މާދަމާގެ ވޯޓު ކެންޑިޑޭޓު ނަންބަރު ތިނަކަށް ނުދީފި ނަމަ ރޯން ޖެހިދާނެ: ރައީސް

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ނިންމަން އެމްޑީޕީން ބޭއްވި ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވާހަކަފުޅުދައްކަވަނީ. ފޮޓޯ:މުހައްމަދު ޝާބިން/އަދަދު

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ނިންމަން އެމްޑީޕީން ބޭއްވި ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވާހަކަފުޅުދައްކަވަނީ. ފޮޓޯ:މުހައްމަދު ޝާބިން/އަދަދު

މާދަމާ ކެންޑިޑޭޓު ނަންބަރު ތިނަކަށް ވޯޓު ނުދެވިއްޖެނަމަ ދެން އިތުރު ފުރުސަތެއް ނުލިބޭނެ ކަމަށާއި އެކަމުގެ ސަބަބުން ކުރިއަށް ފަސް އަހަރު ރޯން ޖެހިދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނު ނިންމުމުގެ ހަރަކާތުގައި ރައީސް ވިދާޅުވީ މާދަމާގެ ވޯޓަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ ނިންމުމެއް ކަމަށާއި އެ ނިންމުން ނިންމާއިރު، ފާއިތުވި 10 އަހަރުގެ ތެރޭގައި އައި ދެ ސަރުކާރުގެ ތަފާތު އަޅާކިޔައިލުމުން ނިންމަންވީ ގޮތް ވަރަށް ބޮޑަށް ސާފު ވާނެ ކަމަށެވެ.

ރިޔާއީ އިންތިހާބުގެ ކެމްޕެއިން ނިންމަން އެމްޑީޕީން މކިއަދު ކުރިއަށް ގެންދިޔަ ހިނގައިލިުން ނިންމައިލަނީ. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ރިޔާއީ އިންތިހާބުގެ ކެމްޕެއިން ނިންމަން އެމްޑީޕީން މކިއަދު ކުރިއަށް ގެންދިޔަ ހިނގައިލިުން ނިންމައިލަނީ. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރިޔާއީ އިންތިހާބުގެ ކެމްޕެއިން ނިންމަން އެމްޑީޕީން މކިއަދު ކުރިއަށް ގެންދިޔަ ހިނގައިލިުން ނިންމައިލަނީ. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

Advertisement

"އަޅުގަނޑުމެން މި ނިންމުން ނިންމަން ނުކުމެ ތިބޭއިރުގައި ފުންކޮށް ވިސްނަންޖެހޭ ވަރަށް ބައިވަރު ކަންކަން އެބަހުރި، ވޭތުވެދިޔަ 10 އަހަރު ބައި ކޮށްލާފައި އަޅުގަނޑުމެން ސިކުނޑިއަށް ގެނައުމުން އެކަންތައްތައް އަޅުގަނޑުމެންނަށް އިހުސާސް ކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމްޑީޕީގެ މިސަރުކާރު އައުމުގެ ކުރިން ދިވެހި ރައްޔިތުން އަނިޔާވެރިކަމާއި ނާމާންކަމާއި ބިރުވެރިކަމުގެ ތެރޭގައި ފަސް އަހަރު ހޭދަ ކޮށްފައިވާ ކަމަށެވެ. ނަމަވެސް މި ސަރުކާރު އައުމަށްފަހު މިއަދާ ހަމައަށް ވެސް ދިވެހިން ދެކެމުން މިދަނީ އަމާން އުފާވެރި ދުވަސްތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ފަސް އަހަރު ހޭދަކޮށްފިން ބިރުވެރިކަމާއި ނާމާންކަމާއި ހަލަބޮލިކަމުގެ ތެރޭގައި، އެއީ 2013 އިން 2018 އާ ހަމައަށް، އަޅުގަނޑުމެން 2018 އިން ފެށިގެން މިއަދާ ހިސާބަށް މިއައީ ހަމަޖެހުމާއި އުފަލާއި އެއްބައިވަންތަކަމާަ އެކީގައި،" ރާއްޖޭގެ ތަރައްގީއަށްޓަކައި މީގެ ކުރިން ކޮށްފައި ނުވާ ވަރުގެ މަސައްކަތްތަކެއް މި ދައުރުގައި ކޮށްދީފައިވާކަން ހަނދާން ކޮށްދެއްވަމުން ރައީސް ވިދާޅުވި އެވެ.

ފާއިތުވި 20 ދުވަހުގެ ތެރޭގައި އެކި ދާއިރާތަކުގައި މަސައްކަތް ކުރާ އެކި ފަންތީގެ އެކި ގިންތީގެ މީހުންނާ ބައްދަލުކޮށް އެމީހުންގެ ކަންބޮޑުވުންތައް ފާޅުކުރި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އެމީހުންގެ ފާހަގަ ކުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމުގެ މަސައްކަތް މިހާރު މިހާރަށް ވެސް ފަށާފައި ވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާގެ އިތުރުން މަސްވެރިންނާއި ފަތުރުވެރިކަމުގެ ދާއިރާއާއި ކަސްޓަމްސްއާއި އެމްޕީއެލް އަދި މަޖޫރީންނާ ވެސް އެމަނިކުފާނު ވަނީ ބައްދަލުކުރައްވައިފަ އެެވެ.

އޭގެއިތުރުން އިމިގުރޭޝަންގެ މުވައްޒަފުންނާއި އެއާޕޯޓުގައި މަސައްކަތް ކުރާ މީހުންފެ އިތުރުން ފަންނާނުންނާއި ޓެކްސީ ޑުރައިވަރުންގެ އިތުރުން ދަތުރު ފަތުރުގެ ހިދުމަތް ފޯރުކޮށްދޭ މީހުންނާއި ކުޅިވަރު ކުޅޭ މީހުންނާ ވެސް ބައްދަލު ކޮށްފައި ވާކަމަށް ރައީސް ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑު މިތަނަށް އައިސް މިހުރީ މި ހުރިހާ ކަންތައްތަކެއްގެ އިހުސާސްއާ އެކުގައި އެ ހުރިހާ ބޭފުޅުންގެ ކަންބޮޑުވުންތައް އަޑު އަހައިގެން، މި ވޭތުވެދިޔަ 20 ދުވަހުގެ ތެރޭގައި ހަމަގައިމު ވެސް މިހާރުން މިހާރަށް ގެނެވޭނެ އިސްލާހުތަކާއި ހެޔޮ ބަދަލުތައް އެ ހުރިހާ ދާއިރާތަކަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ގެނެސްދޭނަން،"

އަދި ދާއިމީ ހައްލުތައް ގެނެސްދޭންޖެހޭ ކަންތައްތަކަށް ހައްލު ހޯދައިދިނުމަށްޓަކައި ކަނޑައަޅަންޖަހޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސައްކަތް މިހާރު ވެސް ފަށާފައި ވާކަމަށް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުގެ އިސްވެރިން އިލްމުވެރިންގެ ގުޅުމުން ވަކިވެއްޖެ

އިލްމުވެރިންގެ ގުޅުމުން ބުނެފައިވަނީ މި މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ގެންދިއުމަކީ އިސްލާމީ ހަމަތަކާ ޚިލާފު ކަމެއް ކަމަށާއި، އެހެންކަމުން ސަރުކާރުން މި މަޝްރޫއު އަލުން މުރާޖައާ ކުރަންޖެހޭ ކަމަށެވެ.

ދިދައިގެ ކުލަތައް ވަކިވާނަމަ ރަސްމާލެ ދޫކޮށްނުލާނެ: އިމްރާން

މި މަޝްރޫއާ ދެކޮޅަށް އުފެއްދި ގައުމީ ހަރަކާތުގައި ސިޔާސީ އިސް ބޭފުޅުންނާއި އިލްމުވެރިން ބައިވެރިވާކަން ފާހަގަކުރައްވައި، ގައުމީ ކަންކަމުގައި އިލްމުވެރިން މިއަށްވުރެ ބޮޑަށް އިސްނެންގެވުމަށް އޭނާ ގޮވާލެއްވިއެވެ.

ގާނޫނުތައް ވެސް ހަދަނީ އީގަލް ހިލްސްއިން އަންގާ ގޮތަށް: ޒިޔާދު

ރަސްމާލޭގައި އީގަލް ހިލްސްގެ މަޝްރޫއު ފެށުމުން ރާއްޖޭގެ ގާނޫނުތައް ހަދަން ޖެހޭނީ އެ ކުންފުނިން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވެ މެންބަރު ޒިޔާދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ. މި މަޝްރޫއުގެ ސަބަބުން ބޭރުގެ މުއްސަނދިން ރާއްޖޭގައި ވަޒަންވެރިވެ، ދިވެހިންގެ ދީނީ އަދި އިޖުތިމާއީ އުސޫލުތަކަށް ނުފޫޒު ފޯރުވާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

މީކާއީލްގެ މި ވާހަކަތައް ޕީއެންސީއަށް ހަޖަމެއް ނުވި!

މަޖިލިސް މެންބަރުންގެ އިނާޔަތްތައް ކަނޑާލުމަށް ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައި، މިހާރުގެ މަޖިލީހަކީ ރައީސް އޮފީހުގެ ގޮފިގަނޑެއްގެ ގޮތުގައި ސިފަކުރައްވައި މެންބަރު މީކާއިލް ސަރުކާރު ހިންގާ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މީކާއިލް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ މަސައްކަތްތައް ދަށްވުމުގެ ސަބަބުން މެންބަރުންނަށް ދޭ މުސާރައާއި އިނާޔަތްތަކާމެދު ރައްޔިތުންގެ މެދުގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

ދިރުވާލައިގެން ޑްރަގު އެތެރެކުރި ނޭޕާލްގެ 2 މީހަކު އަތުލައިގަނެފި

ދިރުވާލައިގެން ރާއްޖެއަށް އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނޭޕާލްގެ ދެ މީހަކު ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. މި މީހުންގެ ހަށިގަނޑުން މަސްތުވާތަކެތި އެކުލެވޭ 142 ބުލެޓް ފެނިފައިވާއިރު، އޭގެ ތެރޭގައި ހެރޮއިން، ކޮކެއިން އަދި މޯފިން ހިމެނެއެވެ.

ވ. ތިނަދޫ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރަނީ ޝުޖާއު

ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނީ އެ މަގާމުގައި ކުރިން ހުންނެވި ޝުޖާއު އަލީ. އޭނާގެ ގޮނޑި ގެއްލުނީ އިންތިހާބުވި ޕާޓީ ބަދަލުކުރުމާ ގުޅިގެން ކަމަށްވާއިރު، މިފަހަރުގެ ޓިކެޓް އޭނާއަށް ކަށަވަރުވީ އިތުރު މީހަކު ކުރިމަތިނުލުމުން.

ޕީއެންސީ މެންބަރުންނަކީ "ބޮޓުން" ކަމަށް ވިދާޅުވުމުން ހުއްޓުވައިފި

މީކާއިލް ވިދާޅުވީ މެންބަރުންގެ އިނާޔަތްތަކުގެ ވާހަކަ ރައްޔިތުން ދައްކަނީ މެންބަރުންގެ އަމަލުތައް ހުންނަ ގޮތުން ކަމަށާއި، ނަމަވެސް ރިޔާސަތުން ވަނީ މެންބަރުންނަށް އިހާނެތިވާނެހެން ވާހަކަ ނުދެއްކޭނެ ކަމަށް އަންގަވާފަ.

Newsletter

Get the latest news delivered straight to your inbox