މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވައިލާ ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކުގެ މެމްބަރުން ތަމްސީލުކުރާނެ ނިސްބަތް ކަނޑައަޅައި، ކޮމިޓީތަކަށް އައްޔަންކުރި މެމްބަރުންގެ ނަންތަކާއެކު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުން މިއަދު ފާސްކުރި ކަރުދާހުގައިވާ ގޮތުން ކޮމިޓީތަކުގެ މެޖޯރިޓީ ދިނީ މަޖިލީހުގެ ވެސް މެޖޯރިޓީ އޮންނަ އެމްޑީޕީއަށެެވެ.

ކޮމިޓީތަކުގައި ޕާަޓީތައް ތަމްސީލުކުރާ ނިސްބަތް

  • އެމްޑީޕީ: 64 ޕަސެންޓް
  • ދަ ޑިމޮކްރެޓްސް: 15 ޕަސެންޓް
  • ޕީޕީއެމް: ހަ ޕަސެންޓް
  • ޕީއެންސީ: ތިން ޕަސެންޓް
  • އެމްއެންޕީ: ތިން ޕަަސެންޓް
  • އެމްޑީއޭ: ދެ ޕަސެންޓް
  • ޖޭޕީ: ދެ ޕަަސެންޓް
  • ވަކި ޕާޓީއަކަށް ނިސްބަތްނުވާ: ތިން ޕަސެންޓް

މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް މި ނިސްބަތުން މެމްބަރުން ބެހި އިރު ބައެއް ކޮމިޓީތަކުގައި ހުރިހާ ޕާޓީތަކެއްގެ މެމްބަރުންނެއް ނުތިއްބަވާނެ އެވެ. އެފަދަ އެއް ކޮމިޓީ އަކީ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ އެވެ. އެ ކޮމިޓީގައި އެމްޑީއޭއާއި ޖޭޕީގެ މެމްބަރުން ނުތިއްބަވާ އިރު ވަކިޕާޓީއަކަށް ނިސްބަތްނުވާ މެމްބަރަކު ވެސް ނުހިމެނެ އެވެ.

ލާމަރުކަޒީ ކޮމިޓީގައި ވެސް ޖޭޕީ އާއި އެމްޑީއޭގެ މެމްބަރުން ތަމްސީލު ނުކުރައްވާ އިރު އެ ކޮމިޓީގައި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެމްބަރަކު އެހެން ނަމަވެސް އިންނަވާނެ އެވެ. ހާރިޖީ ގުޅުންތަކުގެ ކޮމިޓީ އާއި ލާމަރުކަޒީ ކޮމިޓީ ގެ އެކުލެވުން ވެސް އޮތީ އެގޮތަށެވެ.

މިނިވަން މުއައްްސަަސާތަކުގެ ކޮމިޓީގައި އެމްޑީއޭއާއި ޖޭޕީގެ އިތުރުން ޕީޕީއެމްގެ މެމްބަރަކު ވެސް މިއަދު ފާސްކުރި ކަރުދާހުގައިވާ ގޮތުން ނުތިއްބަވާނެ އެވެ. އިޖުތިމާއީ ކޮމިޓީ ވެސް އޮތީ އެގޮތަށެވެ.

މިއަދު ފާސްކުރި ކަރުދާހުގައިވާ ގޮތުން ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި ތިއްބަވާނީ ހަމަ އެކަނި އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްގެ މެމްބަރުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox