ކޯރަމް ހަމަނުވެގެން ޖަލްސާ ނުފެށި އެތައް އިރެއް، މެމްބަރުން ކުޑަދަށުގައި!

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނުފެށި ލަސްވަމުން ދިޔަ އިރު ބައެއް މެމްބަރުން ތިއްބެވީ މަޖިލީހުގެ ގޯތިތެރޭގައި. ފޮޓޯ: ޖަމްޝަތު ވަހީދު/އަދަދު

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނުފެށި ލަސްވަމުން ދިޔަ އިރު ބައެއް މެމްބަރުން ތިއްބެވީ މަޖިލީހުގެ ގޯތިތެރޭގައި. ފޮޓޯ: ޖަމްޝަތު ވަހީދު/އަދަދު

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބާއްވަން ތާވަލުކުރި ޖަލްސާ ފަށަން އޮތް ގަޑިން ފެށިގެން ގާތްގަނޑަކަށް 45 މިނެޓް ހޭދަވި އިރު ވެސް މެމްބަރުން ތަޅުމަށް ވަޑައިނުގެންނެވުމުން ޖަލްސާ ފެށޭ ގޮތެއް ނުވި އެވެ.

މިއަދުގެ ޖަލްސާ ވެސް ފަށަން އޮތީ މަޖިލީހުގެ ޖަލްސާތައް އާއްމުކޮށް ފަށާ ގަޑި، 9:00 ގަ އެވެ. ޖަލްސާއެއް ފަށަން ހަމަވާން ޖެހޭ ކޯރަމް ކަމަށްވާ 22 މެމްބަރުން އޭރު ތަޅުމުގައި ނެތުމުން ރިޔާސަތުގައި މަޖިލީހުގެ ރަައީސް މުހައްމަދު ނަޝީދު އިންނަވައި، މެމްބަރުންނަށް އެތައް އިރަކު އިންތިޒާރުކުރެއްވި އެވެ. އެތައް އިރަކު އިންތިޒާރު ކުރެއްވުމަށް ފަހު އެމަނިކުފާނު ވިދާޅުވީ މެމްބަރުން ތަޅުމަށް ވަޑައިނުގެންނެވި ނަމަވެސް ގޯތިތެރޭގައި، ކުޑަދަށުގައި މެމްބަރުން އެބަ ތިއްބެވި ކަމަށެވެ.

"އިއްޒަތްތެރި މެމްބަރުން އެބަ އިއުތިރާޒުކުރައްވާ މަޖިލީހުގެ ތަޅުމަށް ވެދެވަޑައިގަތުމަށް. މީގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް އެބަ ތިއްބެވި ކުޑަދަށުގައި. އަޅުގަނޑު އަނެއްކާ ވެސް މަސައްކަތްކުރާނަން އެބޭފުޅުންނާ ވާހަކަ ދައްކައިގެން މަޖިލިސް ފެށޭނެ ގޮތެއް އޮތްތޯ،" ނަޝީދު ވިދާޅުވި އެވެ.

Advertisement

އެމަނިކުފާނު އެ މޭރުމުން ދެ ފަހަރަކު ވާހަކަ ދެއްކެވުމަށް ފަހު 9:45 އެހާ އިރު ވިދާޅުވީ ޖަލްސާ އަލުން ފެށޭތޯ 10:00 ގައި އަލުން މަސަައްކަތްކުރައްވާނެ ކަމަށެވެ.

އޭގެ ފަހުން ރިޔާސަތަށް ވަޑައިގެން އެމަނިކުފާނު ދެއްކެވި ވާހަކަފުޅުން އެނގުނީ އެމްޑީޕީގެ މެމްބަރުން ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަން ދެކޮޅު ހެއްދެވީ މިއަދުގެ ޖަލްސާއަށް އެކުލަވައިލާފައި އޮތް އެޖެންޑާއާ މެދު ހިތްހަމަނުޖެހިގެން ކަމެވެ. ވިދާޅުވީ އެޖެންޑާއާ ދޭތެރޭ ޝަކުވާތަކެއް އެބަހުރި ކަމަށާއި އެހެން ނަމަވެސް އެޖެންޑާގައި މަޖިލީހުގެ ގަވައިދާ ހިލާފު އެއްވެސް ކަމެއް ނެތް ކަމަށެވެ.

"މިއަދުގެ އެޖެންޑާގައި އަޅުގަނޑަށް ފެންނަ ތަނުގައި އެއްވެސް މައްސަލައެއް ނެތް. އެޖެންޑާ މިއޮތީ ހަމަ އެހެން ދުވަސްދުވަހެކޭ ވެސް އެއްފަދައިން، މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން އެކުލަވައިލެވިފައި،" ނަޝީދު ވިދާޅުވި އެވެ.

އެެއަށް ފަހު އަނެއްކާ ވެސް އިލްތިމާސްކުރެއްވީ މެމްބަރުން ވަަޑައިގެން ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށެވެ.

މަޖިލީހުގައި 87 މެމްބަރުން ތިއްބަވާ އިރު މި ފަހުން ބޭއްވި ގިނަ ޖަލްސާތަކަށް ގަވައިދުން ވަޑައިގަންނަވަމުން ގެންދެވީ ތިރީހަކަށް މެމްބަރުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox