އުސޫލުތަކާ ހިލާފަށް ޑޮމެއިން ވިއްކާތީ އެކަން ކުރުން ހުއްޓާލަން ރައީސް އޮފީހުން ޓްރާންސްޕޯޓަށް އަންގައިފި

މަޖިލީހުގެ ކޮމިޓީއެއްގައި ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ އާއި ސްޓޭޓް މިނިސްޓަރުޒުހެއިރު (މ) އަދި ޑެޕިއުޓީ މިނިސްޓަރު ހަމަދު : ރައީސް އޮފީހުން ވަނީ ގަވާއިދާ އެއްގޮތަށް ޑޮމެއިން ނުވިއްކެނީ ކީއްވެތޯ އޮޅުންފިލުވައިދޭން އަންގާފައި -- ފޮޓޯ/ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ކޮމިޓީއެއްގައި ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ އާއި ސްޓޭޓް މިނިސްޓަރުޒުހެއިރު (މ) އަދި ޑެޕިއުޓީ މިނިސްޓަރު ހަމަދު : ރައީސް އޮފީހުން ވަނީ ގަވާއިދާ އެއްގޮތަށް ޑޮމެއިން ނުވިއްކެނީ ކީއްވެތޯ އޮޅުންފިލުވައިދޭން އަންގާފައި -- ފޮޓޯ/ރައްޔިތުންގެ މަޖިލިސް

އެއްގަމު އުޅަނދުގައި ޑޮމެއިން ބޭނުންކުރުމުގެ ގަވާއިދާ ހިލާފަށް ޑޮމެއިންތައް ދޫކުރަމުންދާ ކަން ފާހަގަކުރިގެން ކަމަށް ބުނެ ޓްރާންސްޕޯޓް މިނިސްޓްރީން ޑޮމެއިން ވިއްކުން ހުއްޓާލަން ރައީސް އޮފީހުން އަންގައިފި އެވެ.

ޑޮމެއިން ވިއްކުން ހުއްޓާލަން ރައީސް އޮފީހުން ޓްރާންސްޕޯޓަށް އެންގީ އާދިއްތަ ދުވަހެވެ.

އެގޮތުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް އެޑްރެސްކުރައްވާ، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ފޮނުއްވި ސިޓީއެއްގައި ވަނީ އެ އޮފީހުން ވަކި ގޮތެއް އަންގަން ދެން ޑޮމެއިންއާ ގުޅޭ އެއްވެސް މުއާމަލާތެއް ނުކުރަމަށް ވަނީ އަންގާފަ އެވެ.

ރައީސް އޮފީހުން ފޮނުވި ސިޓީގައި ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި ޑޮމެއިން ގަވާއިދުގައިވާ ފަދައިން ޑޮމެއިން ވިއްކުމާ ގުޅޭ މައްސަލަ ހައްލުކުރުމަށް ކޮމިޓީއެއް އެކުލަވާލާފައި ނެތުމާއި، އާންމުކޮށް އިއުލާން ކުރުމެއް ނެތި ޑޮމެއިން ވިއްކުން ހިމެނެ އެވެ.

"[ޑޮމެއިން] ގަވާއިދުގައި ބަޔާންކުރާ ކޮމިޓީ ތިޔަ މިނިސްޓްރީން އެކުލަވާލާފައިވާ ކަމަށް ނުފެންނާތީ އާއި ޑޮމެއިން ވިއްކައިގެން ދައުލަތަށް ލިބެންޖެހޭ މަންފާ ނުލިބޭ ފަދައަކުން، ހަވާލާދެވުނު ގަވާއިދުގެ އިސްވެ ބަޔާންކުރެވުނު މާއްދާތަކާ ހިލާފަށް ޑޮމެއިން ވިއްކުމުގެ ކަންކަން ގެންދަވާކަން މި އޮފީހަށް ވަނީ ފާހަގަކުރެވިފަ،" ސިޓީގައި ބަޔާންކޮށްފައި ވެ އެވެ.

އޭގެ އިތުރުން ރައީސް އޮފީހުން ވަނީ މި ދައުރުގެ ތެރޭގައި ހިދުމަތް ޑޮމެއިން ތަކާ ގުޅޭ ތަފުސީލާއި، ޑޮމެއިން ވިއްކުމުގައި މިނިސްޓްރީން އަމަލުކުރަމުން ގެންދާ އުސޫލާއި ގަވާއިދާ އެއްގޮތަށް ޑޮމެއިން ވިއްކުމުގެ ކަންކަން ނުހިންގިވާ ސަބަބެއް އެ އޮފީހާ ހިއްސާކުރަން ވެސް އަންގާފަ އެވެ.

ޑޮމެއިން ވިއްކުން ހުއްޓާލަން ޓްރާންސްޕޯޓަށް އަންގާފައި މިވަނީ އެ މިނިސްޓްރީގެ ތެރެއިން ނުގަވައިދުން މިކަން ހިނގަމުންދާ ކަމުގެ އަޑުތައް ފެތުރުނުތާ އެތައް ދުވަހެއް ފަހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox