އިންތިހާބުގެ ދެ ވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން އުމަރު ނިންމައިފި

އުމަރު ނަސީރު: ފުރަތަމަ ބުރުގައި އުމަރަށް ބޮޑު ކާމިޔާބެއް ލިބުނު. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އުމަރު ނަސީރު: ފުރަތަމަ ބުރުގައި އުމަރަށް ބޮޑު ކާމިޔާބެއް ލިބުނު. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ސެޕްޓެމްބަރު މަހު 30 ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް، ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރެއްވި އުމަރު ނަސީރު ނިންމަވައިފި އެވެ.

މިމަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކޮށް ހަތަރު ވަނަ އަށް އެންމެ ގިނަ ވޯޓު ހޯއްދެވި އުމަރު ވިދާޅުވީ ދެވަނަ ބުރުގައި އެއްވެސް ޕާޓީއެއްގެ ފަހަތަށް ނާރާނެ ކަމަށެވެ.

"މި ދެބައިގެ ވެރިކަންވެސް އަޅުގަނޑުމެން ހަނދާނުގައި އެބަހުރި. ހުރިހާ ޕާޓީއެއްގެ ވެރިކަމުގައި ވެސް ދިވެހިރާއްޖޭގެ ދަރަނި ވީ އިތުރު. އިންތިހާއަށް ބޮޑެތި ލޯނުތައް ނަގައި ބޭކާރު ޕްރޮޖެކްޓުތައް ހިންގީ،" ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓަރަކަށް ހުންނެވި އުމަރު ވިދާޅުވި އެވެ.

Advertisement

ޕީޕީއެމް/ޕީއެންސީ، އަދި އެމްޑީޕީއާ ތާއީދުކޮށް އެ ޕާޓީތައް އިތުރަށް ވަރުގަދަކޮށް ދޭން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި މާ ބޮޑު ކެމްޕޭނެއް ނުކުރެވޭ ކަމަށާއި، ހަމައެކަނި 120 ބެނާ ޕްރިންޓުކޮށް ދުއިސްތައެއްހާ ޓީޝާޓު ހަދައިގެން ނިކުތުމުން ވެސް ލިބުނު ބޮޑު ތާއީދަށް، ސަޕޯޓަރުންނަށް އުމަރު ޝުކުރު ދެންނެވި އެވެ.

އެކަމުން އެނގިގެން ދިޔައީ ސިޔާސީ ޖަގަހަތައް ހުރިހާ ރަށެއްގައި ހެދުމާއި، ކެމްޕޭނަށް މިލިއަނުން ހަރަދު ކުރުމަކީ ބޭކާރު ހަރަދެއް ކަމަށް އުމަރު ވިދާޅުވި އެވެ.

"ބޮޑެތި ޖަގަހަ ޖަހާފަ، އެތާ ލަވަޖަހައި ކެރަމް ކުޅުނަކަސް އަދި ސިޔާސީ މަސައްކަތެއް ނުއެއް ކުރެވޭނެ. އެހެންވީމަ ސިޔާސީ މެސެޖެއް ހިފައިގެން ހިތްވަރާއެކު ބަޔަކު މަސައްކަތް ކޮށްފި ނަމަ އެކަން ކާމިޔާބުވާނެކަން މިފަހަރު އިންތިހާބުގައި ފެނިގެން މިދިޔައީ،" އޭނާގެ ކެމްޕޭނަށް އިޝާރާތް ކުރައްވައި އުމަރު ވިދާޅުވި އެވެ.

މި އިންތިހާބުގެ ފުރަތަމަ ބުރުގައި އުމަރަށް ލިބިވަޑައިގަތީ 6،343 ވޯޓެވެ. އެއީ 2.8 ޕަސެންޓު ވޯޓެވެެ.

ފެހި ގާނޫނު އަސާސީގެ ދަށުން ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބުގައި ވެސް އުމަރު ވާދަ ކުރެއްވި އެވެ. 2008 ވަނަ އަހަރު ބޭއްވި އެ އިންތިހާބުގެ ފުރަތަމަ ބުރުގައި ހަ ކެންޑިޑޭޓުން ވާދަ ކުރެއްވި އިރު ދެ ވަނައަށް އެންމެ މަދުން ވޯޓު ލިބިވަޑައިގަތީ އުމަރަށެވެ. އޭނާއަށް އެފަހަރު ލިބިވަޑައިގަތީ 2،472 ވޯޓު ނުވަތަ ޖުމްލަ ވޯޓުގެ 1.4 ޕަސެންޓެވެ.

ސެޕްޓެމްބަރު 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވާދަކުރަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox