ހުލާސާކޮށް އިއްޔެ: ރަނިންމޭޓަކަށް އަސްލަމް ހިޔާރު ކުރެއްވި ސަބަބު

Sep 7, 2023, 2:22 AM
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ރަނިންމޭޓު މުހައްމަދު އަސްލަމް. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ރަނިންމޭޓު މުހައްމަދު އަސްލަމް. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ރިޔާސީ ދެ ވަނަ ދައުރަކަށް ކުރިމަތިލައްވާއިރު, ރަނިންމޭޓު ކަމަށް, އެމްޑީޕީ ޕީޖީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް އިހުތިޔާރު ކުރެއްވި ސަބަބުތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވި އެވެ.

"އަދަދު" ނޫހުގެ އެތެރެފުށް ޕްރޮގްރާމުގައި ރައީސް ވިދާޅުވީ އަސްލަމަކީ މިވަގުތު ރާއްޖޭގައި ހުންނެވި ސިޔާސީ ގޮތުން އެންމެ ތަޖުރިބާ ހުރި އެއް ބޭފުޅާ ކަމަށެވެ. އަދި ބޮޑު ތާއިދެއް އޮތުމާއި އަސްލަމާއި ރައީސްއަކީ އެއް ކަހަލަ މިޒާޖެއް ހުންނަ ބޭފުޅަކަން ވުން ކަމަށް ފާހަގަކުރެއްވި އެވެ.

އަސްލަމަކީ މިވަގުތު ރާއްޖޭގައި ހުންނެވި ސިޔާސީ ގޮތުން އެންމެ އެކްސްޕީރިއެންސް ހުރި އެއް ބޭފުޅާ. ވޯޓާ ބޭސްއެއް އެބައޮތް. ރައްޔިތުންނާ އެކީގައި މަސައްކަތް ކުރެއްވޭނެ ބޭފުޅެއް. ގާތްގަނޑަކަށް އަޅުގަނޑު ކަހަލަ އެޓިޓިއުޑްއެއް އަސްލަމްގެ ހުންނަނީ.

އެމަނިކުފާނާ އެއްގޮތް ސިފަތަކެއް އަސްލަމްގެ ހުންނަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އަސްލަމަކީ ކޯފާ އިސް ނުކުރައްވައި, ކަންކަމުގައި މަޝްވަރާ ކުރައްވާ ބޭފުޅެއް ކަމަށެވެ. އަދި އެކަން އެންމެ ބޮޑަށް ފާހަގަކުރެވުނީ ރައީސް ވިދާޅުވި ގޮތުގައި ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރުކަމަށް ވަޑައިގެން ނިންމެވި ނިންމުންތަކުންނެވެ.

ރައީސް ވިދާޅުވީ އަސްލަމް ގާތުގައި ކަމެއް ކުރައްވަން އެދިވަޑައިގެންފިނަމަ, ނިންމުންތައް ނިންމަވަނީ ޕީޖީގެ މެންބަރުންނާ މަޝްވަރާ ކުރެއްވުމަށްފަހު, ވަރަށް ބޮޑަށް ބައްލަވާފައި ކަމަށެވެ. ހީ ނުކުރާފަދަ ނިންމުންތައް ރަނގަޅަށް ނިންމަވާފައި ހުރިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އަސްލަމް ޕީޖީ ގްރޫޕުގެ ލީޑަރުގެ ހައިސިއްޔަތުން ކުރެއްވި މަސައްކަތް ބަލައިގަންނަވާ ކަމަށެވެ.

ރައީސް ސޯލިހުގެ ރަނިންމޭޓު ހޮއްވެވުމަކީ އެމަނިކުފާނު ވިދާޅުވި ގޮތުގައި ނިންމަވަން ޖެހިވަޑައިގެންނެވި އުނދަގޫ ނިންމެވުމެކެވެ. އަދި ރަނިންމޭޓުކަމަށް އަސްލަމް އިހްތިޔާރު ކުރެއްވީ އެކަމަށް, މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމް ޝައުގުވެރިކަން ފާޅުކުރައްވާފައި ވަނިކޮށެވެ.

ފައިސަލްގެ ބަދަލުގައި އަސްލަމް އިހްތިޔާރު ކުރެއްވި ސަބަބަކަށް ރައީސް ހާމަކުރެއްވީ, އެމްޑީޕީގެ ކެންޑިޑޭޓަކާއި ރަނިންމޭޓަކު ވެރިކަން ހޯދަން މަސައްކަތް ކުރަން ޖެހުމެވެ.

މިއުޅެނީ ވެރިކަމަށް އަންނަން. އަޅުގަނޑު ބެލި އިރުގައި އެމްޑީޕީގެ ޕެއާއެއް ވެރިކަމަށް އާދެވޭތޯ މަސައްކަތް ކުރަންޖެހޭ. މިހާތަނަށް އަބަދުވެސް ރަނިންމޭޓެއް ހޯދަން މި ޖެހުނީ ކޮންމެވެސް އެހެން ޕާޓީއެއްގެ ތެރެއިން.

ރައީސްގެ ވާހަކަފުޅުގައި މިހާރު ނައިބު ރައީސް ކަމުގައި ހުންނެވި ފައިސަލްއަކީ ވަރަަށް ރަނގަޅަށް މަސައްކަތް ކުރައްވާ, ހިންގުންތެރި އަދި އިތުބާރު ކުރެވޭ ބޭފުޅެއް ކަމަށް ވެސް ވިދާޅުވި އެވެ.

އިތުރު ބައެއް ހަބަރު

ދުވަހުގެ ކޯޓޭޝަން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމް ޖަމާކޮށްދިން އެއް މިލިއަން ޑޮލަރަކީ ކުށުގެ ފައިސާކަން އެނގިވަޑައިނުގަންނަވާ ކަމަށާއި އެ ފައިސާ ދޮންނަން ނުވަތަ މަނީލޯންޑަކުރަން ވެގެން އެއްވެސް ކަމެއް ނުކުރައްވާ ކަމަށް ޔާމީން އިއްޔެ ވިދާޅުވި އެވެ.

ސިޔާސީ މަސައްކަތްތައް ކުރާތީ، އަޅުގަނޑަށް ހެޔޮ އެދޭ ފަރާތްތަކުން، ތާއީދުކުރާ އެކި ވިޔަފާރިވެރިން، އަބަދުވެސް އަޅުގަނޑަށް ބޮޑެތި އަދަދުތަކުން ފައިސާދޭ،"

ދުވަހުގެ ފޮޓޯ

އައްޑޫ އިއްޔެ ރައީސް ސޯލިހަށް މަރުހަބާ ކިޔުމަށް ނުކުތް މީހެއްގެ ފޯނުން، ރައީސް ސެލްފީއެއް ނަންގަވައި ދެއްވަނީ. -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު
އައްޑޫ އިއްޔެ ރައީސް ސޯލިހަށް މަރުހަބާ ކިޔުމަށް ނުކުތް މީހެއްގެ ފޯނުން، ރައީސް ސެލްފީއެއް ނަންގަވައި ދެއްވަނީ. -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

އައްޑޫ އިއްޔެ ރައީސް ސޯލިހަށް މަރުހަބާ ކިޔުމަށް ނުކުތް މީހެއްގެ ފޯނުން، ރައީސް ސެލްފީއެއް ނަންގަވައި ދެއްވަނީ. -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox