އެމްޑީޕީގެ ފިކުރު ބަދަލެއް ނުވޭ، ވަކިވީ ވަންހަނާ ފިކުރެއް: އަސްލަމް

މިރޭގެ ޖަލްސާގައި ހިތަދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީއާއި ގުޅިފައިވާ ޕާޓީތަކުގެ ރަނިންމޭޓު، މުހައްމަދު އަސްލަމް ވާހަކަދައްކަވަނީ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މިރޭގެ ޖަލްސާގައި ހިތަދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީއާއި ގުޅިފައިވާ ޕާޓީތަކުގެ ރަނިންމޭޓު، މުހައްމަދު އަސްލަމް ވާހަކަދައްކަވަނީ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އެމްޑީޕީ އުފެދިގެން އައީ ރައްޔިތުންނަށް ހިދުމަތް ކޮށްދޭން ކަމަށާއި އެ ފިކުރަށް އަދިވެސް ބަދަލެއް ނާންނަ ކަމަށް ވިދާޅުވެ އެމްޑީޕީއާއި ގުޅިފައިވާ ޕާޓީތަކުގެ ރަނިން މޭޓު، މުހައްމަދު އަސްލަމް ސަރުކާރުގެ ހިދުމަތްތައް އަދަދުތަކުން ކިޔައިދެއްވައިފި އެވެ.

މާލޭ ކާނިވާ ސަރަހައްދުގައި ރޭ ކުރިއަށްދާ ބޮޑު ޖަލްސާގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ އެމްޑީޕީ އުފެދިގެން އައީ މި ރާއްޖެ ބަދަލުކޮށް މި ރާއްޖެއަށް ހެޔޮ ގޮތް ހޯދައިދީ ދިވެހި ރައްޔިތުންނަށް އުފާވެރިކަމާއި އަމާންކަން ހޯދައިދޭން ކަމަށެވެ. އަދި މި ސަރުކާރުން ކޮށްދެމުން ގެންދަނީ އެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ފިކުރަށް ބަދަލެއް ނާންނަކަން ފާހަގަ ކުރައްވައި އަސްލަމް ވިދާޅުވީ ބަދަލުވެގެން ދުރުވެގެން ދިޔައީ ވަންހަނާވެފައިވާ ފިކުރެއް ކަމަށެވެ. އަދި އެއީ އެމްޑީޕީން ދަންނަ ފިކުރެއް ނޫން ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

Advertisement

އެއަށްފަހު އަސްލަމް ވަނީ ކެމްޕޭނުގައި ރާއްޖޭގެ އެކި ކަންކޮޅަށް ކުރި ދަތުރުތަކުގައި މި ސަރުކާރުން ހިންގާފައިވާ މަޝްރޫއުތަކާއި ކޮށްދީފައި ހުރި ކަންކަން ފެނި ސަރުކާރުގެ ހިދުމަތް އިހުސާސް ކުރެވުނުކަން ފާހަގަކުރައްވައި ވަކިވަކީން އަދަދުތަކުން އެ ވާހަކަތައް ހިއްސާ ކުރައްވައިފަ އެވެ.

"141 ރަށުގައި ފެނާއި ނަރުދަމާ ގާއިމު ކުރެވިއްޖެ، 135 ރަށުގައި އާ އިންޖީނުގެ އަޅައި ނުވަތަ އިންޖީނުގެ އަޕްގުރޭޑު ކުރެވިއްޖެ، 1578 ކުލާސް ރޫމް އެޅިއްޖެ، 85 މަލްޓި ޕާޕަސް ހޯލު އެޅިއްޖެ، 127 ރަށަށް އެމްބިއުލަންސް ފޯރުކޮށްދެވިއްޖެ، 41 ރަށުގައި ފުޓުބޯޅާ ދަނޑު އެޅިއްޖެ، 70 ރަށުގައި ފުޓުސެލް ދަނޑު އެޅިއްޖެ، 35 ރަށުގައި ވޮލީ ކޯޓު އެޅިއްޖެލ މިހެން ގޮސް މި ލިސްޓު ވެސް އިންތިހާއަށް ދިގު" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އުމްރާނީ ތަރައްގީގައި ވެސް ރާއްޖެ މީގެ ކުރިން ދުވަހަކު ވެސް ނުދެކޭ ވަރުގެ ތަރައްގީ އެމްޑީޕީގެ މި ސަރުކާރުން ރައީސް ސޯލިހު ވަނީ ގެނެސްދީފައި ކަމަށެވެ. އަދި އެކަން ރައްޔިތުން ހެޔޮ ހިތުން ބަލައިގަނެފައިވާ ކަން ރާއްޖޭގެ އުތުރާއި ދެކުނުން ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އަސްލަމްގެ ވާހަކައިގައި އޭނާ ވަނީ ކުރީގެ ރައީސް ނަޝީދުއަށް ވެސް ނުސީދާކޮށް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވައިފަ އެވެ. އެގޮތުން އޭނާ ވިދާޅުވީ ރާއްޖެއަށް ކުރިމަތިވެފައި އޮތް ތިމާވެށީގެ އެންމެ ބޮޑު މައްސަލައަކީ ކުނި މެނޭޖު ކުރުމުގެ މައްސަލަ ކަމަށާއި މީގެ ކުރީގެ ސަރުކާރުތަކުގައި "ބައެއް" ބޭބޭފުޅުން ތިމާވެށީގެ ވަރަށް ބޮޑެތި މީހުންނަށް ވެވަޑައިގެން އުޅުއްވި ކަމަށެވެ. ނަމަވެސް އެކަން ވެސް ހައްލު ކޮށްދެއްވާފައި ވަނީ މިސަރުކާރުގައި ކަމަށް އަސްލަމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކަށް ނުފެނޭ ރައީސް ސޯލިހު ކޯޓު ލައްވާފައި ކަނޑު އަޑީގައި ހުންނަވާ ތަނެއް، މިކަހަލަ މަންޒަރުތަކެއް ނޫން ފެންނަނީކީ، ފެންނަނީ މިއިން އެއްވެސް ވާހަކައެއް ނުދައްކައި މިއިން އެއްވެސް ފޮޓޯއެއް ނުނަންގަވައި ކަން ކުރައްވާތަން މި ފެންނަނީ، ތިމާވެށި ހިމާޔަތް ކޮށްދެއްވާ ތަން މި ފެންނަނީ،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުގެ އިސްވެރިން އިލްމުވެރިންގެ ގުޅުމުން ވަކިވެއްޖެ

އިލްމުވެރިންގެ ގުޅުމުން ބުނެފައިވަނީ މި މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ގެންދިއުމަކީ އިސްލާމީ ހަމަތަކާ ޚިލާފު ކަމެއް ކަމަށާއި، އެހެންކަމުން ސަރުކާރުން މި މަޝްރޫއު އަލުން މުރާޖައާ ކުރަންޖެހޭ ކަމަށެވެ.

ދިދައިގެ ކުލަތައް ވަކިވާނަމަ ރަސްމާލެ ދޫކޮށްނުލާނެ: އިމްރާން

މި މަޝްރޫއާ ދެކޮޅަށް އުފެއްދި ގައުމީ ހަރަކާތުގައި ސިޔާސީ އިސް ބޭފުޅުންނާއި އިލްމުވެރިން ބައިވެރިވާކަން ފާހަގަކުރައްވައި، ގައުމީ ކަންކަމުގައި އިލްމުވެރިން މިއަށްވުރެ ބޮޑަށް އިސްނެންގެވުމަށް އޭނާ ގޮވާލެއްވިއެވެ.

ގާނޫނުތައް ވެސް ހަދަނީ އީގަލް ހިލްސްއިން އަންގާ ގޮތަށް: ޒިޔާދު

ރަސްމާލޭގައި އީގަލް ހިލްސްގެ މަޝްރޫއު ފެށުމުން ރާއްޖޭގެ ގާނޫނުތައް ހަދަން ޖެހޭނީ އެ ކުންފުނިން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވެ މެންބަރު ޒިޔާދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ. މި މަޝްރޫއުގެ ސަބަބުން ބޭރުގެ މުއްސަނދިން ރާއްޖޭގައި ވަޒަންވެރިވެ، ދިވެހިންގެ ދީނީ އަދި އިޖުތިމާއީ އުސޫލުތަކަށް ނުފޫޒު ފޯރުވާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

މީކާއީލްގެ މި ވާހަކަތައް ޕީއެންސީއަށް ހަޖަމެއް ނުވި!

މަޖިލިސް މެންބަރުންގެ އިނާޔަތްތައް ކަނޑާލުމަށް ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައި، މިހާރުގެ މަޖިލީހަކީ ރައީސް އޮފީހުގެ ގޮފިގަނޑެއްގެ ގޮތުގައި ސިފަކުރައްވައި މެންބަރު މީކާއިލް ސަރުކާރު ހިންގާ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މީކާއިލް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ މަސައްކަތްތައް ދަށްވުމުގެ ސަބަބުން މެންބަރުންނަށް ދޭ މުސާރައާއި އިނާޔަތްތަކާމެދު ރައްޔިތުންގެ މެދުގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

ދިރުވާލައިގެން ޑްރަގު އެތެރެކުރި ނޭޕާލްގެ 2 މީހަކު އަތުލައިގަނެފި

ދިރުވާލައިގެން ރާއްޖެއަށް އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނޭޕާލްގެ ދެ މީހަކު ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. މި މީހުންގެ ހަށިގަނޑުން މަސްތުވާތަކެތި އެކުލެވޭ 142 ބުލެޓް ފެނިފައިވާއިރު، އޭގެ ތެރޭގައި ހެރޮއިން، ކޮކެއިން އަދި މޯފިން ހިމެނެއެވެ.

ވ. ތިނަދޫ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރަނީ ޝުޖާއު

ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނީ އެ މަގާމުގައި ކުރިން ހުންނެވި ޝުޖާއު އަލީ. އޭނާގެ ގޮނޑި ގެއްލުނީ އިންތިހާބުވި ޕާޓީ ބަދަލުކުރުމާ ގުޅިގެން ކަމަށްވާއިރު، މިފަހަރުގެ ޓިކެޓް އޭނާއަށް ކަށަވަރުވީ އިތުރު މީހަކު ކުރިމަތިނުލުމުން.

ޕީއެންސީ މެންބަރުންނަކީ "ބޮޓުން" ކަމަށް ވިދާޅުވުމުން ހުއްޓުވައިފި

މީކާއިލް ވިދާޅުވީ މެންބަރުންގެ އިނާޔަތްތަކުގެ ވާހަކަ ރައްޔިތުން ދައްކަނީ މެންބަރުންގެ އަމަލުތައް ހުންނަ ގޮތުން ކަމަށާއި، ނަމަވެސް ރިޔާސަތުން ވަނީ މެންބަރުންނަށް އިހާނެތިވާނެހެން ވާހަކަ ނުދެއްކޭނެ ކަމަށް އަންގަވާފަ.

Newsletter

Get the latest news delivered straight to your inbox