ޕޭޖް ރިފްރެޝްކުރަން ނުޖެހި ރިއަލްޓައިމް އަޕްޑޭޓާއެކު އަދަދު ނޫހުން ރިޔާސީ އިންތިހާބުގެ ނަތީޖާ ގެނެސްދޭނެ

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އަދަދު ނޫހުން ގެނެސްދިން ކަވަރޭޖް މީހަކު ބަލަނީ: މިފަހަރު ވެސް ރަނގަޅު ބަދަލުތަކަކާއެކު ނޫހުގެ ކަވަރޭޖް ގެނެސްދޭނެ -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އަދަދު ނޫހުން ގެނެސްދިން ކަވަރޭޖް މީހަކު ބަލަނީ: މިފަހަރު ވެސް ރަނގަޅު ބަދަލުތަކަކާއެކު ނޫހުގެ ކަވަރޭޖް ގެނެސްދޭނެ -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

މިހާރު ކުރިއަށްދާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ނަތީޖާ "އަދަދު" ނޫހުގެ ނިންމުން ޕޭޖުން ލައިވްކޮށް މިފަހަރު ވެސް ފެންނާނެ އެވެ.

ރިޔާސީ އިންހާބުގެ ފުރަތަމަ ބުރު ބޭއްވިތާ 20 ދުވަސް ފަހުން ބާއްވާ ދެ ވަނަ ބުރުގައި ވާދަކުރައްވަނީ އެންމެ ގިނަ ވޯޓު ހޯއްދެވި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒާއި ދެވަނައަށް އެންމެ ގިނައިން ވޯޓު ހޯއްދެވި އެމްޑީޕީގެ ކެންޑިޑޭޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. މި ބުރުގައި 282،803 ވޯޓު ލުމުގެ ހައްގު ލިބެ އެވެ.

ވޯޓު ލުމާ ބެހޭ މުހިންމު މައުލޫމާތު

  • ވޯޓު ލާން ފަށާ ގަޑިއަކީ ހެނދުނު 8:00 ގައި
  • ވޯޓު ފޮށިތައް ބަންދުކުރަނީ ހަވީރު 5:00 ގައި
  • ވޯޓު ފާހަގަ ޖަހާނީ ކަށި އިނގިލީގައި
  • އައިޑީކާޑާއި ޕާސްޕޯޓު ނުވަތަ ލައިސެންސް ބޭނުންކޮށްގެން ވޯޓު ލެވޭނެ

މި ފަހަރުގެ ނިންމުން ޕޭޖުން ވެސް ވޯޓުގެ ނަތީޖާ އަދާހަމަ ކުރަމުންދާ ވަރަކަށް ނަތީޖާ ވަގުތުން ބަލައިލުމުގެ ފުރުސަތު އަދަދުގެ ކިޔުންތެރިންނަށް ލިބިގެން ދާނެ އެވެ. އަދި އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ އާއި ވަކިވަކި ފޮށިތަކުގެ ނަތީޖާ އާއި ރަށްރަށުގެ ނަތީޖާ އާއި އަތޮޅުތަކުގެ ނަތީޖާ ވެސް، ރިފްރެޝް ނުކުރިޔަސް ލައިވްކޮށް އަޕްޑޭޓު ވާނެ އެވެ.

ވޯޓުލުން ކުރިއަށްދާ ވަގުތުތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވޯޓު ލުމުގެ ކަންކަން ކުރިއަށްދާ ވަގުތު ހިނގަމުންދާ މުހިންމު ކަންކަމުގެ މައުލޫމާތާއި ހަބަރުތައް އަދަދު ނޫހުގެ ނިންމުން 2023 ޕޭޖުންނާއި، ލައިވް ބްލޮގާއި، ސޯޝަލް މީޑީއާ އެކައުންޓުތަކުން ގެނެސްދެވޭނެ އެވެ.

އޭގެ އިތުރުން، ރިޔާސީ އިންތިހާބުގެ ނަތީޖާ ކަށަވަރު ވަގުތުން ފެށިގެން އެކި މައުލޫގެ ރިޕޯޓުތައް ވެސް ނޫހުގައި ޝާއިއު ކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox