ހަނގުރާމަވެރި ޖަމާއަތްތަކާއި ސަރަހައްދުތަކުގެ ލިސްޓު މުރާޖައުކޮށް އާންމުކޮށްފި

ސީސިރިޔާގައި ހަރަކާތްތެރިވި ދިވެހިންގެ ބައެއް މީހުން: ގާނޫނީ ގޮތުން އެ ލިސްޓު ކޮންމެ އަހަރަކު ވެސް މުރާޖައު ކުރަންޖެހޭ -- ފޮޓޯ: ފައިލް

ސީސިރިޔާގައި ހަރަކާތްތެރިވި ދިވެހިންގެ ބައެއް މީހުން: ގާނޫނީ ގޮތުން އެ ލިސްޓު ކޮންމެ އަހަރަކު ވެސް މުރާޖައު ކުރަންޖެހޭ -- ފޮޓޯ: ފައިލް

ހަނގުރާމަވެރި ޖަމާއަތްތަކުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ޖަމާއަތްތަކާއި ސަރަހައްދުތަކުގެ ލިސްޓު ފަސް ވަނަ ފަހަރަށް މުރާޖައުކޮށްފި އެވެ.

ގައުމީ ސަލާމަތީ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސް ކަނޑައަޅަންޖެހޭ ލިސްޓުގައި މިފަހަރު ވެސް ހަނގުރާމަވެރި ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާފައި އޮތީ ސީރިޔާ އެކަންޏެވެ. ޓެރަރިސްޓު ޖަމާއަތްތަކުގެ ގޮތުގައި ކުރިން އޮތް 19 ޖަމާއަތުގެ ތެރެއަށް އިތުރު އެއް ޖަމާއަތް ވަނީ ހިމަނާފަ އެވެ.

މިފަހަރުގެ ލިސްޓަށް އިތުރުކޮށްފައި ވަނީ ޖަމާ އަންޝާރުއް ދައުލާ (ޖޭއޭޑީ) ނަމަކަށް ކިޔާ އިންޑޮނޭޝިއާގެ ޓެރަރިސްޓް ޖަމާއަތެކެވެ. އެއީ 2020 ގައި އދ. ގެ ސެކިއުރިޓީ ކައުންސިލުން ވެސް ޓެެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައި ޖަމާއަތެކެވެ.

ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ޓެރަރިސްޓު ޖަމާއަތްތައް ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ކޮންމެ 12 މަހަކުން މުރާޖައު ކުރަންޖެހެ އެވެ. ލިސްޓު މުރާޖައު ކުރައްވަން ޖެހެނީ ގައުމީ ސަލާމަތީ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.

ހަނގުރާމަވެރި ސަރަހައްދުގެ ގޮތުގައި ކަނޑައަޅާފައިވާ ސީރިޔާއަކީ ޓެރަރިސްޓު ޖަމާއަތްތަކާ ގުޅޭ ދިވެހިން މިހާރު އެންމެ ގިނައިން ހަނގުރާމައަށްދާ ގައުމު ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފަ އެވެ. އަދި ދިވެހިން ގުޅޭ އައިސިސް އަދި ނުސްރާ ފަދަ ޖަމާއަތްތައް ވެސް ލިސްޓުގައި ވަނީ ހިމަނާފަ އެވެ.

ރައީސް ކަނޑައެޅުއްވި ހަނގުރާމަވެރި ޖަމާއަތްތަކުގެ ލިސްޓު

  • އިސްލާމިކް ސްޓޭޓް (އައިސިލް/އައިއެސްއައިއެސް/އައިސިސް)
  • އަލް ގައިދާ
  • ޖަބްހަތުއް ނުސްރާ (ޖަބްހަތުއް ފަތަހް އަލް ޝާމް ނުވަތަ ނުސްރާ ފްރޮންޓް)
  • ލަޝްކަރޭ ތައިބާ
  • އަލް ގައިދާ އިން ދި އެރަބިއަން ޕެނިންސިއުލާ
  • އަލް ގައިދާ އިން ދި އިސްލާމިކް މަގްރިބް
  • އަބޫ ސައްޔާފް ގްރޫޕް
  • ބޮކޮ ހަރަމް/ ބޯކޯ ހަރަމް
  • އަލް ޝަބާބް
  • އަލް ގައިދާ އިން ދި އިންޑިއަން ސަބްކޮންޓިނެންޓް
  • ތެހްރިކޭ ޠާލިބާން ޕާކިސްތާން (ޓީ.ޓީ.ޕީ)
  • ހަރަކާތުލް ޖިހާދު އަލް އިސްލާމީ
  • ޖައިޝޭ މުހައްމަދު
  • އިސްލާމިކް ސްޓޭޓް އިން އިރާގް އެންޑް ލާވަންޓް – ހުރާސަން ޕްރޮވިންސް (ވިލާޔާ ހުރާސަން)
  • ނޭޝަނަލް ތައުހީދް ޖަމާއަތް
  • ޖަމާއަތު މިއްލަތޭ އިބްރާހީމް
  • ވިލާޔަތް އަލް ސޭލާނީ
  • ހައިއަތު ތަހްރީރު އަލް ޝާމް
  • ހުއްރާސް އައް ދީން
  • ޖަމާ އަންޝާރުއް ދައުލާ (ޖޭއޭޑީ)

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox