ރައީސްއަކީ އެއްބައިވަންތަ އަދި ދެ ފިކުރު އެއްކުރައްވާ ބޭފުޅެއް: އަމީން

ކުރީގެ ހެލްތް މިނިސްޓަރު އަދި ޖޭޕީގެ ސްޕެޝަލް އެޑްވައިޒަރު އަބްދުﷲ އަމީން -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކުރީގެ ހެލްތް މިނިސްޓަރު އަދި ޖޭޕީގެ ސްޕެޝަލް އެޑްވައިޒަރު އަބްދުﷲ އަމީން -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރަން ނިންމީ، އެމަނިކުފާނަކީ އެއްބައިވަންތަ އަދި ދެ ފިކުރު އެއްކުރައްވަން ދަންނަ ބޭފުޅަކަށް ވާތީ ކަމުގައި ކުރީގެ ހެލްތް މިނިސްޓަރު އަދި ޖުމުހުރީ ޕާޓީގެ ސްޕެޝަލް އެޑްވައިޒަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބަށް ކެމްޕެއިންކުރަން އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި އަމީން ވިދާޅުވީ، ރައީސް ސޯލިހާއިއެކު މަސައްކަތް ކުރުމަށް ލިބުނު ފުރުސަތުގައި، އެކި ކަންކަމުގައި އެމަނިކުފާނު ގެންގުޅުއްވި ސިޔާސަތުތައް ގާތުން ފެނުނު ކަމަށެވެ.

އެގޮތުން ރައީސް ސޯލިހަކީ އެއްބައިވަންތަ، ދެ ފިކުރު އެއް ކުރައްވާ އަދި ހިޔާލު ތަފާތު ބޭފުޅުންނާއެކީގައި ވެސް މަސައްކަތް ކުރަން ދަންނަ ބޭފުޅެއް ކަމަށެވެ.

"އެމަނިކުފާނުގެ[ރައީސް ސޯލިހުގެ] މަސައްކަތުގަ އިސްކުރެއްވި ސިޔާސަތުތަކުގެ ތެރޭގަ އަޅުގަނޑަށް ފާހަގަކުރެވޭ، އެމަނިކުފާނަކީ އެއްބައިވަންތަ ކުރައްވާ ބޭފުޅެއް. ދެ ފިކުރު އެއް ކުރައްވާ ބޭފުޅެއް. ހިޔާލު ތަފާތުވާ ބޭފުޅުންނާއެކީ މަސައްކަތް ކުރެވޭނެ ބޭފުޅެއް. ޒާތީ ގޮތުން އެމަނިކުފާނާ ދޭތެރޭގަ ކިތަންމެ ނުރަނގަޅު ވާހަކަތަކެއް ދެއްކި ކަމުގަ ވިޔަސް ސިޔާސީ ގޮތުން އެމީހުން ބައިވެރިކުރުމުގެ ހިތްވަރު ހުންނެވި ބޭފުޅެއް،" އަމީން ފާހަގަކުރެއްވި އެވެ.

އަމީން އިތުރަށް ވިދާޅުވީ ދިވެހިރާއްޖެއަށް ބޭނުންވަނީ ސިޔާސީ ގޮތުން "ހަޖަމް" ކުރެވޭނެ، ދިވެހިން އެއްބައިވަންތަކޮށް ވާދަވެރިކަން ނައްތާލައި، ގައުމީ ތަރައްގީ ކުރިއަށް ނެރެވޭނެ ވެރިއެއް ކަމަށެވެ. އަދި ދިވެހިންގެ މެދުގައި ފިތުނަ އުފެދޭނެ ފުރުސަތެއް ނުދެވޭނެ ކަމަށާއި ރައީސް ސޯލިހަށް ވޯޓު ދޭން ޖެހޭ މައިގަނޑު ސަބަބަކީ މިއީ ކަމުގައި އަމީން ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ޖޭޕީގެ ރައީސް ގާސިމް އިބްރާހިމް ފަހަތަށް ޖެހި ވަޑައިގަތުމަށް ފަހު ދިވެހި ރާއްޖެއަށް ބޭނުންވާ އިސްލާހުތައް ގެނެވޭނެ ފަރާތަކީ ރައީސް ސޯލިހު ކަމުގައި އަމީން ވިދާޅުވި އެވެ.

"ދިވެހިރާއްޖެއަށް އަދިވެސް ގެންނަންޖެހޭ ސިޔާސީ ބަދަލުތައް އެބަހުރި، މިއަދު ސިޔާސީ މަޝްރަހުގަ ތިބި ބޭފުޅުންނަށް ބަލާއިރު ގާސިމް އިބްރާހީމް މިއަދު ފަހަތަށް ޖެހިވަޑައިގަތް ފަހުން، ދެން އެކަން ކުރެވޭނެ ބޭފުޅަކީ އަޅުގަނޑުމެންގެ ރައީސް ސޯލިހު،" އަމީން ފާހަގަކުރެއްވި އެވެ.

އެމްޑީޕީއާއި ރައީސް ސޯލިހަށް ތާއީދުކުރަން ނިންމީ އެމަނިކުފާނާއިއެކު ޖޭޕީގެ ސިޔާސަތުތައް ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އޮތުމުގެ ސަބަބުން ކަމުގައި ވެސް އަމީން ވިދާޅުވި އެވެ. އަދި 2018 ވަނަ އަހަރާއި ހަމައަށް އައި އިރު ރާއްޖެ އޮތް އަނދިރިކަމުގެ ތެރެއަށް ގެންދަން ބޭނުންނުވާ ކަން ފާހަގަކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox