ޔާމީނުގެ އިސްތިއުނާފު މައްސަލަ ތާވަލުކުރުމަށްފަހު ކެންސަލްކޮށްފި

ކުރީގެ ރައީސް އަބްދުالله ޔާމީން; އިސްތިއުނާފު މައްސަލަ ހައިކޯޓުގައި ތާވަލުކުރުމަށްފަހު ވަނީ ކެންސަލްކޮށްފައި -- ފޮޓޯ: ޝާބިން/ އަދަދު

ކުރީގެ ރައީސް އަބްދުالله ޔާމީން; އިސްތިއުނާފު މައްސަލަ ހައިކޯޓުގައި ތާވަލުކުރުމަށްފަހު ވަނީ ކެންސަލްކޮށްފައި -- ފޮޓޯ: ޝާބިން/ އަދަދު

ހައި ކޯޓުގައި ކުރިއަށްދާ ކުރީގެ ރައީސް އަބްދުالله ޔާމީންގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުން މިއަދަށް ތާވަލުކުުރުމަށްފަހު ކެންސަލްކޮށްފި އެވެ.

ޔާމީނުގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުން މިއަދު ހައި ކޯޓުގައި ތާވަލު ކުރީ މެންދުރުފަހު 2:00 އަށެވެ. ނަމަވެސް ޕީޖީ އޮފީހުން އެދިގެން އެ އަޑުއެހުން މިހާރު ވަނީ ކެންސަލްކޮށްފަ އެވެ. ފަހު ވަގުތު އަޑުއެހުން ކެންސަލް ކުރުމާ ގުޅިގެން ރައީސް ޔާމީނުގެ ވަކީލުން ވެސް ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މިއަދު ވިދާޅުވީ, ޕީޖީ އޮފީހުގެ ވަކީލުން ބިޒީވެގެން ސުންގަޑީގައި އަޑުއެހުން ކެންސަލް ކުރުމަކީ ބޮޑުވެގެންވާ އަނިޔާއެއް ކަމަށެވެ.

ޖަމީލު ތުހުމަތު ކުރެއްވި ގޮތުގައި އަޑުއެހުން ކެންސަލް ކުރުމަކީ އިސްތިއުނާފު ލަސްކުރުމަށް އިންތިޒާމީ ގޮތެއްގައި ރޭވިގެން, ގިނަ ބަޔަކު ހިމެނޭހެން ކުރަމުންދާ ކަމެކެވެ.

ރައީސް ޔާމީނުގެ އަޑުއެހުން މިއަދު ކެންސަލް ކޮށްފައިވާއިރު, މިދިޔަ އަންގާރަ ދުވަހު, ޕީޕީއެމް/ޕީއެންސީގެ ލީޑަރުން ވަނީ އެ މައްސަލައިގެ އަޑުއެހުން ނުބާއްވާ ސަބަބު ސާފު ކުރުމަށް ހައި ކޯޓަށް ގޮސްފަ އެވެ. އެއަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله (އަދުރޭ) ވިދާޅުވީ, އިންތިހާބުގެ ކުރިން އަޑުއެހުމެއް ނުބާއްވާނެކަން އެނގިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އަބްދުއް ރަހީމް ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ އަޑުއެހުންތައް ލަސްވަނީ, ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގަންނަވާތީ އާއި, އެ ކޯޓުގެ ރަސްމީ ދަތުރެއް ތާވަލުކޮށްފައި އޮތުމުންނެވެ.

"އަޅުގަނޑުމެންނަށް މައުލޫމާތު ލިބުނު ގޮތުގައި ބެންޗުގައި ހިމެނޭ ތިން ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރަކު 23 އިން ފެށިގެން އެބަ ޗުއްޓީ ނަންގަވާ. އަނެއްކާ ދެންމެ މި ލިބުނު މައުލޫމާތަކީ 25 އިން ފެށިގެން ހައިކޯޓުގެ ބޭފުޅުން ރަސްމީ ދަތުރުފުޅެއްގައި އެބަ ވަޑައިގަންނަވައޭ." އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ފަރާތުން ހައި ކޯޓަށް ހުށަހަޅަފައިވާ އިސްތިއުނާފު މައްސަލައަކީ ވ. އާރަށް ކުއްޔަށް ދިނުމުގައި ހިޔާނާތްތެރިވެފައިވާކަން ސާބިތުވެ, ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ މައްސަލަ އެވެ. އެމަނިކުފާނު މިހާރު ގެންދަވަނީ މާފުށީ ޖަލުގައި އެ ހުކުމް ތަންފީޒު ކުރައްވަމުންނެވެ.

އާރަށުގެ އިސްތިއުނާފު މައްސަލާގައި އެންމެ ފަހުން އަޑުއެހުމެއް ބޭއްވި މިމަހު ހަ ވަނަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox