މާލޭގައި "ސްޕިރިޗުއަލް ހީލިން" ކްލާސްތަކެއް ހިންގަން އުޅުނު ހިންދޫ ފާދިރީ ހައްޔަރުކޮށްފި

އޭނާ ހުރި ހޮޓަލުން ނެރެގެން ފުލުހުން ގެންދަނީ --- ފޮޓޯ: ސޯޝަލް މީޑިއާ

އޭނާ ހުރި ހޮޓަލުން ނެރެގެން ފުލުހުން ގެންދަނީ --- ފޮޓޯ: ސޯޝަލް މީޑިއާ

ހިންދޫ ދީނުގެ ފާދިރީއަކު މާލޭގައި "ސްޕިރިޗުއަލް ހީލިން" ކްލާސްތަކެއް ބާއްވަން އިސްތިހާރު ކޮށް އެފަދަ ކްލާސްތަކެއް ހިންގަން އުޅުމުން އޭނާ ހައްޔަރުކޮށްފި އެވެ.

ޑރ. ގަނޭޝް ޑުބޭ ނަމަކަށް ކިޔާ ހިންދޫ ފާދިރީއަކު މި މަހުގެ 29 އިން ފެށިގެން އަންނަ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް މާލޭގައި އެ ދީނާ ގުޅޭ ކްލާސްތަކެއް ބާއްވަން ހަދާފައިވާ އިސްތިހާރު ޕޯސްޓަރުތަކެއް މިއަދު ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ.

އޭނާ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ. އަދި, މިއީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަމުގެ ގާނޫނާ ހިލާފު ކަމަކަށްވާތީ ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެ މައްސަލާގައި ހިމެނޭ އިތުރު މީހަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

އެކަމާ ގުޅިގެން މިއަދު އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލޭގެ ހޮޓަލެއްގައި "ސްޕިރިޗުއަލް ހީލާއެއް"ގެ ނަމުގައި ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާ ހިލާފު އަމަލުތަކެއް ހިންގަން އިސްތިހާރު ކުރާ ކަމުގެ މައުލޫމާތު ލިބިގެން އެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓުގައިވާ ގޮތުން ގަނޭޝް އޭނާގެ ކްލާސްތައް އިސްތިހާރުކޮށްފައި ވަނީ މީހަކަށް 100 ޑޮލަރަށެވެ. އަދި އެ ކްލާސްތަކުން ހިންދޫ ސްޕިރިޗުއަލް ހީލިން މެދުވެރިކޮށް ދިރިއުޅުމުގެ އެކި މައްސަލަތައް ހައްލުކޮށްދޭނެ ކަމަށް އެ ޕޯސްޓުތަކުގައިވެ އެވެ.

އެ އިސްތިހާރުގައިވާ ގޮތުން އެ ކްލާސްތައް ބާއްވަން ހަމެޖެހިފައި ވަނީ އުނިމާ ގްރޭންޑް ހޮޓަލުގަ އެވެ. އެހެންނަމަވެސް، މި ނޫހުން އުނިމާ ގްރޭންޑަށް ގުޅުމުން އެ ހޮޓަލުން ބުނީ އެފަދަ އިވެންޓެއް ނުބާއްވާ ކަމަށެވެ.

އުނިމާއިން އެކަމާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ވަނީ އެ މީހުން ކޮށްފައިވާ ޕޯސްޓުތަކަކީ އެ ހޮޓަލަށް އެނގިގެން ކޮށްފައިވާ ޕޯސްޓުތަކެއް ނޫން ކަމަށެވެ. އަދި އެ ހޮޓަލްއަށް ޗެކިއިންވި އިންޑިއާގެ ދެ މީހަކު އެ އެ ހޮޓަލުގެ އުސޫލުތަކާ ހިލާފުވުމުން ޗެކްއައުޓް ކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox