އާބަންކޯ އަތުން ބާރުތައް އަތުލައި ހުޅުމާލެ ހިންގުން މާލެ ސިޓީ ކައުންސިލަށް ދޭނަން: މުއިއްޒު

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު : އޭނާ ވަނީ އާބަންކޯ އަތުން ބާރުތައް އަތުލާ ހުޅުމާލެ ހިންގުން މާލެ ސިޓީ ކައުންސިލަށް ދޭނެ ކަމަށް ވިދާޅުވެފަ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު : އޭނާ ވަނީ އާބަންކޯ އަތުން ބާރުތައް އަތުލާ ހުޅުމާލެ ހިންގުން މާލެ ސިޓީ ކައުންސިލަށް ދޭނެ ކަމަށް ވިދާޅުވެފަ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އިދިކޮޅު ޕީއެންސީގެ ވެރިކަމެއްގައި ހުޅުމާލެ މިހާރު ހިންގަމުން އަންނަ އާބަންކޯ ކުންފުނީގެ އަތުގައި އޮތް ބާރުތައް އަތުލައި، ހުޅުމާލެ ހިންގުމުގެ އިދާރީ ހުރިހާ ބާރެއް މާލެ ސިޓީ ކައުންސިލަށް ދެއްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބަށް ހުށަހަޅުއްވާ މެނިފެސްޓޯ އިއުލާންކުރައްވަން މިރޭ ހުޅުމާލޭގައި ބޭއްވި އިވެންޓުގައި މުއިއްޒު ވިދާޅުވީ، ގާނޫނު އަސާސީ މާނަކުރާ ގޮތުން މާލެއަކީ މާލެ، ވިލިމާލެ އަދި ހުޅުމާލެ ކަަމަށެވެ. ނަމަވެސް ހުޅުމާލެ ހިންގަނީ ކުންފުންޏަކުން ކަމަށާއި އެ ކުންފުނިން ރައްޔިތުންނާ ދޭތެރޭގައި ނުވިސްނާ ކަމަށްވެސް ވިދާޅުވި އެވެ.

"މުނިސިޕަލް ހިދުމަތް ދިނުމުގައި ކުންފުނިން އަޅައެއް ނުލާ، ރައްޔިތުންނާ ދޭތެރޭގައި ކުންފުނިން ކަންކުރަމުންދަނީ ވިޔަފާރި އުސޫލުން ބޭނުންވާ ގޮތަށް، އެހެން ނަމަވެސް ގާނޫނު ބުނަނީ މިއީ މާލެއޭ، މިއީ މާލެ! މިއީކިއްޔެއް އާބަންކޯގެ މިލްކެއް ނޫން، މިއީ މާލޭ ރައްޔިތުންގެ މިލްކެއް!"

މުއިއްޒު އިތުރަށް ވިދާޅުވީ ހުޅުމާލެ ބަލަހައްޓަން ޖެހޭނީ އެތަނުގެ ކައުންސިލުން ކަމަށާއި އެއީ މާލެ ސިޓީ ކައުންސިލް ކަމަށެވެ.

"އެހެންވީމާ، ހުޅުމާލޭގެ މުނިސިޕަލް ހުރިހާ ހިދުމަތެއް ބެލެހެއްޓުން، މާލެ ސިޓީ ކައުންސިލާ، މިތަނުގެ އެކަމަށް ބޭނުންވާ ބަޖެޓާ ރިސޯސަސްއާ އެއްކޮށް އިރާދަކުރެއްވިއްޔާ ހަވާލުކުރާނަން" މޭޔަރު ކަމުގައިވެސް ހުޅުމާލެ ހިންގެވުން ހޯއްދެވުމަށް މަސައްކަތްތަކެއް ކުރެއްވި މުއިއްޒު ވިދާޅުވި އެވެ.

އޭގެ އިތުރުން، މާލެ ސިޓީ ކައުންސިލްގެ ބަހާނުލާ ހުޅުމާލެއިން ބިން ވިއްކުން ނުވަތަ ކުއްޔަށްދިނުމުގެ އެއްވެސް ހަރަކާތެއް އޭނާގެ ވެރިކަމުގައި ނުހިންގޭނެ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު މިފަދައިން ވިދާޅުވެފައިމިވަނީ ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މިހާރު ހިއްކާފައިވާ ބިމާއި އިތުރަށް ބިން ހިއްކައިގެން ގޯތި ދިނުމަށް ނިންމާފައި ވަނިކޮށެވެ. އެ ނިންމުމަށް އިދިކޮޅުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox