ދިޔާނާގެ ތާއީދާއި ތައުރީފު ރައީސް ސޯލިހަށް!

ދިޔާނާ، މާލޭގައި ހުރި ސޯސަން ޖަގަހައިގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: އެމްޑީޕީ

ދިޔާނާ، މާލޭގައި ހުރި ސޯސަން ޖަގަހައިގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: އެމްޑީޕީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރައްވައި، އެ މަނިކުފާނުގެ ކެތްތެރިކަމާއި ކޮވިޑުގެ ހާލަތު ކޮންޓްރޯލް ކުރެއްވި ގޮތަށް ތައުރީފު ކުރައްވައިފި އެވެ.

މާލޭގައި ހުރި އެމްޑީޕީގެ ސޯސަން ޖަގަހައިގައި ވާހަކަ ދައްކަވަމުން ދިޔާނާ ވިދާޅުވީ ރައީސް ސޯލިހަކީ ކެތްތެރި އަދި ހުރިހާ ވިސްނުމެއްގެ މީހުންނާ ގުޅޭ ވެރިއެއް ކަމަށެވެ.

ކުރިން ރައީސް ސޯލިހަށް ފާޑުވިދާޅުވެ، އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކެމްޕޭނުކޮށް ދެއްވި ދިޔާނާ، ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއިދު ކުރައްވަން ނިންމެވީ މައިގަނޑު ތިން ސަބަބެއް އޮވެގެން ކަމަށް، ހުކުރު ދުވަހުގެ ރޭގެ ޖަގަހަ ޖަލްސާގައި އޭނާ ވިދާޅުވި އެވެ.

ފުރަތަމަ ސަބަބީ ރައީސް ސޯލިހުގެ ރަނިންމޭޓަކަށް އައްޑުއަށް ނިސްބަތްވާ، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް ހަމަޖެއްސެވުމެވެ. ދިޔާނާ ގަބޫލު ކުރައްވަނީ އަސްލަމަށް ވުރެ ބޮޑަށް އައްޑުއަށް ހެޔޮ އެދޭނެ މީހަކު މި ރާއްޖޭގައި ނެތް ކަމަށެވެ.

ސޯސަން ޖަގަހައިގައި ދިޔާނާ އާއި އަސްލަމް. -- ފޮޓޯ: އެމްޑީޕީ
ސޯސަން ޖަގަހައިގައި ދިޔާނާ އާއި އަސްލަމް. -- ފޮޓޯ: އެމްޑީޕީ

ސޯސަން ޖަގަހައިގައި ދިޔާނާ އާއި އަސްލަމް. -- ފޮޓޯ: އެމްޑީޕީ

ދެވަނަ ސަބަބަކަށް ދިޔާނާ ފާހަގަކުރެއްވީ އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ރައީސް ސޯލިހަށްވުރެ ވަކި ގާބިލު ބޭފުޅަކު ނެތުމެވެ. ރައީސް ސޯލިހަކީ ކެތްތެރި, ހުރިހާ މިޒާޖެއްގެ, ވިސްނުމެއްގެ, އަދި ފަލްސަފާއެއްގެ މީހުންނާއެކު މަސައްކަތް ކުރެއްވޭފަދަ ބޭފުޅެއް ކަމަށް ދިޔާނާ ވިދާޅުވި އެވެ.

"ރައީސް ސޯލިހުގެ ކެތްތެރިކަމުގެ ވަރަށް ބޮޑު ހެއްކެއް އެއްވެސް ކޯލިޝަން ސަރުކާރެއް ވެރިކަން ނިމުނުއިރު ކޯލިޝަން ދެމެހެއްޓިފައި ނެތް، އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ފިޔަވައި" އައްޑޫ ބަހުރުވައިން ދިޔާނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެ ތަޖުރިބާކުރި ފަދަ އަނިޔާވެރިކަމާއި, ބިރުވެރިކަން މި ވެރިކަމުގައި ފެނިގެން ނުދާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ފަހު ސަބަބެއްގެ ގޮތުގައި ދިޔާނާ ފާހަގަ ކުރެއްވީ ރައީސް ސޯލިހު ކޮވިޑު މެނޭޖުކުރެއްވި ގޮތާއި, އެ ހާލަތުގައި ރައްޔިތުންނަށް ވީ ގިނަ ވައުދުތައް ފުއްދެވުމެވެ. އޭނާ ވިދާޅުވީ ކޮވިޑާ ހެދި ރައީސް ސޯލިހަށް ވެރިކަން ކުރައްވަން ފުރިހަމަ ފަސް އަހަރު ލިބިވަޑައިނުގަންނަވާ ކަމަށެވެ.

ސޯސަން ޖަގަހައިގައި ބޭއްވި ބައްދަލުވުމުގައި ރައީސް ސޯލިހުގެ ރަނިންމޭޓު އަސްލަމް ވެސް ބައިވެރިވެވަޑައިގަތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox