ވާރޭގައި ފެންބޮޑުވާ ފަސް ރަށަކަށް ސަރުކާރުން ޕަންޕު ފޯރުކޮށްދީފި

ވާރޭގައި ފެންބޮޑުވާ ރަށަކަށް އެންޑީއެމްއޭއިން ފެންހިއްކާ ޕަންޕު ފޯރުކޮށްދެނީ -- ފޮޓޯ: އެންޑީއެމްއޭ

ވާރޭގައި ފެންބޮޑުވާ ރަށަކަށް އެންޑީއެމްއޭއިން ފެންހިއްކާ ޕަންޕު ފޯރުކޮށްދެނީ -- ފޮޓޯ: އެންޑީއެމްއޭ

ވާރޭވެހި ފެންބޮޑުވާ ރަށްރަށަށް އެހީތެރިވުމުގެ ގޮތުން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ފަސް ރަށަކަށް ޑީވޯޓަރިން ޕަމްޕު ފޯރުކޮށްދީފި އެވެ.

އެ އޮތޯރިޓީ އިން އެކުލަވާލާފައިވާ ޑީވޯޓަރިން ޕަމްޕު ފޯރުކޮށް ދިނުމުގެ ޕްރޮޖެކްޓްގެ ދަށުން ފެންހިއްކާ ޕަންޕާއި އަޔަށް ބޭނުންވާ ސާމާނު ހަވާލުކޮށްފައިވަނީ ބ. މާޅޮސް، ބ. ކެންދޫ، ބ. ތުޅާދޫ، ޅ. ނައިފަރު އަދި ޅ. ހިންނަވަރު ކައުންސިލާ އެވެ.

އެންޑީއެމްއޭއިން ބުނީ ޕަމްޕުތައް ހަވާލުކުރުމަށް އެ އޮތޯރިޓީއާއި މިނިސްޓްރީ އޮފް ޑިފެންންސް އަދި އެމްއެންޑީއެފުން ރަށްތަކަށް ޒިޔާރާތްކުރީ އޮގަސްޓް 27، 28 އަދި މިއަދު ކަމަށެވެ.

އެ ފަސް ރަށުގެ ކައުންސިލުތަކާއި ތަކެތި ހަވާލުކޮށްދިނީ މިނިސްޓްރީ އޮފް ޑިފެންސްގެ ނައިބު ހުސެން ޒާހިރު އެވެ. މި ދަތުރުގައި އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުލް ރަހީމް އަބްދުލް ލަތީފް ވަނީ ބައިވެރިވެވަޑައިގަނެފަ އެވެ.

އެންޑީއެމްއޭއިން ވަނީ ފެންބޮޑުވުމުގެ ހާދިސާތައް ތަކުރާރުކޮށް ދިމާވާ ރަށްތަކުގެ ތެރެއިން ސަލާމަތީ ވަސީލަތެއް ނެތް 18 ރަށެއް އެކަށައަޅައި، ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމުގެ ދިނުމުގެ ޕްރޮޖެކްޓެއް އެކުލަވާލާފަ އެވެ. އެގޮތުން މިހާތަނަށް މި ޕްރޮޖެކްޓަށް ދައުލަތުން 1.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އެ އޮތޯރިޓީން މައުލޫމާތު ދެއެވެ.

އެ ޕްރޮޖެކްޓްގެ ދަށުން ޑީވޯޓަރިން ޕަމްޕު ފޯރުކޮށްދިނުމަށް ކަނޑައަޅިފައިވާ ބާކީ 13 ރަށަށް ބޭނުންވާ ވަސީލަތްތައް ވީ އެންމެ އަވަހަކަށް އެރަށްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތްވެސް އެ އޮތޯރިޓީއިން ކުރަމުން އަންނަކަމަށް އެންޑީއެމްއޭއިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox