ސެޕްޓެމްބަރު 30, ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ފަސް ގައުމެއްގައި ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފި އެވެ.
ފުރަތަމަ ބުރުގައި ވެސް މި ގައުމުތަކުގައި ވޯޓު ފޮށި ބެހެއްޓި އެވެ. އީސީން މިއަދު ވަނީ ދެވަނަ ބުރުގައި އެ ގައުމުތަކުގައި ވޯޓުލުން ފަށާނެ ގަޑިތައް ވެސް ހާމަކޮށްފަ އެވެ.
ވޯޓުލުން ފަށާ ގަޑިތައް (އެ ގައުމެއްގެ ގަޑިން)
- އިންޑިޔާގެ ޓްރިވެންޑްރަމް - ހެނދުނު 8:30
- ސްރީލަންކާގެ ކޮލަމްބޯ - ހެނދުނު 8:30
- މެލޭޝިޔާގެ ކުއަލަލަމްޕޫރު - ހެނދުނު 11:00
- އިނގިރޭސިވިލާތުގެ ލަންޑަން - ހެނދުނު 08:30
- ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ އަބޫދާބީ - ހެނދުނު 8:00
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ހޮނިހިރު ދުވަހު ބާއްވާއިރު އީސީއިން ބުނީ ވޯޓުލުމުގެ ފައިނަލް ލިސްޓު މިއަދު އާންމު ކުރެވޭނެ ކަމަށާއި ދެވަނަ ބުރުގެ ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 282،803 މީހުން ކަމަށްވެސް އީސީއިން ބުނެފައިވެ އެވެ.













