ޔޫރަޕާއި އިނގިރޭސިވިލާތުން މަހުގެ ޑިއުޓީ ކަނޑާލާނެކަން ކަށަވަރުވުމުން މާދަމާއިން ފެށިގެން މަސް ގަންނަ އަގު 25ރ. އަށް ބޮޑުކުރަނީ

މަސް ކިރުމުގެ މަސައްކަތް ކުރިއަށްދަނީ. މިހާރު މަސް ގަންނަމުންދަނީ 17ރ. އަށް --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

މަސް ކިރުމުގެ މަސައްކަތް ކުރިއަށްދަނީ. މިހާރު މަސް ގަންނަމުންދަނީ 17ރ. އަށް --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ރާއްޖޭން އިނގިރޭސިވިލާތަށާއި ޔޫރަޕަށް އެކްސްޕޯޓުކުރާ މަހުން ނަގާ ޑިއުޓީ ކަނޑާލާނެކަން ކަށަވަރުވުމާ އެކު މާދަމާ އިން ފެށިގެން ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން މަސް ގަންނަ އަގު 25ރ. އަށް ބޮޑުކުރުމަށް ނިންމައިފި އެވެ.

އެ ކުންފުނިން މިހާރު މަސް ގަންނަމުން އަންނަނީ ކިލޯއެއް 17ރ. ގެ ރޭޓުންނެވެ. ނަމަވެސް, ޔޫރަޕަށް އެކްސްޕޯޓުކުރާ މަހުން ނަގާ ޑިއުޓީ ކަނޑާލާނެކަން ސަރުކާރަށް ވަނީ ކަށަވަރު ކުރެވިފަ އެވެ. އެއާއެކު, މަހުގެ އަގުބޮޑުކުރަން ނިންމީ ކަމަށް މިފްކޯއިން މައުލޫމާތު ދެ އެވެ.

މަސް ގަންނަ އަގު ބޮޑުކުރަން ނިންމީ ގިނަ މަސްވެރިންތަކެއްގެ ކަންބޮޑުވުންތަކަށް އަޑުއެހުމަށް ފަހު ކަމަށް މިފްކޯއިން މައުލޫމާތު ދެ އެވެ.

މިފްކޯއިން މިހާރު ވެސް ދަނީ މަސްވެރިކަމުގައި ހުރި ޒަމާންވީ މައްސަލަތައް ހައްލުކޮށް މަސް ގަންނަ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މަހުގެ އަގު ބޮޑު ކުރުމަށް ސަރުކާރުން ނިންމިއިރު އިންތިހާބަށް ހުށަހެޅި މެނިފެސްޓޯގައި އެމްޑީޕީން ވަނީ މަސްވެރިކަމަށް ހާއްސަ މިނިސްޓްރީއެއް އުފައްދާނެ ކަމަށް ބުނެފަ އެވެ.

މަސްވެރިކަމުގެ ދާއިރާއަށް އެމްޑީޕީން ހުށަހަޅާ ކަންކަމުގެ ތެރޭގައި ސްކޫލު ދައުރުން ފެށިގެން މަސްވެރިކަމަށް ކުދިން އަހުލުވެރި ކުރަން ފެށުމާއި މަސްވެރިންނަށް ދިމާޥާ ހާދިސާތަކުން ލިބޭ ގެއްލުންތަކުންނާއި ސިއްހީ ގޮތުން ދިމާވެދާނެ ކަންކަމުން އަރައިގަންނަން އެހީވެދޭނެ ހާއްސަ އިންޝުއަރެންސެއް ތައާރަފުކުރުން ހިމެނެ އެވެ.

އޭގެ އިތުރުން މަސްވެރިކަމުގެ ވިޔަފާރި ކުރިއެރުވުމަށާއި މަސް ދޯނި ފަހަރު ތަރައްގީކުރުމަށް ފަސޭހައިން ފައިސާ ހަމަޖެހޭނެ ގޮތްތަކަށް ތައާރަފުކުރަން ވެސް އެ ޕާޓީގެ މެނިފެސްޓޯގައި ވެ އެވެ. އޭގެ ތެރޭގައި ދިވެހި މަސްއޮޑި ފަހަރު ޒާމާނީ ފެންވަރަށް ގެންނަން ފަރުމާކޮށްފައިވާ ފިފްތު-ޖެނެރޭޝަން މަސް ދޯނި ފަހަރު ބަނުމަށް ލޯން ސްކީމް ތައާރަފްކުރުން ހިމެނެ އެވެ.

އެމްޑީޕީން މަސްވެރިކަމުގެ ދާއިރާއަށް ހުށަހަޅާފައިވާ އިތުރު ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • ކަސްޓަމްސް އިން ލިބޭ އާމްދަނީގެ އިންސައްތައެއް މަސްވެރިކަން މާކެޓް ކުރުމަށްޓަކައި ބޭނުންކުރުން
  • މަސްވެރިކަން "އެޑްވެންޗަރ ސްޕޯޓް" އެއްގެ ގޮތުގައި ޕްރޮމޯޓްކުރުން
  • ދިވެހި މަސްވެރިކަމުގެ ދެމެހެއްޓެނިވިކަން ރަމްޒުކޮށްދޭ ލޭބަލެއް ހަދާ، ބޭރުގެ ސަޕްލަޔަރުން ބަލައިގަންނަ ބްރޭންޑިންއެއް ތައާރަފްކުރުން
  • މެރިކަލްޗާ އަދި އެކުއަކަލްޗާއަށް ޕްރައިވެޓް ސެކްޓާ އިންވެސްޓްކުރުމުގެ އައު ފުރުސަތުތައް ހުޅުވައިދިނުން

ފާހަގަކޮށްލަން ޖެހޭ ގޮތުގައި އެމްޑީޕީގެ މެނިފެސްޓޯގައި ޔޫރަޕާއި އިނގިރޭސިވިލާތަށް ރާއްޖެއިން ބޭރުކުރާ މަހުން ނަގާ ޑިއުޓީ ކަނޑާލުން ވެސް ހިމަނާފައި ވެ އެވެ. މިއީ މި ދައުރުގެ ތެރޭގައި ކުރަން މަސައްކަތް ކުރަމުން އައިސް، އެކި ތާރީހުތައް ދިން ނަމަވެސް މިހާތަނަށް ނުވެފައި އޮތް ކަމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox