ޑިމޮކްރެޓުން މިހާރު މަޝްވަރާކުރަނީ ހަމައެކަނި އެމްޑީޕީއާ، ޝަރުތަކީ ނިޒާމީ ވޯޓު

ދަ ޑިމޮކްރެޓްސްގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފު ނޫސްވެރިންނާ ވާހަކަދައްކަވަނީ. އޭނާ މިރޭ ވިދާޅުވީ ޕީޕީއެމްއާ އެކު މިހާރު މަޝްވަރާތައް ކުރިއަށް ނުދާކަމަށް. ފޮޓޯ:މިރާޝް ނާޝިމް/އަދަދު

ދަ ޑިމޮކްރެޓްސްގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފު ނޫސްވެރިންނާ ވާހަކަދައްކަވަނީ. އޭނާ މިރޭ ވިދާޅުވީ ޕީޕީއެމްއާ އެކު މިހާރު މަޝްވަރާތައް ކުރިއަށް ނުދާކަމަށް. ފޮޓޯ:މިރާޝް ނާޝިމް/އަދަދު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް އެކުގައި މަސައްކަތްކުރަން ޕީޕީއެމް/ޕީއެންސީ އާ ކުރި މަޝްވަރާތައް ކުރިއަށް ނުގޮސް ހުއްޓިފައިވާ ކަމަށާއި އެހެން ނަމަވެސް އެމްޑީޕީއާ އެކު މަޝްވަރާތައް އަދިވެސް ކުރިއަށްދާ ކަމަށް ދަ ޑިމޮކްރެޓްސް އިން މިރޭ ބުނެފި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވީ ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒަށެވެ. ދެވަނަ އަށް އެންމެ ގިނަ ވޯޓު އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވި އިރު ދަ ޑިމޮކްރެެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ލިބިވަޑައިގެންނެވީ ތިން ވަަނަ އެވެ.

ހ.މައިޒާންދޮށުގޭ ގައި މިރޭ ބޭއްވި މީޑިއާ ބްރީފިންއެއްގައި ދަ ޑިމޮކްރެޓްސްގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ އެއްވެސް ކަމަކާ އެއްބަސްވެ، ސޮއިކޮށްގެން ކުރިއަށް ދާން ޕީޕީއެމުން އެއްބަސްނުވާ ކަމަށާއި އެހެންވެ، އެ މަޝްވަރާތައް މިހާރު ކުރިއަށް ނުދާ ކަމަށެވެ.

Advertisement

"އެހެންވީމާ އަޅުގަނޑުމެންނަށް ވަރަށް ދަތި އެއްޗެއްގައި ސޮއިނުކޮށް، ޕީޕީއެމްއާ އެކީ ޑިމޮކްރެޓުންނަށް މަސައްކަތެއް ކުރަން. އެނގިވަޑައިގަންނަވާނެ ސިޔާސީ ޕާޓީއެއް ޑިމޮކްރެޓްސް އަކީ ވެސް. ޕާޓީގައި އޮންނަން ޖެހޭނެ، ޕާޓީން އެއްބަސްވާ ކަންކަން [ލިއުމުން ފެންނަން]،" ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވި ގޮތުގައި ޕީޕީއެމްއަށާއި އެމްޑީޕީއަށް ވެސް ވެސް ޑިމޮކްރެޓުން ހުށަހެޅި ހުށަހެޅުމަކީ ރާއްޖޭގައި ވެރިކަންކުރުމުގެ ނިޒާމު އަލުން ކަނޑައެޅުމާއި މެދު ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ހުށަހެޅުމެވެ.

"އަޅުގަނޑުމެން މިހުށަހަޅާ ގޮތަކީ ސެޕްޓެމްބަރު 25 ގައި ، އެއީ ދެވަނަ ބުރުގެ ކުރިއަށް ނިޒާމީ ވޯޓެއް ނަގަން، އެއީ ފެންނަ ނުފެންނަ ވޯޓެއް ނަގަން،" ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ހުށަހެޅުމަށް އެމްޑީޕީން އަދި ނޫނެކޭ ނުބުނާ ކަމަށާއި އެ މަޝްވަރާތައް އެމްޑީޕީއާ އެކު ކުރިއަށް އެބަދާ ކަމަށެވެ. އެހެން ނަމަވެސް އެއީ ދިގުލައިގެންދާ މަޝްވަރާތަަކެއްގެ ގޮތުގައި ޑިމޮކްރެޓުން ނުބާއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވެރިކަން ކުރުމުގެ ނިޒާމު އަލުން ކަނޑައެޅުމުގެ ވާހަކަ މިހާރު ދައްކަނީ ހަަސަން ވިދާޅުވި ގޮތުގައި ރާއްޖެއަށް ރަނގަޅީ ބަރުލަމާނީ ނިޒާމުކަމަށް އެޕާޓީން އަބަދުވެސް ދައްކާ ހާލަތު މިވަގުތު ކުރިމަތިވެފައި އޮތީމަ އެވެ. ޑިމޮކްރެޓްސްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދު މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވެފައިވާ ގޮތުގައި ރާއްޖެއަށް ރިޔާސީ ނިޒާމު ކަމުނުދާ މައިގަނޑު އެއް ސަބަބަކީ ރިޔާސީ އިންތިހާބުތަކުގައި އެއްވެސް ޕާޓީއަކަށް އެކަނި ވެރިކަމަށް އާދެވޭ ވަރަށް ވޯޓު ނުލިބޭކަމެވެ.

ދެވަނަ ބުރުގައި ޕާޓީތަކުން ކޯލިޝަން ހަދާ އިރު އެެއީ ރާއްޖޭގެ ގާނޫނު އަސާސީ ދަންނަ ކަމެއް ނޫންކަން އެމަނިކުފާނު ތަކުރާރުކޮށް ފާހަގަކުރައްވަ އެވެ.

ހަސަން ލަތީފު ތަކުރާރުކުރެއްވީ އެވާހަކަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox