައްކަތްކުރެއްވި ޣަފޫރު އެންމެ ފުރަތަމަ އުޅުއްވީ ޑީއާރްޕީގަ އެވެ. ނަމަވެސް ފަހުން އެމްޑީޕީ އަށް ބަދަލުވެވަވަޑައިގަތީ އެވެ.

އޭނާ ޕީޕީއެމްއާ ގުޅުނު ވާހަކަ ފެތުރުނީ އެމްޑީޕީ ބަލިކޮށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރިޔާސީ އިންތިހާބު ކާމިޔާބުކުރުމާ އެކު، އެ ޕާޓީއާ ގިނަ އަދަދެއްގެ މެމްބަރުން ގުޅެން އުޅޭ ކަމަށް ވާހަކަ ދެކެވިފައިވަނިކޮށެވެ.

ޣަފޫރަކީ އެމްޑީޕީ ދެފަޅިވެ، ރައީސް މުހައްމަދު ނަޝީދާއި ބައެއް މެމްބަރުން އެ ޕާޓީ ދޫކޮށްދިޔަ ވަގުތު އެމްޑީޕީގެ ދިފާއުގައި މަޖިލީހުގައި ވަރަށް ބޮޑަށް ވާހަކަދެއްކެވި މެމްބަރެކެވެ.

އެ މެމްބަރުން ދަ ޑިމޮކްރަޓްސްގެ ނަމުގައި ޕާޓީއެއް ހަދައި މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ މަގާމު ވަނީ ހޯދައިފަ އެވެ. ނަމަވެސް މަޖިލީހުގައި އަދިވެސް އޮތީ އެމްޑީޕީގެ މެޖޯރިޓީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox