ފަނޑިޔާރުންނާއި ޖުޑިޝަރީގެ މުވައްޒަފުންނަށް އެކޮމޮޑޭޝަން ހަމަޖައްސަން އެމްޑީޕީ މެނިފެސްޓޯގައި ހިމަނައިފި

Aug 22, 2023, 5:15 PM
ސުޕްރީމްކޯޓާއި ހައިކޯޓް ހުންނަ ތީމުގެ. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ސުޕްރީމްކޯޓާއި ހައިކޯޓް ހުންނަ ތީމުގެ. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ފަނޑިޔާރުންނާއި ޖުޑިޝަރީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެކޮމޮޑޭޭޝަން ހަމަޖައްސަން ވެރިކަން ހިންގާ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މެނިފެސްޓޯގައި ހިމަނައިފި އެވެ.

މިރޭ އެ ޕާޓީން އިފުތިތާހު ކުރި "ހެޔޮވެރިކަން" މެނިފެސްޓޯގައި "އަދުލު އިންސާފު ގާއިމްކުރުމުގެ ނިޒާމު ފުރިހަމަ ކުރުން" މި ސުރުހީގެ ދަށުން އޮތް ބައިގައި ބުނެފައި ވަނީ އެކޮމޮޑޭޝަން ހަމަޖައްސައިދޭނީ ރަށްވެހިވެފައިވާ ނޫން ރަށެއްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކަމަށެވެ.

އޭގެ އިތުރުން ވެސް ޖުޑިޝަރީ ހިންގުމާ ގުޅޭ އެހެން ގިނަ ބަދަލުތަކެއް ގެންނަން ވެސް މެނިފެސްޓޯގައި އެބަ އޮތެވެ. އެގޮތުން، ވިޔަފާރިތަކުގެ އިތުރުން އާންމުންނަށް ބޭންކްރަޕްޓްސީ އިއުލާނު ކުރެވޭ ގޮތަށް ހެދުމަށް ވަނީ ވައުދުވެފަ އެވެ.

އަދުލު އިންސާފު ގާއިމްކުރުމުގެ ނިޒާމު ފުރިހަމަ ކުރުމާ ބައެއް ވައުދުތައް'

  • ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ހަލުވިކަމާއިއެކު ކުރިޔަށް ގެންދެވޭނެ އިންތިޒާމު ފަހިކޮށްދިނުމަށްޓަކައި، ކޯޓުތަކަށް ބޭނުންވާ ޖާގައާ ޒަމާނީ ވަސީލަތްތައް ގާއިމުކުރުން.
  • ކޯޓުތަކުން ހިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމަށް، ގުޅިފައިވާ ޑިޖިޓަލް ވިއުގައެއްގެ ތެރެއިން ކޯޓުތަކަށް މައްސަލަ ހުށަހެޅުމާއި، މައްސަލައިގެ ލިޔުންތަކާއި އިދާރީ ކަންކަން ފުރިހަމަކުރެވޭނޭ ނިޒާމެއް ގާއިމުކުރުން.
  • ކޯޓުތަކުގެ މަސައްކަތްތައް އަވަސްކުރުމަށްޓަކައި، ސްޕީޗް ޓު ޓެކްސްޓް ޓޫލްސް، ރެފެރެންސިންގ ޓޫލްސް ފަދަ އެސިސްޓިވް ޓޫލްސް ބޭނުންކުރުމަށް އަރޓިފިޝަލް އިންޓެލިޖެންސް (AI) އަށް އިންވެސްޓްކުރުން.
  • ފަނޑިޔާރުންނާއި، ޖުޑީޝަރީގައި މަސައްކަތްކުރާ މުވައްޒަފުންގެ ފެންވަރު މަތިކުރުމަށްޓަކައި، ޖުޑީޝަލް އެކަޑެމީއަކީ، ފަނޑިޔާރުންނާއި، ޖުޑީޝަރީގެ މުވައްޒަފުންގެ ގާބިލުކަމާއި، މަސައްކަތުގެ ހުނަރު އަދާހަމަކޮށް ހިފެހެއްޓުމަށް ދެމެހެއްޓެނިވި ގޮތެއްގައި ތަމްރީނު ޕްރޮގްރާމުތައް ރާވާ ހިންގާ މަރުކަޒަކަށް ހެދުމަށް ބޭނުންވާ ވަސީލަތްތައް ގާއިމް ކުރުން.

އަނިޔާ ލިބޭ ފަރާތްތަކުން ބޭނުންވާ ނަމަ ކޯޓުތަކުގައި އެމީހުންގެ ބަސް އިއްވޭނެ ގޮތް ފަހިކޮށްދިނުމާއި ކޯޓު މެދުވެރިވެގެން މައްސަލަތައް ހައްލު ކުރުމަށް މީޑިއޭޝަން ތައާރަފު ކުރުމާއި ކޯޓުތަކުގެ މަސައްކަތަށް އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރެވޭނެ ގޮތް ހަދާނެ ކަމަށް ވެސް އެ މެނިފެސްޓޯގައި ލިޔެފައިވެ އެވެ.

މެނިފެސްޓޯގައި ހިމެނޭ ފާހަގަކޮށްލެވޭ އަނެއްކަމަކީ، ޖަލަށްލުމުގެ ބަދަލުގައި ރިހެބިލިޓޭޓް ކުރެވޭނެ ގޮތަށް އަލްޓަނޭޓިވް ސެންޓެންސިން ތައާރަފު ކުރުމާއި ކޯޓުތަކުގެ މަސައްކަތްތައް ޑިޖިޓަލް ކުރުމެވެ.

ޖުޑީޝަލް އެކަޑަމީ އާއި ކޯޓުތަކަށް ބޭނުންވާ ވަސީލަތްތައް ހަމަކޮށް ފުރިހަމަ ކުރުން ވެސް މެނިފެސްޓޯގައި ހިމަނާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox