އޭދަފުށީގައި ޓްރީޓޮޕް ހޮސްޕިޓަލުގެ ކޮންޓެކްޓް ސެންޓަރެއް ހުޅުވައިފި

ޓްރީޓޮޕް ހޮސްޕިޓަލް؛  ފޮޓޯ -- އަދަދު

ޓްރީޓޮޕް ހޮސްޕިޓަލް؛ ފޮޓޯ -- އަދަދު

ޓްރީޓޮޕް ހޮސްޕިޓަލުން ބ.އޭދަފުށީގައި ކޮންޓެކްޓް ސެންޓަރެއް ހުޅުވައިފި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ (ޓީޓީއެޗް) ކޮންޓެކްޓް ސެންޓަރުގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން އޭދަފުށީގައި ގާއިމުކުރި މި ކޮންޓެކްޓް ސެންޓަރު ހުޅުވީ އިއްޔެ އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން މައުލޫމާތު ދޭގޮތުގައި މުޅިން އަލަށް ހުޅުވި މި ކޮންޓެކްޓް ސެންޓަރުގެ މަގުސަދަކީ އެ ހޮސްޕިޓަލާއި ޓީޓީއެޗް މާލޭ ކްލިނިކްގެ ހިދުމަތްތަކަށް އަވަސް އަދި ފަސޭހަ ގޮތެއްގައި އެޕޮއިންޓްމަންޓާއި ބުކިން ހެއްދުމަށް މަގުފަހި ކޮށްދިނުމެވެ.

އަދި މި ކޮންޓެކްޓް ސެންޓަރު ޓީމު ފުޅާކުރުމަކީ ހޮސްޕިޓަލްގެ ކެޕޭސިޓީ އިތުރުކުރުމާއި، ހިދުމަތް ލިބޭނެ މަގު ފަސޭހަކޮށްދިނުމާއި، ހިދުމަތް ހޯދާ ފަރާތްތަކުގެ ތަޖުރިބާ އިތުރަށް ރަނގަޅުކުރުމަށް އެކުލަވާލާފައިވާ ސްޓްރެޓްޖިކް ޕްލޭންގެ ބައެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

މީގެ އިތުރުން އެ ހޮސްޕިޓަލުގެ ހިދުމަތްތަކަށް އޮންނަ ޑިމާންޑް އަހަރުން އަހަރަށް އިތުރުވަމުންދާ ކަމަށާއި އެހެންކަމުން އޯޕީޑީ އާއި އައިޕީޑީގެ ހިދުމަތްތައް ލިބިގަންނަ މީހުންގެ އަދަދު އިތުރުވެފައިވާއިރު، ހޮސްޕިޓަލަށް ގުޅުއްވައިގެން ފޯނުގައި މަޑުކުރައްވަންޖެހޭ ވަގުތު މަދުކުރުމަކީ މި ކޮންޓެކްޓް ސެންޓަރުގެ އެންމެ ބޮޑު އެއް މަގުސަދު ކަމަށް ބުންޏެވެ.

ޓްރީޓޮޕް ހޮސްޕިޓަލަކީ ދިވެހި މުވައްޒަފުންނާއި ރާއްޖެއިން ބޭރުގެ މުވައްޒަފުންނަށް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް އަދި ވަޒީފާގެ ފަހި ފުރުސަތުތައް ފުޅާކުރުމަށް މަގުފަހިކޮށްދޭ ކުންފުންޏެކެވެ.

އަދި އަލަށް ހުޅުވި މި ކޮންޓެކްޓް ސެންޓަރުގެ ޓީމްގެ ހުރިހާ އާ މުވައްޒަފުންނަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ހާއްސަ ތަމްރީންތަކެއް ވަނީ ހިންގާފައި ވެ އެވެ. މިއީ އެ ސެންޓަރުން ފޯރުކޮށްދޭޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ގޮތެއްގައި ދިނުމަށް ހިންގި ތަމްރީނުތަކެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox