ރައީސްގެ މެނިފެސްޓޯ: ސިނަމާލެ ބްރިޖަށް ދެ ލޭން އިތުރުކޮށް ރޭލު ތައާރަފު ކުރަނީ

ސިނަމާލެ ބްރިޖް؛ ބްރިޖަށް ދެ ލޭން އިތުރުކޮށް ރެއިލް ދުއްވޭ ގޮތް ހަދަން ރައީސްގެ މެނިފެސްޓޯގައި ވައުދުވެފައިވޭ - ފޮޓޯ: އަދަދު ފައިލް

ސިނަމާލެ ބްރިޖް؛ ބްރިޖަށް ދެ ލޭން އިތުރުކޮށް ރެއިލް ދުއްވޭ ގޮތް ހަދަން ރައީސްގެ މެނިފެސްޓޯގައި ވައުދުވެފައިވޭ - ފޮޓޯ: އަދަދު ފައިލް

ސިނަމާލެ ބްރިޖަށް ދެ ލޭން އިތުރުކޮށް، ލައިޓް ރޭލް ތައާރަފު ކުރުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ "އުފާވެރި މާލެ" މެނިފެސްޓޯގައި ހިމަނައިފި އެވެ.

މިރޭ ލޯންޗުކުރި "އުފާވެރި މާލެ" މެނިފެސްޓޯގައި ތޮއްޖެހިފައިވާ މާލޭގެ މަގުތަކުގެ ކާރޫބާރޫ ކުޑަކުރުމަށް ސިޔާސަތުތަކާއި މަޝްރޫއުތަކެއް ހިމަނާފައިވެ އެވެ.

"ކާރޫބާރޫ ބޮޑު މަގުތަކުން މިންޖުވުން" ސުރުހީގެ ދަށުން ހިމަނާފައިވާ ސިޔާސަތުތަކުގެ ތެރޭގައި ބްރިޖަށް ދެ ލޭން އިތުރުކުރުމާއި ރޭލް ތައާރަފުކޮށް މުޅި މާލެ ސަރަހައްދަށް ރޭލްގެ ހިދުމަތް ފުޅާކުރުމަށް ހިމަނާފައިވެ އެވެ. އެއީ މާލެ، ހުޅުލެ، ހުޅުމާލެ، އަދި ވިލިމާލެ އާއި ގުޅިފަޅު، ތިލަފުށީ އަދި ގިރާވަރެވެ.

މާލެ ވެހިކަލްތަކުން ފުރިބާރުވަމުން ދާއިރު، އެމްޑީޕީން މިރޭ ތައާރަފުކުރި މެނިފެސްޓޯގައި އުޅަނދުތައް ލިމިޓުކުރަން ކަނޑައަޅާފައިވެ އެވެ. މި ބަދަލުގެ އިތުރުން އިނގާ މީހުންނަށް އިސްކަން ދީގެން ބައެއް މަގުތަކަށް ބަދަލު ގެނައުން ވެސް މެނިފެސްޓޯގައިވެ އެވެ.

ކާރޫބާރޫ ކުޑަކުރަން ހިމަނާފައިވާ އިތުރު ވައުދުތައް

  • ގްރޭޓާ މާލެ މަގުތައް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓް ކުރިއަށް ގެންދިއުން
  • މާލެ ސަރަހައްދުގައި ވެހިކަލް ފޭސްއައުޓް ކުރުމަށް މާސްޓަ ޕްލޭނެއް ތައްޔާރުކުރުން
  • ގްރޭޓާ މާލޭގައި ޒަމާނީ ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމެއް ތައާރަފުކުރުން
  • ސްކޫލް ދަރިވަރުންނަށް ހާއްސަ ސްކޫލް ބަސް ތައާރަފު ކުރުން
  • ދުވަސްވީ ވެހިކަލް މަދުކުރަން އުޅަނދުގެ ވެރިފަރާތް ކަށަވަރުކޮށް، ޕަބްލިކް ޓްރާންސްޕޯޓަށް ރިބޭޓް ނިޒާމެއް ގެނައުން
  • ހަތަރު ފުރޮޅުލީ ވެހިކަލްތަކަށް ހާއްސަ ޕާކިން ފެސިލިޓީ، އަދި މޮޓޯ ވެހިކަލްތަކަށް ނެއިބާހުޑް ޕާކިން ތައާރަފުކޮށް މަގުމަތިން ޕާކިން ހުސްކޮށްލުން
  • ޓްރެފިކް އެންފޯސްމަންޓް ޓެކްނޮލޮޖީ ބޭނުންކުރާ މިންވަރު އިތުރުކުރުން

ލާމަރުކަޒީ ގާނޫނު ބުނާ ގޮތުން އެ ސަރަހައްދެއްގެ ވެހިކަލް ކެޕް ކަނޑައެޅުމުގެ ބާރު އޮންނަނީ ކައުންސިލަށެވެ. މާލެ ސިޓީ ކައުންސިލަށް ވެހިކަލް ކެޕް ކަނޑަނޭޅި ލަސްވަމުންދާއިރު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވެސް ޕީއެންސީގެ ޓިކެޓުގައި މި ރިޔާސީ އިންތިހާބުގައި ވާދަކުރައްވަ އެވެ.

ސިނަމާލެ ބްރިޖަށް އިތުރު ދެ ލޭން ހަދަން މެނިފެސްޓޯގައި ހިމެނޭއިރު، މާލޭން ހުޅަނގަށް އޮތް ވިލިމާލެއާއި ގުޅީފަޅާއި ތިލަފުށި ގުޅުވައިދޭ ބްރިޖުގެ މަޝްރޫއު ކުރިއަށް އެބަ ދެ އެވެ. މި މަޝްރޫއަކީ އިންޑިއާ އެގްޒިމް ބޭންކުގެ 400 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއާއި އިންޑިއާ ސަރުކާރުން ދިން 100 މިލިއަން ޑޮލަރުގެ ހިލޭ އެހީން ހިންގާ ޕްރޮޖެކްޓެކެވެ.

ތިލަފުށިން ހުޅަނގަށް އޮންނަ ގިރާވަރު ފަޅު ވެސް ހިއްކި އިރު ވަކި މަޝްރޫއެއް ގޮތަށް އެ ދެމެދު ވެސް ބްރިޖު އެލުމަށް ސަރުކާރުން ނިންމާފައިވެ އެވެ.

ދިގުމިނުގައި 1.39 ކިލޯމީޓަރުގެ ސިނަމާލެ ބްރިޖަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި 200 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެކެވެ. އެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox