ޔާމީނުގެ އިސްތިއުނާފު އަޑުއެހުން އަންނަ ބުރާސްފަތި ދުވަހު ބާއްވަނީ

ަރައީސް އަބްދުالله ޔާމީން; އަންނަ ބުރާސްފަތި ދުވަހު އެމަނިކުފާނުގެ އިސްތިއުނާފު މައްސަލަ ހައިކޯޓުގައި ބާއްވަން ވަނީ ނިންމާފައި -- ފޮޓޯ: އަދަދު

ަރައީސް އަބްދުالله ޔާމީން; އަންނަ ބުރާސްފަތި ދުވަހު އެމަނިކުފާނުގެ އިސްތިއުނާފު މައްސަލަ ހައިކޯޓުގައި ބާއްވަން ވަނީ ނިންމާފައި -- ފޮޓޯ: އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު ޝަރީއަތް އަންނަ ބުރާސްފަތި ދުވަހު ބާއްވަން ނިންމައިފި އެވެ.

މި މައްސަލައިގެ އިސްތިއުނާފު އަޑުއެހުމެއް އަންނަ ބުރާސްފަތި ދުވަހު ބާއްވަން ނިންމާފައިވާކަން ރައީސް ޔާމީނުގެ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނަވާ ޑރ. މުހައްމަދު ޖަމީލު އަހުމަދު ވަނީ މިއަދު ވިދާޅުވެފަ އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން، ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ޔޫސުފް ނައީމްގެ އަތުން ޔާމީން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

އިސްތިއުނާފު މައްސަލާގައި މިހާތަނަށް ބޭއްވުނީ ހަތަރު އަޑުއެހުމެކެވެ. ފުރަތަމަ ދެ އަޑުއެހުމުގައި އޮތީ ޔޫސުފް ނައީމްގެ ފަރާތުން ހުށަހެޅި ނުކުތާތަކުގެ ބަހުސެވެ. އެ ބަހުސް ނިންމާލުމަށް ފަހު، ތިންވަނަ އަދި ހަތަރުވަނަ އަޑުއެހުމުގައި ގެންދިޔައީ ޔާމީން ހުށަހެޅި ނުކުތާތަކުގެ ބަހުސެވެ.

އިސްތިއުނާފު މައްސަލަ ބުރާސްފަތި ދުވަހު ބާއްވަން ނިންމާފައިވާއިރު, ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމް ފަސްކޮށްދިނުމުގެ އަމުރަކަަށް ޔާމީންގެ ފަރާތުން ވަނީ އެދިފަ އެވެ.

ނަމަވެސް އެއީ އެ ކަމަކަށް އެދި ހުށަހަޅަން އޮންނަ އިޖުރާއަތުގެ ތެރެއިން، އޮންނަ ގޮތް ނޫން ކަމަށް ބުނެ ހައި ކޯޓުން އޭރު ޖަވާބު ދީފައިވާ ކަން އެނގިފައިވެ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޔާމީނުގެ ޝަރުތު ހަމަނުވާ ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ކަނޑައެޅި އިރު، ޝަރުތު ހަމަނުވި އެއް ސަބަބަކީ ޖޫރިމަނާ ނުދައްކާ އޮތުމުން ސާބިތު ދަރަންޏެއް އެމަނިކުފާނުގެ މައްޗަށް އޮތުމުންނެވެ. އޭރު ޔާމީން ވިދާޅުވަމުން ގެންދެވީ ވެސް ހައި ކޯޓުގައި މުޅި ހުކުމް ތަންފީޒުކޮށްދިނުމުގެ އަމުރެއް ނެރެދިނުމަށް އެދިފައިވާ ކަމަށެވެ.

ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރެދިނުމަށް އެދިފައިމިވަނީ، ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ ދަށުން ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ޖެހޭ ފަސް މިލިއަން ޑޮލަރު ނުދައްކާ އޮތުމުން އެ ފައިސާ ހޯދުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވަނިކޮށެވެ.

އަދި ޔާމީން ޖަލުގައި ހުންނަވާތީ، ޕީޕީއެމް/ޕީއެންސީގެ މުހިންމު ނިންމުންތައް ނިންމުމުގައި އެމަނިކުފާނާ މުއާމަލާތް ކުރުމުގައި ދަތިތަކެއް ކުރިމަތިވާތީ އިދިކޮޅު ދެ ޕާޓީ ހިމެނޭ ޖޮއިންޓް ސެނެޓުގެ ތެރޭގައި އެ ކަންބޮޑުވުންތައް ވެސް ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox