އާބާދީއަށް ބަލާފައި އެއްވެސް ރަށެއް ތަފާތު ނުކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

Aug 30, 2023, 12:18 PM
އިދިކޮޅު ކެންޑިޑޭޓު ޑރ. މުއިއްޒު: ވިދާޅުވީ އަސާސީ ހައްގުތަކާއި ތަރައްގީ ގެންނާނީ ހަމަހަމަކޮށް ކަމަށް --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އިދިކޮޅު ކެންޑިޑޭޓު ޑރ. މުއިއްޒު: ވިދާޅުވީ އަސާސީ ހައްގުތަކާއި ތަރައްގީ ގެންނާނީ ހަމަހަމަކޮށް ކަމަށް --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ތަރައްގީ ގެނައުމުގައި އެ ރަށެއްގެ އާބާދީއަށް ބަލާފައި އެއްވެސް ރަށެއް ތަފާތު ނުކުރައްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ބ. މާޅޮހަށް ވަޑައިގެން އެ ރަށުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ހުރިހާ ރަށަކަށް ވެސް އަސާސީ ހައްގުތަކާއި ތަރައްގީ ބޭނުންވާ ކަމަށާއި އެއީ އާބާދީއަށް ބަލާފައި ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑަށް މި ފާހަގަވަނީ ވަރަށް ބޮޑަށް މި ރަށް ބާކީވެފައި އޮތް ތަން. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެންގެ ސިޔާސަތުގައި އެއްގޮތަކަށް ވެސް ތަފާތެއް ނުކުރާނެ ކަމަށް. އާބާދީގެ ގޮތަކުން ނުވާނެ ތަފާތެއް،" މުއިއްޒު ވިދާޅުވި އެވެ.

ތަރައްގީ ގެންނައިރު އާބާދީ ބޮޑެތި ރަށްތައް ތަފާތު ނުކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއިރު އޭނާ މީގެ ކުރިން ބުނެފައި ވަނީ ތަރައްގީ ގެންނައިރު އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްތަކާއި އާބާދީ ބޮޑެތި ރަށްތަކަށް އިސްކަންދެއްވާނެ ކަމަށެވެ.

"ހުރިހާ ރައްޔިތުންނަކީ ހަމަހަމަ ބައެއްކަން ގާނޫނުއަސާސީ ކަށަވަރުކޮށްދޭ. އޭގެ އިތުރަށް ގިނަ ރައްޔިތުން ތިބި ތަނަކަށް އިސްކަންދިނުން. އެންމެ ގިނަ މީހުން ތިބި ތަނަކަށް ކޮށްދޭން ޖެހޭ ކަންތައްތަކަށް ދިނުން. މިކަމަކީ ކޮންމެހެން ކޮށްދޭން ޖެހޭނެ ކަމެއް. އަދުލުވެރިވުމަކީ ނިސްބަތުން ކުރެވޭ ކަމެއް،" މުއިއްޒު ވިދާޅުވެފައިވެ އެވެ.

އަންނަ ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޑރ. މުއިއްޒުގެ އިތުރުން ވާދަ ކުރައްވަނީ މިހާރުގެ ރައީސް އަދި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމާއި ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބާއި އެމްއެންޕީގެ މުހައްމަދު ނާޒިމެވެ.

އޭގެ އިތުރުން އަމިއްލަ ގޮތުން ތިން ކެންޑިޑޭޓުން ވާދަ ކުރައްވަ އެވެ. އެއީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން އާއި ހަސަން ޒަމީލެވެ. ޒަމީލަކީ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީއަކަށް ހުންނެވި ބޭފުޅެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox