ބަދަލެއް ކޮންމެހެން ގެންނަން ޖެހިގެން ބަޔަކު މަސައްކަތްކުރާތަނެއް ނުފެނޭ: ރައީސް

އަދަދުގެ "އެތެރެފުށް" ޕްރޮގްރާމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އިންޓަވިއު ދެއްވަނީ. ފޮޓޯ: ރައީސް އޮފީސް

އަދަދުގެ "އެތެރެފުށް" ޕްރޮގްރާމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އިންޓަވިއު ދެއްވަނީ. ފޮޓޯ: ރައީސް އޮފީސް

ބަދަލެއް ގެންނަން ޖެހޭ ކަމަށް ގަބޫލުކޮށްގެން އެކަމަށް ބަަޔަކު ބުރަކޮށް މަސައްކަތްކުރާތަން ފެނިވަޑައިނުގަންނަވާ ކަމަށް ރައީސް އިބްރާހީމް ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އަދަދު ނޫހުގެ "އެތެރެފުށް" ޕްރޮގްރާމްގައި ރައީސް މިއަދު ވިދާޅުވީ ކުރިން (2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި) ގާތްގަނޑަކަށް ހުރިހާ އެންމެން ކޯލިޝަނެއް ހަދައިގެން މަސައްކަތްކުރީ އޭރު އޮތް ނާމާންކަމުން ސަލާމަތްވާން ކަމަށެވެ. އޭރު އެއީ ކޮންމެހެން ކޮށްލަން ޖެހޭ ވަރަށް ބޮޑު މަސައްކަތެއް ކަމަށް މީހުން ދުށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މިފަހަރު އަޅުގަނޑުމެންނަކަށް އެ މަންޒަރެއް އެގޮތަކަށް ނުފެނޭ. އެއްގޮތަކީ އަޅުގަނޑުމެންނަށް މި ގެނެވުނު ސުލްހަ، އަމާންކަން. ޕީސްފުލްކޮށް މީހުންނަށް އުޅެވޭކަން މީހުންނަށް އިހުސާސް ކުރެވޭ. އެހެންވީމަ، ކޮންމެހެން އަދި ކެންޑިޑޭޓުންތަކެއް ރަށަށް އެރިޔަސް، އަޔަސް، ވަޑައިގަތަސް އެ ފޯރީގައި ނުކުންނަން ބޭނުން ނުވަނީހެން ހީވަނީ،" ރައީސް ވިދާޅުވި އެވެ.

އޭރު އޮތް ނާމާންކަން ކަމަށް އެމަނިކުފާނު އެ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކާ މެދު ސަރުކާރުން އަމަލުކުރަމުން ގެންދިޔަ ގޮތަށެވެ.

ރައީސް ޔާމީނަށް ފާޑުވިދާޅުވާ ގާތްގަނޑަކަށް ހުރިހާ ބޭފުޅުންނާ ދެކޮޅަށް އެކިއެކި ދައުވާތައް އުފުލައި ބޮޑެތި ހުކުމްތައް ކުރި އިރު، އޭރުގެ އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އެގޮތަށް ހުކުމްތައް ކުރީ ޝަރުއީ ނިޒާމަށް ސަރުކާރުން ނުފޫޒު ފޯރުވައިގެންނެވެ.

ޔާމީނުގެ ވެރިކަމުގައި ޖަލުހުކުމް އައި ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ އޭރުގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހިމެނެ އެވެ.

ޔާމީނުގެ ވެރިކަމުގެ ވަކި ހިސާބަކުން އެމަނިކުފާނަށް ތާއީދުކުރުން ހުއްޓަވައިލައްވައި އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތް ކުރައްވަން ފެށްޓެވުމުން އެއްބަފާ ބޭބޭފުޅު، ކުރީގެ ރަައީސް މައުމޫނު އަބްދުލް ގައްޔޫމު ވެސް ޖަލަށް ލި އެވެ.

ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް މެޖޯރިޓީ އޮއްވައި، 12 މެމްބަރަކު އިދިކޮޅު ވުމުން، ގާނޫނަށް ގެނައި ބަދަލަކާ އެކު އެ މެމްބަރުންގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅައި އެކަން ތަންފީޒުކުރަން މަޖިލީހަށް ސިފައިން ވެސް އޭރު ވެއްދި އެވެ.

ސިޔާސީ ލީޑަރުން މިނިވަންކުރަން ސުޕްރީމްކޯޓުން ނެރުނު އަމުރަކާ އެކު އެކޯޓުގެ ފުރާޅުން ޓިނު ނަގައިގެން އުއްތަމަފަނޑިޔާރާއި އެހެން ފަނޑިޔާރަކު ހައްުޔަރު ކުރުމަކީ ވެސް އޭރު ހިނގި ހަމަނުޖެހުމެކެވެ.

އެފަދަ ކަންކަމާ ގުޅިގެން އޭރު އިދިކޮޅު ފަރާތްތަކުން ކޯލިޝަން ހަދައި މަސައްކަތް ކުރާން ފެށީ 'ބަދަލަކަށް އެދި' އެވެ. ރައީސް ވިދާޅުވީ މި އިންތިހާބާ ހަމައަށް އައިއިރު މި ވެރިކަމާމެދު އެފަދަ ވިސްނުމެއް އާންމު ރައްޔިތުން ގެންގުޅޭ ތަނެއް ނުފެންނަ ކަމަށެވެ. އޭރުގެ ހާލަތު ތަޖުރިބާ ކުރެވުނު ކޮންމެ މީހަކަށްވެސް މިހާރު މިއޮތް އަމާންކަމުގެ މުހިންމުކަން އިހުސާސު ކުރެވޭނޭކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox