ތަޖުރިބާކާރު ކުޅުންތެރިންނާ އެކު ފިރިހެން ވޮލީ ޓީމު އައިއޯއައިޖީ އަށް

Aug 25, 2023, 4:26 AM
ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ އަލީ އާމިރު (ދިގު އައްޔަ): އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު މި ފަހަރު ޓީމުގައި ހިމެނޭ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ އަލީ އާމިރު (ދިގު އައްޔަ): އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު މި ފަހަރު ޓީމުގައި ހިމެނޭ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މާދަމާ މަޑަގަސްކަރާގައި ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ގައުމީ ފިރިހެން ވޮލީ ޓީމު އެކުލަވާލިއިރު، އެންމެ ބޮޑު ސަމަލުކަމެއް ދީފައިވަނީ ރަނގަޅު ފޯމެއްގައި މި ވަގުތު ތިބި ތަޖުރިބާކާރު ކުޅުންތެރިން ޓީމުގައި ހިމަނައިގެން، ވީ އެންމެ ވަރުގަދަ ޓީމާ އެކު ގޭމްސްގައި ވާދަކުރުމެވެ. އެ ގޮތުން، ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ)ގެ އިރުޝާދުގެ ދަށުން ޕްރެކްޓިސް ފަށައި، ތައިލެންޑް ކޭމްޕެއް ފުރިހަމަ ކުރުމުގެ އިތުރުން، މާލޭގައި ސްރީ ލަންކާއާ ދެކޮޅަށް ކުޅުުނު އެކުވެރިކަމުގެ މެޗު ސީރީސް އަށް ފަހު ޓީމު އޮތީ އައިއޯއައިޖީ އަށް ތައްޔާރަށެވެ.

ގިނަ އަހަރުތަކެއް ފަހުން، ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން، އިޝާން މުހައްމަދު (ބަޓިސް) އާއި ތަޖުރިބާކާރު ކުޅުންތެރިޔެއް ކަމަށްވާ އަލީ އާމިރު (ދިގު އައްޔަ) ޓީމަށް އައިއިރު، ބީޗް ވޮލީބޯޅަ އިވެންޓް މި ފަހަރުގެ އައިއޯއައިޖީގައި ނެތުމުން، ބީޗްވޮލީ އަށް ހުސްވެ ތިބި ރާއްޖޭގެ އެންމެ ހުނަރުވެރި ކުުޅުންެތެރިންގެ ތެރެއިން ދެ ކުޅުންތެރިން ކަމަށްވާ، އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އަދި އާދަމް ނަސީމް (އެޑަމް) ވެސް ޓީމުގައި ހިމެނެ އެވެ. ޓީމުގައި މި ފަހަރު ނެތީ އާއިލީ ޒިންމާގެ ކަމެއްގައި ހުރި ކުރީގެ ކެޕްޓަން، އަލީ ހުޒާމް (ހުޒަންޓެ) އެވެ.

ގައުމީ ކޯޗު ކާއްޓޭ ފާހަގަކުރި ތައްޔާރީތަކަށް ބަލާއިރު، ގިނަ މެޗުތަކެއް ލިބިފައިވާތީ އޭގެ ހިތްހަމަޖެހުން އެބައޮތް ކަމަށެވެ. އަދި ފުރަތަމަ ގުރުއަތުލުން ބޭއްވުމަށްފަހު ދިޔަ ގްރޫޕް ރަނގަޅު ކަމަށާއި ދިމާވި ކަމަކާ ހެދި ދެ ވަނަ ފަހަރަށް ގުރުއަތުލުން ކުރިއަށްގެންގޮސް، ދެން ޖެހުނީ ކުރިއަށް ވުރެ އުނދަގޫކޮށް އޮތް ގްރޫޕެއްގައި ކަމަށް ކާއްޓޭ ވަނީ ބުނެފަ އެވެ.

މި ފަހަރު ސްކޮޑުގައި ތިބި ކުޅުންތެރިންނަކީ މި ވަގުތަށް ބަލާއިރު، ރާއްޖޭން ނެގޭނެ އެންމެ ވަރުގަދަ ސްކޮޑު ކަމަށާއި ތަޖުރިބާ އަށް ބެލިޔަސް އަދި ޒުވާން އަރަމުން އަންނަ ކުުޅުންތެރިންނަށް ނަޒަރު ހިންގާލިޔަސް، ޓީމުގައި އެކި ލެވަލްގެ ފެންވަރުގެ ކުޅުންތެރިން ތިބިކަން ކާއްޓޭގެ ވާހަކައިގައި ފާހަގަކޮށްފައިވެ އެވެ

ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި މި ފަަހަރު ޓީމު ލީޑުކުރުމުގެ ޒިންމާއާ ހަވާލުވެފައިވަނީ އާދަމް ފައިރޫޒް އެވެ. ފައިރޫޒް ފާހަގަކުރާ ގޮތުގައި ރާއްޖޭގެ ވޮލީ ޓީމުން މި ފަަހަރުގެ އައިއޯއައިޖީ އަށް އަމާޒުކޮށް މި ކުރިއަށް ގެންދިޔަ ތައްޔާރީތަކުގެ ސަބަބުން، ޓީމުގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅުވެފައިވާކަން މިހާތަނަށް ބޭއްވި ޓްރެއިނިންތަކާއި ސްރީ ލަންކާއާ ދެކޮޅަށް މާލޭގައި ކުޅުނު އެކުވެރިކަމުގެ މެޗުތަކުން ފެނުނު ކަމަށެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މީގެ ކުރިން ގައުމީ ވޮލީ ޓީމުތައް ވާދަކޮށްފައިވާއިރު، އަންހެން އަދި ފިރިހެން ޓީމަށް ވެސް މައިގަނޑު ގޮތެއްގައި ދިމާވެފައިވަނީ އެހެން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވެސް ތަކުރާރުވާ އެއް މައްސަލަ އެވެ. އެއީ ސެޓު ނިންމަން ލިބޭ ފުރުސަތުތަކުގެ ބޭނުންނުހިފުމާއި، އަމިއްލަ އަށް ހެދޭ ގޯސްތަކާ ހެދި ޕްރެޝަރަށް ވެއްޓިގެންނެވެ. އެކަމަކު، ފަަހަކަށް އައިސް ބައިނަލްއަގުވާމީ މުބާރާތްތަކުގެ މެޗުތައް ލިބެމުން އަންނަ މިންވަރަށް ބަލާއިރު، ޓީމުގެ ކުރިއެރުން ވެސް އަންނަނީ ފެންނަމުންނެވެ.

މި ހުރިހާ ކަމަކަށް ބަލާއިރު، މި ފަަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ވޮލީބޯޅަ އިވެންޓްގައި ގައުމީ ފިރިހެން ޓީމުން ވަރަށް ބޮޑަށް ނަތީޖާ އަށް އަމާޒުކޮށްގެން މަސައްކަތް ކުރަން ޖެހޭނެ އެވެ. އަދި މެޑަލް ޓާގެޓެއް އޮވެގެން ކުރިއަށްދާން ބަލާއިރު، ވޮލީ ޓީމަށް އޮތް ޗެލެންޖަކީ އިދިކޮޅަށް ނުކުންނަ ގައުމުތަކުގެ ޓީމުތަކަކީ އަހަރުން އަހަރަށް ބަދަލުވާ ޓީމުތަކެއް ކަމަށްވުމުންނެވެ. ފްރާންސަށް ނިސްބަތްވާ އެކި ކުޅުންތެރިން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާ އެކި ގައުމުތަކަށް ރަށްވެހިކަން ބަދަލުކޮށްގެން ކުޅެ އެވެ.

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox