ހިޔާ ފްލެޓުތަކުގެ ފިނިޝިންގ އަށް ކުރި ހަރަދުގެ ބަދަލުދޭން މުއިއްޒު ވައުދުވެއްޖެ؛ އެއީ 1.35 ބިލިއަން ރުފިޔާ!

ހުޅުމާލޭގައި ރޭ ޕީޕީއެމް/ޕީއެންސީން ބޭއްވި ޖަލްސާގައި ޑރ. މުއިއްޒު ވާހަކަދައްކަނީ--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ހުޅުމާލޭގައި ރޭ ޕީޕީއެމް/ޕީއެންސީން ބޭއްވި ޖަލްސާގައި ޑރ. މުއިއްޒު ވާހަކަދައްކަނީ--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުރި އިރު އިމާރާތްކުރަން ފެށި ހިޔާ ފްލެޓުތަކުގެ ފިނިޝިން އަށް އާންމުން ކުރި ހަރަދު އަނބުރާ ދޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރޭ ހުޅުމާލެ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަދައްކަމުން މުއިއްޒު ވިދާޅުވީ ޕީޕީއެމްގެ ވެރިކަމުގައި ހިޔާ ފްލެޓު ދޭން ނިންމީ އެ ޔުނިޓުތަކުގެ ފިނިޝިން މަސައްކަތް އެއްކޮށް ނިންމާފައި ކަމަށާއި އެކަމަށް ބޭނުންވާ 46 މިލިއަން ޑޮލަރުގެ ލޯނުވެސް އޭރުގެ ސަރުކާރުން އޮތީ ހަމަޖައްސާފައި ކަމަށެވެ.

ނަމަވެސް މި ސަރުކާރުން އެ ހައުސިން ޔުނިޓުތައް ހަވާލުކުރީ ފިނިޝިންގެ އެއްވެސް މަސައްްކަތެއް ނުކޮށް ޔުނިޓުތައް ހުރިގޮތައް ކަމަށާއި އެކަމުގެ ބުރަ އުފުލަން ޖެހުނީ ރައްޔިތުންނަށް ކަމަށް ވިދާޅުވި އެވެ.

"އަދިވެސް އެންމެ ނިކަމެތި މީހުން އެބަތިއްބޭ ފްލެޓުގަނޑު ރަނގަޅަށް ނިންމާނުލެވިފަ. ތަޅުންމަތީ ތަރުފާލު އަޅައިގެން ނިދާ މީހުން އެބަތިއްބޭ އަދިވެސް" މުއިއްޒު ވިދާޅުވި އެެވެ.

މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ރައްޔިތުން އަތުން ދިޔަ ހަރަދުގެ އެވްރެޖް އަދަދު އަނބުރާ ދެއްވާނެ ކަމަށާއި ކޮންމެ ފްލެޓެއްގެ ބޭރުގައި އިތުރު ލިފްޓެއްވެސް ބަހައްޓާނެ ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި ފިނިޝިން އަށް ދިޔަ ހަރަދުގެ ބަދަލުގެ ގޮތުން ދޭނީ އެވްރެޖުކޮށް ކޮންމެ ޔުނިޓަކަށް 200،000ރ އެވެ. ހިޔާ މަޝްރޫއުގެ ދަށުން 6،720 ޔުނިޓު ހަދާފައިވާއިރު އެކަމަށް ޖުމްލަ 1.34 ބިލިއަން ރުފިޔާ ހަރަދުވާނެ އެވެ.

"ވަރަށް ސާފުކޮށް މި ދަންނަވަނީ އެވްރެޖް އަގެއް ދޭނަމޭ. ދޭނަމޭ މި ވިދާޅުވީ ރައްޔިތުން އަތުން ދެއްކި ހަރަދު އަނބުރާ ރިކަވާ ކުރެވޭ ގޮތް، ވީހާވެސް ރަނގަޅަކަށް ކުރެވޭނެ ގޮތް، އެވްރެޖް އަގެއްގައި. ބައެއް ބޭފުޅުން ވަރަށް އަގުބޮޑުކޮށް އެބަހުރި އެޕާޓްމެންޓްތައް ހަދާފައި، އެހެންވީމަ އެއްކޮށް ކަވާ ނުވެދާނޭ. އެހެން ނަމަވެސް އެވްރެޖް އަގެއް ކަނޑައެޅީމައި އޭރު އަޅުގަނޑުމެން ހެދި ހިސާބުން ބަލާނަމަ އެވްރެޖްކޮށް ދެލައްކަ ރުފިޔާ އެއީ. އެހެންވީމަ އެ އަނބުރާ ދޭނަމެ. ކޮސްޓުން ކަނޑައިދޭނަމޭ." ޑރ. މުއިއްޒު

ހައުސިން މިނިސްޓަރަކަށް މުއިއްޒު ހުންނަވައިގެން ފެށި ހިޔާ މަޝްރޫއުގެ އޮރިޖިނަލް ސްކޯޕްގެ ތެރޭގައި ފިނިޝިން މަސައްކަތް ނުހިމަނަ އެވެ. މުއިއްޒު އޭރު ވިދާޅުވި ގޮތުގައި ފްލެޓްތައް އަޅަން ހަވާލުކުރިއިރު ފިނިޝިން މަސައްކަތް ނުހިމެނީ، ހުރިހާ މަސައްކަތެއް ނިންމާފައި ހަވާލުކުރާ ފްލެޓްތަކަށް ވެރިފަރާތުން ގެންނަ ބަދަލުތަކުގެ ސަބަބުން ކޮންޓްރެކްޓަރާއި ޑިވެލޮޕަރާ މެދު ވެވޭ އެއްބަސްވުން ބާތިލުވާން މެދުވެރިވާތީ އެވެ.

އޭރުގެ ސަރުކާރާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ވިސްނީ އިތުރު ލޯނެއް ނަގައިގެން ފިނިޝިން މަސައްކަތް ނިންމާށެވެ. އަދި ސަރުކާރު ބަދަލުވީ ފަހުން މި ސަރުކާރުގައި ވެސް ފުރަތަމަ ގެންގުޅުނީ މި ވިސްނުމެވެ.

ނަމަވެސް އެކި ސަބަބުތަކާ ހުރެ އެޗްޑީސީއަށް މި ލޯނު ނުނެގި ގިނަ ދުވަސްވުމާއި ފްލެޓްތައް ހަވާލުކުރުން ލަސްވާ ކަމުގެ ޝަކުވާތަކާ ހެދި މި ސަރުކާރުން ނިންމީ އެ މަސައްކަތް ނުކޮށް ކުރިން އެއްބަސްވެވިފައި އޮތް މިންވަރަށް ނިންމައި ފްލެޓްތައް އަވަހަށް ހަވާލުކުރާށެވެ.

އަދި ފިނިޝިން އަށް ރައްޔިތުންގެ ކުރަންޖެހޭ ހޭދައަށް ލުއިދިނުމުގެ ގޮތުން ހިޔާ ފްލެޓް ތަޅުދަނޑި ހަވާލުކުރި ތާރީހުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތެއް ފިނިޝިން މަސައްކަތަށް ދީ އެ މުއްދަތުގައި ކުލި ނުނަގާ ގޮތަށްވެސް ހަމަޖެއްސި އެވެ. އޭގެ ފަހުން އަނެއްކާވެސް އިތުރު ތިން މަހަށް ކުލި ދައްކަން ނުޖެހޭ ގޮތަށް ރައީސް ސޯލިހު ވަނީ ހިޔާ ފްލެޓުގެ ވެރިންނަށް ލުއިދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox