ރައީސްގެ ބަހުގެ ހަމަލާ މުއިއްޒުއަށް: މާލޭގެ މަގުތައް ވިއްކައިގެން ކެމްޕޭން ކުރަން ފުރުސަތެއް ނޯންނާނެ

މިރޭގެ ޖަލްސާގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ. މުއިއްޒުއަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވި --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

މިރޭގެ ޖަލްސާގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ. މުއިއްޒުއަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވި --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

މާލޭގެ މަގުތައް ޕާކިން ޒޯނުތަކުގެ ގޮތުގައި ވިއްކައިގެން ކެމްޕޭން ކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށް ވިދާޅުވެ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބަހުގެ ވަރުގަދަ ހަމަލާއެއް އަމާޒުކުރައްވައިފި އެވެ.

މިރޭ ކާނިވާ ސަރަހައްދުގައި އެތައް ހާސް ސަޕޯޓަރުންނާ އެކު ބޭއްވި ޖަލްްސާގައި ރައީސް ވަނީ އެ ސަރަހައްދުން ސިޓީ ކައުންސިލުން ވިއްކާފައިވާ ޕާކިން ސްލޮޓްތަކަށް އިޝާރާތް ކުރައްވައި އެކަންކަން އެމްޑީޕީގެ ދެެން އަންނަ ސަރުކާރެއްގައި ރަނގަޅު ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އެމަނިކުފާނު އެ ވިދާޅުވީ މުއިއްޒުގެ މޭޔަރު ކަމުގައި މާލޭގެ އެކި މަގުތަކުން ވިއްކާފައިވާ ޕާކިން ސްލޮޓްތަކަށެވެ.

"އަޅުގަނޑުމެންގެ ސިޔާސަތަކީ މަގުތައް ހުސްކޮށް ޕާކިންއަށް ވަކި ސަރަހައްދުތަކެއް ކަނޑައެޅުން. މިހެންނެއް މާލޭގެ މަގުތައް ވިއްކައިގެން ކެމްޕޭން ކުރުމުގެ ފުރުސަތެއް ނޯންނާނެ," އެތަނުން ވިއްކާފައިވާ ޕާކިން ސްލޮޓްތަކަށް އިޝާރާތް ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގެ ބައިވެރިން، "އިބޫ 2023" ޖަހާފައި ބޯޑުތައް ދައްކާލަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
މިރޭގެ ޖަލްސާގެ ބައިވެރިން، "އިބޫ 2023" ޖަހާފައި ބޯޑުތައް ދައްކާލަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މިރޭގެ ޖަލްސާގެ ބައިވެރިން، "އިބޫ 2023" ޖަހާފައި ބޯޑުތައް ދައްކާލަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ޕާކިން އަށް ނަގާފައިވާ ގޮޅިތައް ނަގައި ފަސޭހައިން ހިނގޭނެ ތަނަކަށް މާލެ ހަދައިދޭނެ ކަމަށް ރައީސް ސޯލިހު ވައުދުވެވަޑައިގެންނެވި އެވެ.

"ކުރިއަށް އޮތް ތަނުގައި ވެސް އެކަކު ވެސް ބާކީނުކުރާނަން. އެންމެ ރަށެއް ވެސް ބާކީ ނުކުރާނަން. ތަފާތެއް ނުކުރާނަން. އެތައް ދަތި އުނދަގުލެއް ތެރެއިން އައިސް އަޅުގަނޑުމެން ހޯދަން މި އުޅެނީ އުފާވެރި އަމާން ރާއްޖެއެއް,"

ލޯންޗުގައި ބާރު ސްޕީޑުގައި ދުއްވާފައި ގޮސް ބަނދަރަށް ފައިބައި ކާރުގައި ތަންތަނަށް ދާ މީހުންނަށް ރައްޔިތުންގެ ހާލު ނޭނގޭނެ ކަމަށް ވިދާޅުވެ އެމަނިކުފާނުގެ ވާދަވެރިންނަށް ބަހުގެ ހޫނު ހަމަލާއެއް ދެއްވި އެވެ.

"ކަރަންޓު ނެތިގެން ފުޅި ބައްތި ދިއްލައިގެން ރައްޔިތުން އުޅޭ ހާލު ނޭނގޭނެ އެކަން ތަހައްމަލް ނުކުރާ ބަޔަކަށް. އެކަން އެންމެ ރަނގަޅަށް އެނގޭނީ އަޅުގަނޑުމެންނަށް. އެހެންވެ ރަށްރަށުގެ ކަރަންޓުގެ ހިދުމަތް އަޅުގަނޑުމެން ރަނގަޅު މިކޮށްދެނީ," ވަރަށް ޖޯޝުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox