ރައީސް ސޯލިހު މާލޭގައި ދޮރުން ދޮރަށް، ގޭގެއިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވި!

ރައީސް ސޯލިހު މިއަދު ކުރިއަށް ގެންދިޔަ ދޮރުންދޮރަށް ހިންގެވުމުގެ ހަރަކާތުގެ ތެރެއިން -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ރައީސް ސޯލިހު މިއަދު ކުރިއަށް ގެންދިޔަ ދޮރުންދޮރަށް ހިންގެވުމުގެ ހަރަކާތުގެ ތެރެއިން -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ތާއިދު ހޯއްދަވަން މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާލޭގެ ބައެއް ގޭގެއަށް ޒިޔާރަތް ކުރެއްވިއިރު، އެގޭބިސީތަކުގައި ތިރިއުޅޭ ފަރާތްތަކުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވި އެެވެ.

ރައީސް ސޯލިހު މިއަދު ދޮރުން ދޮރަށް ހިންގެވުމުގެ ހަރަކާތް ފައްޓަވާފައި ވަނީ މައްޗަންގޮޅިންނެވެ. އެ ހަރަކާތުގެ ތެރެއިން މާލޭގެ މައްޗަންގޮޅީގެ އިތުރުން މާފަންނު އުތުރުގެ ބައެއް ގޭގެއަށް ވަދެވަޑައިގެން މީހުންނާ ބައްދަލު ކުރެއްވެވި އެވެ.

ބައެއް ގެތަކުން އެ މަނިކުފާނާ ތަފާތު ސުވާލުތައް ކުރި އެވެ. ވާދަ ކުރައްވަނީ ކީއްވެގެންތޯ އާއި ގެންނާނެ ބަދަލުތަކާއި އިންޑިއާގެ ސިފައިން އަސްކަރީ ބޭނުމުގައި ރާއްޖޭގައި ތިބޭ ކަމަށް ދައްކާ ވާހަކައާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޖަވާބު ދެއްވި އެވެ.

މިއަދު ޒިޔާރަތް ކުރެއްވި ގެއެއްގައި ރައީސް ސޯލިހު މީހަކާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: އެމްޑީޕީ
މިއަދު ޒިޔާރަތް ކުރެއްވި ގެއެއްގައި ރައީސް ސޯލިހު މީހަކާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: އެމްޑީޕީ

މިއަދު ޒިޔާރަތް ކުރެއްވި ގެއެއްގައި ރައީސް ސޯލިހު މީހަކާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: އެމްޑީޕީ

އިންޑިއާ ސިފައިން އަޝްކަރީ ބޭނުމަށް، ގާއިމުވެ ތިބޭ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ބުނަމުން ދިޔަސް، އެފަދަ ކަމެއްގައި ސިފައިން ނެތްކަމުގެ ޔަގީންކަށް މިއަދު ވެސް ދެއްވި އެވެ.

އަދި އެ މަނިކުފާނަށް ދެ ވަނަ ދައުރެއް ލިބިވަޑައިގެންފި ނަމަ ގެންނާނެ ބައެއް ބަދަލުތައް ވެސް، ކުރިއެރުން ވެސް ހިއްސާކޮށް ދެއްވި އެވެ

މީގެ ކުރިން އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް ރައީސް ސޯލިހު ވަނީ މާލޭގައި ދޮރުންދޮރަށް ހިންގަވައިފަ އެވެ. ނަމަވެސް ފުރަތަމަ ބުރުގައި އެމަނިކުފާނު ބޮޑަށް އިސްކަން ދެއްވާފައި ވަނީ އަތޮޅުތެރޭގެ ރަށްރަށަށެވެ. އެގޮތުން އެމަނިކުފާނު ވަނީ ފުރަތަމަ ބުުރުގެ ކެމްޕޭނުގައި ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށުގެ ތެރެއިން 170 އަށްވުރެ ގިނަ ރަށަށް އެ މަނިކުފާނު ވަޑައިގެންނެވި އެވެ.

މިއަދު ޒިޔާރަތް ކުރެއްވި ގެއެއްގައި ތުއްތު ކުއްޖަކާ ރައީސް ސަލާމްކުރައްވައި، ސަމާސާ ކުރައްވަނީ. -- ފޮޓޯ: އެމްޑީޕީ
މިއަދު ޒިޔާރަތް ކުރެއްވި ގެއެއްގައި ތުއްތު ކުއްޖަކާ ރައީސް ސަލާމްކުރައްވައި، ސަމާސާ ކުރައްވަނީ. -- ފޮޓޯ: އެމްޑީޕީ

މިއަދު ޒިޔާރަތް ކުރެއްވި ގެއެއްގައި ތުއްތު ކުއްޖަކާ ރައީސް ސަލާމްކުރައްވައި، ސަމާސާ ކުރައްވަނީ. -- ފޮޓޯ: އެމްޑީޕީ

ރައީސް ސޯލިހުގެ އިތުރުން އެމަނިކުފާނުގެ އަނބިަނބަލުންގެ އިތުރުން ކެމްޕޭނު ތަރުޖަމާނު، މާރިޔާ ދީދީ ވެސް ދަނީ މާލޭގައި ދޮރުންދޮރަށް ހިންގެވުމުގެ ހަރަކާތްތައް ކުރިއަށް ގެންދަވަމުންނެވެ.

އެމްޑީޕީއެކޭ އެއްގޮތަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު، މުހައްމަދު މުއިއްޒުގެ ކެމްޕޭނު ހަރަކާތްތައް ވެސް ދަނީ ބާރު ދުވެލީގައި ހިންގަމުންނެވެ. މުއިއްޒު މިވަގުތު ކެމްޕޭނު ކުރައްވަމުން ގެންދަވަނީ ށ. އަތޮޅުގެ ރަށްތަކުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުގެ އިސްވެރިން އިލްމުވެރިންގެ ގުޅުމުން ވަކިވެއްޖެ

އިލްމުވެރިންގެ ގުޅުމުން ބުނެފައިވަނީ މި މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ގެންދިއުމަކީ އިސްލާމީ ހަމަތަކާ ޚިލާފު ކަމެއް ކަމަށާއި، އެހެންކަމުން ސަރުކާރުން މި މަޝްރޫއު އަލުން މުރާޖައާ ކުރަންޖެހޭ ކަމަށެވެ.

ދިދައިގެ ކުލަތައް ވަކިވާނަމަ ރަސްމާލެ ދޫކޮށްނުލާނެ: އިމްރާން

މި މަޝްރޫއާ ދެކޮޅަށް އުފެއްދި ގައުމީ ހަރަކާތުގައި ސިޔާސީ އިސް ބޭފުޅުންނާއި އިލްމުވެރިން ބައިވެރިވާކަން ފާހަގަކުރައްވައި، ގައުމީ ކަންކަމުގައި އިލްމުވެރިން މިއަށްވުރެ ބޮޑަށް އިސްނެންގެވުމަށް އޭނާ ގޮވާލެއްވިއެވެ.

ގާނޫނުތައް ވެސް ހަދަނީ އީގަލް ހިލްސްއިން އަންގާ ގޮތަށް: ޒިޔާދު

ރަސްމާލޭގައި އީގަލް ހިލްސްގެ މަޝްރޫއު ފެށުމުން ރާއްޖޭގެ ގާނޫނުތައް ހަދަން ޖެހޭނީ އެ ކުންފުނިން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވެ މެންބަރު ޒިޔާދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ. މި މަޝްރޫއުގެ ސަބަބުން ބޭރުގެ މުއްސަނދިން ރާއްޖޭގައި ވަޒަންވެރިވެ، ދިވެހިންގެ ދީނީ އަދި އިޖުތިމާއީ އުސޫލުތަކަށް ނުފޫޒު ފޯރުވާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

މީކާއީލްގެ މި ވާހަކަތައް ޕީއެންސީއަށް ހަޖަމެއް ނުވި!

މަޖިލިސް މެންބަރުންގެ އިނާޔަތްތައް ކަނޑާލުމަށް ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައި، މިހާރުގެ މަޖިލީހަކީ ރައީސް އޮފީހުގެ ގޮފިގަނޑެއްގެ ގޮތުގައި ސިފަކުރައްވައި މެންބަރު މީކާއިލް ސަރުކާރު ހިންގާ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މީކާއިލް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ މަސައްކަތްތައް ދަށްވުމުގެ ސަބަބުން މެންބަރުންނަށް ދޭ މުސާރައާއި އިނާޔަތްތަކާމެދު ރައްޔިތުންގެ މެދުގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

ދިރުވާލައިގެން ޑްރަގު އެތެރެކުރި ނޭޕާލްގެ 2 މީހަކު އަތުލައިގަނެފި

ދިރުވާލައިގެން ރާއްޖެއަށް އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނޭޕާލްގެ ދެ މީހަކު ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. މި މީހުންގެ ހަށިގަނޑުން މަސްތުވާތަކެތި އެކުލެވޭ 142 ބުލެޓް ފެނިފައިވާއިރު، އޭގެ ތެރޭގައި ހެރޮއިން، ކޮކެއިން އަދި މޯފިން ހިމެނެއެވެ.

ވ. ތިނަދޫ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރަނީ ޝުޖާއު

ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނީ އެ މަގާމުގައި ކުރިން ހުންނެވި ޝުޖާއު އަލީ. އޭނާގެ ގޮނޑި ގެއްލުނީ އިންތިހާބުވި ޕާޓީ ބަދަލުކުރުމާ ގުޅިގެން ކަމަށްވާއިރު، މިފަހަރުގެ ޓިކެޓް އޭނާއަށް ކަށަވަރުވީ އިތުރު މީހަކު ކުރިމަތިނުލުމުން.

ޕީއެންސީ މެންބަރުންނަކީ "ބޮޓުން" ކަމަށް ވިދާޅުވުމުން ހުއްޓުވައިފި

މީކާއިލް ވިދާޅުވީ މެންބަރުންގެ އިނާޔަތްތަކުގެ ވާހަކަ ރައްޔިތުން ދައްކަނީ މެންބަރުންގެ އަމަލުތައް ހުންނަ ގޮތުން ކަމަށާއި، ނަމަވެސް ރިޔާސަތުން ވަނީ މެންބަރުންނަށް އިހާނެތިވާނެހެން ވާހަކަ ނުދެއްކޭނެ ކަމަށް އަންގަވާފަ.

Newsletter

Get the latest news delivered straight to your inbox