ކެމްޕޭން ފަހު ހަފުތާގައި ކެންޑިޑޭޓުންގެ ހަރަކާތްތަކާއި ދަތުރުތައް

އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރިޔާސީ އިންތިހާބަށް ދެން ބާކީ އޮތީ ފަސް ދުވަހެވެ. ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ މި އިންތިހާބުގެ ކެމްޕޭން އަންނަ ހުކުރު ދުވަހު އިރުއޮއްސި 6:00 އަށް ހަމަވާއިރު ހުރިހާ ކެންޑިޑޭޓުންވެސް ދަނީ ފަހު ފަސް ދުވަހަށް ވަރުގަދަ ހަރަކާތްތަކެއް ރާވަމުންނެވެ.

އެގޮތުން އާބާދީ ބޮޑެތި ސިޓީތަކަށް ބައެއް ކެންޑިޑޭޓުން ދަތުރުކުރައްވާއިރު ދެން ތިބި ކެންޑިޑޭޓުންގެ އެ ސިޓީތަކަށް ވަޑައިގަތުމުގެ ކުރިން ނުދެވި ހުރި އަތޮޅުތަކަށް ވަޑައިގަތުމަށް ވަނީ ދަތުރުތައް ރާއްވަވާފަ އެވެ.

ރިޔާސީ ކެމްޕޭނުގައި އެންމެ ގިނަ ރަށްރަށް މިހާތަނަށް ވަޑައިގެންފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު އެވެ. އެމަނިކުފާނު މިހާތަނަށް 137 ރަށަކަށް ވަޑައިގެންފި އެވެ. ރައީސް އަށްފަހު ޖޭޕީގެ ކެންޑިޑޭޓު ގާސިމް އިބްރާހިމް، ޑިމޮކްރެޓުންގެ ކެންޑިޑޭޓު އިލްޔާސް ލަބީބު، އަދި ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ގިނަ އަތޮޅުތަކަށް ވަޑައިގެންފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު - އެމްޑީޕީ

އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެމްޕޭނުގައި ރައީސް ސޯލިހު މިއަދު ވަޑައިގަންނަވާނީ ހދ. އަތޮގެ ރަށްތަކަށެވެ. މި ދަތުރު މިއަދާއި މާދަމާ ކުރިއަށްދާއިރު ޖުމްލަ 13 ރަށަކަށް ވަޑައިގަންނަވާނެ އެވެ.

ސެޕްޓެމްބަރު 3

  • ހދ. ނޮޅިވަރަންފަރު
  • ހދ. ނޮޅިވަރަމު
  • ހދ. ހިރިމަރަދޫ
  • ހދ. ފިނޭ
  • ހދ. ނެއްލައިދޫ
  • ހދ. ނާވައިދޫ
  • ހދ. މަކުނުދޫ

ސެޕްޓެމްބަރު 4

  • ހދ. ކުމުންދޫ
  • ހދ. ނޭކުރެންދޫ
  • ހދ. ވައިކަރަދޫ
  • ހދ. ކުރިނބި
  • ކުޅުދުއްފުށި ސިޓީ

ހދ. އަތޮޅުގެ ދަތުރަށްފަހު ރައީސް ދެން ވަޑައިގަންނަވާނީ ރ. އަތޮޅުން މިހާތަނަށް ވަޑައިނުގެންނެވި ހުރި ރަށްތަކަށެވެ. ރައީސް ރ. އަތޮޅަށް ވަޑައިގަންނަވާނީ މާދަމާ އެވެ.

ސެޕްޓެމްބަރު 5

  • ރ. މާކުރަތު
  • ރ. އުނގޫފާރު
  • ރ. ރަސްގެތީމު
  • ރ. އަނގޮޅިތީމު
  • ރ. ވާދޫ
  • ރ. އަލިފުށި

މި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގަންނަވާނީ މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ އެވެ. އެމްޑީޕީގެ ކެމްޕޭނު އޮފީހުން މައުލޫމާތު ދިން ގޮތުގައި ހަ ވަނަ ދުވަހު ރައީސް ހުންނަވާނީ މާލޭގަ އެވެ. އެއަށްފަހު އެމަނިކުފާނު ކެމްޕޭނުގެ ފަހު ދަތުރެއްގެ ގޮތުން މި މަހު ހަތް ވަނަ ދުވަހު ވަޑައިގަންނަވާނީ އައްޑޫ ސިޓީ އަށެވެ. އައްޑޫ ސިޓީ އަކީ މި އިންތިހާބުގައި ދެވަނަ އަށް ވޯޓުލެވޭ އާބާދީ އެންމެ ބޮޑު ސިޓީ އެވެ.

ޑރ. މުހައްމަދު މުއިއްޒު - ޕީއެންސީ

ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުއިއްޒު މިހާރު ހުންނެވީ ތ. އަތޮޅުގަ އެވެ. ޕީޕީއެމް/ޕީއެންސީ ކެމްޕޭނުން މައުލޫމާތު ދޭ ގޮތުގައި މިއަދު ފެއްޓެވި މި ދަތުރުފުޅުގައި މުއިއްޒު ތ އަތޮޅު، ލ އަތޮޅު، އއ އަތޮޅު، އދ އަތޮޅު، ކ އަތޮޅުގެ ރަށްތަކަށާއި އައްޑޫ ސިޓީއަށް ވަޑައިގަންނަވާނެ އެވެ.

ސެޕްޓެމްބަރު 3

  • ތ. ތިމަރަފުށި
  • ތ. ވޭމަންޑޫ
  • ތ. ހިރިލަންދޫ
  • ތ. ވިލުފުށި
  • ތ. ގުރައިދޫ
  • ލ. މާވަށް
  • ލ. ހިތަދޫ
  • ލ. މާއެނބޫދޫ
  • ލ. ފޮނަދޫ
  • ލ. ގަން

ސެޕްޓެމްބަރު 4

  • ލ. މާބައިދޫ
  • ލ. އިސްދޫ
  • އއ. ތޮއްޑޫ
  • އއ. ރަސްދޫ
  • އއ. މަތިވެރި
  • އދ. މާމިގިލި
  • އދ. މަހިބަދޫ

ސެޕްޓެމްބަރު 5

  • ކ. ކާށިދޫ
  • ކ. ގާފަރު
  • ކ. ތުލުސްދޫ
  • އައްޑޫ ސިޓީ

ރިޔާސީ ކެމްޕޭނުގައި މުއިއްޒު އައްޑޫ ސިޓީއަށް ވަޑައިގަތުމަށްފަހު ފަސްވަނަ ދުވަހުގެ ރޭ އެނބުރި މާލެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ދުވަހަށް ފަހު ދަތުރުތަކާއި ޕްރޮގްރާމްތައް ހުރި ގޮތުގެ އިތުރު ތަފުސީލެއް ކެމްޕޭނު އޮފީހުން އަދި ދީފައެއް ނުވެ އެވެ.

ގާސިމް އިބްރާހިމް - ޖޭޕީ

ރިޔާސީ ކެމްޕޭނުގައި ޖޭޕީގެ ކެންޑިޑޭޓު މިއަދު ވަޑައިގަންނަވާނީ އައްޑޫ ސިޓީ އަށެވެ. އެއަށްފަހު މާދަމާ ފުވައްމުލަކު ސިޓީއަށް ވަޑައިގަންނަވާނެ ކަމަށް ޖޭޕީގެ ކެމްޕޭނުން ވަނީ ބުނެފަ އެވެ. އޭގެ ފަހުން ފަސް ވަނަ ދުވަހު ގއ، ގދ އަށް އަދި ހަ ވަނަ ދުވަހު ލ އަށް ގާސިމް ވަޑައިގަންނަވާނެ އެވެ.

އެއަށްފަހު މާލެ ވަޑައިގަތުމަށްފަހު ގާސިމް ކެމްޕޭނުގައި ވަޑައިގަންނަވަނީ ހއ. އަތޮޅަށެވެ. ގާސިމްގެ ރިޔާސީ ކެމްޕޭނުގެ ފަހު ދަތުރަކަށްވެގެންދާނީ މި ދަތުރެވެ.

އިލްޔާސް ލަބީބު - ޑިމޮކްރެޓްސް

ރިޔާސީ ކެމްޕޭނުގައި ޑިމޮކްރެޓުންގެ ކެންޑިޑޭޓު އިލްޔާސް ލަބީބު މާދަމާ ވަޑައިގަންނަވާނީ ބ. އަތޮޅަށެވެ. އެއަށްފަހު ފަސްވަނަ ދުވަހު ޅ. އަތޮޅަށް އަދި ހަ ވަނަ ދުވަހު ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އެ ޕާޓީގެ ކެމްޕޭނުން ވަނީ ބުނެފަ އެވެ.

އިލްޔާސްގެ އިތުރުން ރަނިން މޭޓު ހުސެއިން އަމްރު އަދި ޕާޓީ ހިންގުމުގައި އިސްކޮށް އުޅުއްވާ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް އެކި ރަށްރަށް ވަކިން ވަޑައިގެން ކެމްޕޭން ކުރައްވަމުން ގެންދަވަ އެވެ.

ރިޔާސީ ކެމްޕޭން ނިންމުން ހުކުރު ދުވަހު އޮންނައިރު، އެ ދުވަހު ހުރިހާ ކެންޑިޑޭޓުންވެސް މާލޭގައި ކެމްޕޭން ނިންމުމުގެ ހިނގާލުން ބާއްވާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox