ކަދުރު ރުއްތަކުގައި ދަމާފައި ހުރި ބެނާތައް ސިޓީ ކައުންސިލުން ނަގައިފި

Aug 31, 2023, 7:21 PM
ބޮޑު ތަކުރުފާނުގެ މަގުގައި ހުރި ކަދުރު ރުއްތަކުގައި ދަމާފައި ހުރި އެމްޑީޕީގެ ބެނާއެއް ސިޓީ ކައުންސިލްގެ މުވައްޒަފަކު ނަގަނީ. -- ފޮޓޯ: ސިޓީ ކައުންސިލް

ބޮޑު ތަކުރުފާނުގެ މަގުގައި ހުރި ކަދުރު ރުއްތަކުގައި ދަމާފައި ހުރި އެމްޑީޕީގެ ބެނާއެއް ސިޓީ ކައުންސިލްގެ މުވައްޒަފަކު ނަގަނީ. -- ފޮޓޯ: ސިޓީ ކައުންސިލް

ބޮޑުތަކުރުފާނު މަގުގައި އިންދާފައި ހުރި ކަދުރު ރުއްތަކުގައި ދަމާފައި ހުރި ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭނު ބެނާތައް ސިޓީ ކައުންސިލުން ނަގައިފި އެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ މާލޭ ސިޓީގެ މޭޔަރު އަދި ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ބެނާތައް ރުއްތަކުގައި ހަރުކޮށްފައެއް ނެތެވެ. އެ ރުއްތަކުގައި އެންމެ ފުރަތަމަ ހަރުކޮށްފައި ހުރީ އެމްޑީޕީގެ ބެނާއެވެ. އެއަށް ފަހު އެހެން ބައެއް ކެންޑިޑޭޓުންގެ ބެނާ ވެސް ދެމި އެވެ.

ރުއްތަކަށް ގެއްލުންވާ ކަމަށް ބުނެ ބެނާތައް ނެގުމަށް މި މަހުގެ 24 ވަނަ ދުވަހު ސިޓީ ކައުންސިލުން އިއުލާނު ކުރި އެވެ. އެހެންވެ، އެ ފޮތިތައް ނެގުމަށް މިރޭ ސިޓީ ކައުންސިލުގެ މުވައްޒަފުން ހަރަކާތްތެރި ވަމުންނެވެ.

"ކަދުރު ރުއްތަކަށް ވާންކޮށްފައި އެއްވެސް ބެނާއެއް ހަރު ނުކުރުމަށްވެސް އެ އިޢުލާނުގައި ވާނީ ދަންނަވާފައެވެ. އެހެންކަމުން މި ބެނާތައް މާލެސިޓީ ކައުންސިލްގެ ޓީމުން ވަނީ ނަގާފަ އެވެ," ސިޓީ ކައުންސިލްގެ ޓްވީޓުގައިވެ އެވެ.

ކެމްޕޭން ބެނާ އަދި ދިދަ ދެމުމަށް ނަގަން ޖެހޭ ހުއްދަ ނެގުމަށް ސިޓީ ކައުންސިލުން އެދިފައި ވެއެވެ. އެ ކައުންސިލުން ބުނީ ބެނާ އަދި ދިދަ ދެމުމުގެ ހުއްދަ ދެވޭނީ ހޮޅިދަނޑިތަކުގައި އެކަނި ކަމަށެވެ. ބައެއް ކެންޑިޑޭޓުންގެ ދިދަފަތި މަޖީދީ މަގުގައި ދެމުމަށް ޕޭވްމެންޓު މައްޗަށް ވަނީ ދަގަނޑު ހޮޅި ޖަހައިފަ އެވެ

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox