1000 ފަގީރުން ހިލޭ ހައްޖަށް ފޮނުވާނަން: މުއިއްޒު

Aug 18, 2023, 5:28 PM
މ. މުލަކު ޖަލްސާގައި މުއިއްޒު ވާހަކަ ދައްކަވަނީ. -- ފޮޓޯ: މިރާން ނާޝިން/ އަދަދު

މ. މުލަކު ޖަލްސާގައި މުއިއްޒު ވާހަކަ ދައްކަވަނީ. -- ފޮޓޯ: މިރާން ނާޝިން/ އަދަދު

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ، ހައްޖު ކޯޕަރޭޝަން ހަރުދަނާކޮށް ހައްޖުގެ އަގު ހެޔޮކުރުމުގެ އިތުރުން، ފަސް އަހަރު ތެރޭގައި 1،000 ފަގީރުން ހިލޭ ހައްޖުގެ އަޅުކަމަށް ފޮނުވާނެ ކަމަށް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު މުއިއްޒު މިރޭ ވައުދުވެވަޑައިގެންފި އެވެ.

މ. މުލަކުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ހައްޖު ކޯޕަރޭޝަން ހިންގަނީ އެންމެ ރަނގަޅަކަށް ނޫން ކަމަށާއި އެ ކޯޕަރޭޝަންގެ ހިންގުމަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ.

"ހައްޖު ފަންޑުން އިންވެސްޓުކޮށް ނަފާ ހޯދައި މާލީ ގޮތުން ވަރުގަދަ ކުންފުންޏަކަށް ހަދަންޖެހޭ. އޭރުން ހައްޖަށް ދާ އަގުތައް ކުޑަވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ފުރަތަމަ އަހަރު ވެސް ހައްޖުގެ އަގު ކުޑަވެގެން ދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. ފަގީރުން ހިލޭ ހައްޖަށް ގެންދާއިރު، ފޯރުންތެރިކަން ދަށް މީހުންނަށް، ބަހާލައިގެން ހައްޖުގެ އަގު ދެއްކޭނެ ގޮތް ހަދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މުއިއްޒުގެ ސިޔާސަތުގެ ތެރޭގައި މިހާރު އޮތް ޒަކާތު ފަންޑު ހަރުދަނާކޮށް ހިންގުމަށްޓަކައި، މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ގާނޫނީ ހައިސިއްޔަތު ލިބޭ އޮފީހެއް އުފެއްދުން ހިމެނެ އެވެ.

"އޭރުން، އެކި ދާއިރާތަކަށް އިންވެސްޓްކޮށް ފައިދާ އިތުރުވެ، ޒަކާތު ފަންޑު ބޮޑުވެގެންދާނެ،" އޭނާ ވިދާޅުވި އެވެ،

މި ވައުދުގެ އިތުރުން މަސްވެރިކަމާއި ޗައިނާގެ ޓޫރިސްޓުން އިތުރު ކުރަން މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ބައެއް ހިއްސާ ކުރެއްވެވި އެވެ.

އޭނާ ވިދާޅުވީ ބޮޑު ކަންނެލީގެ އަގު ކިލޯއެއް 80ރ. އަދި އޭ ގްރޭޑުގެ ކަންނެލި ކިލޯއެއްގެ އެންމެ ދަށް އަގަކީ 100ރ. އަށް ކަނޑައަޅައި މަސްވެރިންނަށް ޑީސަލާއި ޕެޓްރޯލް ލިބޭ އަގު މިހާރަށް ވުރެ ދަށްކުރާނެ ކަމަށެވެ. ނަމަވެސް އެކަން ކުރާނެ ގޮތެއް އޭނާ ވިދާޅެއް ނުވެ އެވެ

މުލަކުގައި މިރޭ ބޭއްވި ޖަލްސާގައި މުއިއްޒު އާއި ޕީޕީއެމް/ ޕީއެންސީގެ އިސް ބައެއް ބޭފުޅުން. -- ފޮޓޯ: މިރާން ނާޝިމް/ އަދަދު
މުލަކުގައި މިރޭ ބޭއްވި ޖަލްސާގައި މުއިއްޒު އާއި ޕީޕީއެމް/ ޕީއެންސީގެ އިސް ބައެއް ބޭފުޅުން. -- ފޮޓޯ: މިރާން ނާޝިމް/ އަދަދު

މުލަކުގައި މިރޭ ބޭއްވި ޖަލްސާގައި މުއިއްޒު އާއި ޕީޕީއެމް/ ޕީއެންސީގެ އިސް ބައެއް ބޭފުޅުން. -- ފޮޓޯ: މިރާން ނާޝިމް/ އަދަދު

ޔާމީންގެ ވެރިކަމުގައި އަދި މި ވެރިކަމުގައި ވެސް މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ދޫކުރީ، މިފްކޯގެ މަރުކަޒުތަކުންނެވެ.

މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ޗައިނާގެ ފަތުރުވެރިން އިތުރުކުރަން މަތިންދާ ބޯޓެއް ކުއްޔަށް ގެނެސް، އައިލެންޑް އޭވިއޭޝަންގެ މެދުވެރިކޮށް ޗައިނާގެ މުހިންމު މަންޒިލުތަކުން ޓޫރިސްޓުން ގެންނާނެ ކަމަށެވެ.

"އޭރުން ޓޫރިޒަމް އިންޑަސްޓްރީ ވަރުގަދަވެ، ލިބޭ ނަފާ އިތުރުވެގެންދާނެ،" މުއިއްޒު ވިދާޅުވި އެވެ.

މ. އަތޮޅުގެ ރަށްތަކަށް ގިނަ ވައުދުތަކެއް

މުލައް

  1. މަގުތައް ތާރު އަޅައި ހެދުން
  2. ބަނދަރު ބޮޑުކުރުން
  3. ޖެޓީ ތަރައްގީ ކުރުން
  4. ސިއްހީ މަރުކަޒު ފެންވަރު ރަނގަޅު ކުރުން
  5. ޔޫތޫ ސެންޓަރު ބިނާކުރުން
  6. ރަށް ގިރުން ހުއްޓުވުމުގެ މަޝްރޫއު

ނާލާފުށި

  1. މުލި- ނާލާފުށި ކޯޒްވޭ އަކުން ގުޅާލުން (ރައީސް ސޯލިހުގެ ވެސް ވައުދެއް)
  2. 15 ހެކްޓަރުގެ ބިން ހިއްކުން
  3. ބަނދަރު ބޮޑުކުރުން.

ކޮޅުފުށީ

  1. އިމާރާތް ކުރަމުންދާ 100 ގޯތީގެ އަގު ދަށްކުރުން، އަދި މަހު ފީ ވެސް ދަށްކުރުން
  2. ރަށް ގިރުން ހުއްޓުވަން މަގެއް ހެދޭ މިންވަރަށް ހިއްކައިގެން ރިންގުރޯޑެއް، ތާރު އަޅައިގެން ހެދުން.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox