ސަރުކާރުގެ ނަމުގައި ތިނަދޫ ރައްޔިތުންގެ ކިބައިން ރައީސް މައާފަށް އެދިވަޑައިގަނެފި

Aug 30, 2023, 5:33 PM
ފޮޓޯ: މިރާން ނާޝިމް/އަދަދު

ފޮޓޯ: މިރާން ނާޝިމް/އަދަދު

ސިފައިން ފޮނުވައިގެން ގދ. ތިނަދޫއަށް އަރައި ރަށުން މީހުން ބޭރުކޮށް ރަށް ފަޅުކޮށްލި މައްސަލައިގައި ސަރުކާރުގެ ނަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ރަށު ރައްޔިތުންގެ ކިބައިން މައާފަށް މިރޭ އެދިވަޑައިގަނެފި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ތިނަދޫއަށް ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރަށް ފަޅުކޮށްލުމުގެ ކުރިން ތިނަދޫއަކީ މުއްސަނދި، ވިޔަފާރީގެ ގޮތުން ކުރިއަރާފައިވާ ތަރައްގީ ރަށެއް ކަމަށެވެ. އަދި ވިދާޅުވީ އެއިރު ރައީސް އިބްރާހިމް ނާސިރުގެ ސަރުކާރުން އަމަލު ކުރީ "އެއްވެސް ރައްޔިތަކާ ދޭތެރޭގައި އަމަލު ކުރަންވާނެ ގޮތަކަށް ނޫން" ކަމަށެވެ.

"1960 ގެ ތެރޭގައި ތިނަދޫ ފަޅުވެގެންދިޔަ ހިތާމަވެރި ހާދިސާއެއް. އަޅުގަނޑު ދަންނަވާނީ އެއްވެސް ސަރުކާރަކުން ރައްޔިތަކާ ދޭތެރޭގައި އަމަލު ކުރަންވާނެ ގޮތަކެއް ނޫނޭ އެއިރުގެ ސަރުކާރުން ކަންކޮށްފައި އޮތީ. އެއީ މިއަދު ވެސް އެކަމާ ދޭތެރޭގައި މައާފަށް އެދެންޖެހޭ ކަމެއް،" އެމަނިކުފާނު ވިދާޅުވި އެވެ. "ސަރުކާރުގެ ވެރިއެއްގެ ހައިސިއްޔަތުން އަޅުގަނޑު އެކަމާ މައާފަށް އެދެން."

އޭގެ އިތުރުން މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު "ހުވަދު އަތޮޅަށާއި ތިނަދޫއަށް ގެންނަން މި އުޅެނީ ހެޔޮ ބަދަލެއް، ބޮޑު ބަދަލެއް" ކަމަށެވެ. އަދި "ސިނާއީ ގޮތުން ބޮޑު ބަދަލެއް މި ސިޓީއަށް ގެންނަން އަޅުގަނޑުމެން ބޭނުން" ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އަހަރެއް، ދޮޅު އަހަރެއްގެ ތެރޭގައި މި ސިނާއަތަށް [މަސްވެރިކަމަށް] މިއިން ދުވަހު ނާންނަވަރުގެ ބޮޑު ބަދަލެއް ތިޔަ ބޭފުޅުންނަށް ފެނިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް މިއަދު ތިނަދޫއަށް ވަޑައިގެންނެވީ އެ ރަށަށް ސިޓީއެއްގެ ދަރަޖަ ދިނުމުގެ ގަރާރެއްގައި ސޮއި ކުރެއްވުމަށްފަހެވެ. އެއީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި މިދިޔަ ޖެނުއަރީ މަހު އެމަނިކުފާނު ވެވަޑައިގެންނެވި ވައުދެކެވެ.

މީގެ ކުރިން އޯގަސްޓް، 2011، ގައި އެއިރުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ސަރުކާރުގެ ފަރާތުން ތިނަދޫގެ ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގަނެފަ އެވެ.

ނާސިރުގެ ވެރިކަމުގައި 1962 ގައި ތިނަދޫ ފަޅުކޮށްލުމުން ހަތަރު އަަހަރު އެ ރަށް ފަޅަށް އޮތެވެ. އަލުން އެ ރަށުގަި މީހުން އާބާދުވީ 1966 ވަނަ އަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox