ވެރިކަން ހިންގާ މާލޭގެ ޝީ ބިލްޑިންގު ކައިރި ހުރި މީހުން ދިރިނުއުޅޭ ގެއެއްގައި ރޯކޮށްލުމުގެ ތުހުމަތުގައި ފުލުހުން މިއަދު ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ރޯކޮށްލީ މ. ހައުސްޕްލާޒާ ގަ އެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.
އެތަނުގައި ރޯކޮށްލި ދެ މީހަކު ހައްޔަރުކުރިއިރު، މިއަދު ހެނދުނު ފިހާރައެއްގައި ވެސް ވަނީ ރޯވެފަ އެވެ.
ފުލުހުން ބުނީ ހައުސް ޕްލާޒާގައި ރޯވި މައްސަަލާގައި ހައްޔަރުކުރީ ދިވެހި ދެ ފިރިހެނުން ކަމަށާއި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.











