ހުލާސާކޮށް އިއްޔެ: ރިޔާސީ އިންތިހާބުގައި އަށް ކެންޑިޑޭޓުން

Aug 8, 2023, 3:37 AM
ޕީއެންސީގެ ކެންޑިޑޭޓު، ޑރ. މުހައްމަދު މުއިއްޒު އިއްޔެ ކެންޑިޑެސީ ފޯމް ހުށަހަޅުއްވަނީ. -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

ޕީއެންސީގެ ކެންޑިޑޭޓު، ޑރ. މުހައްމަދު މުއިއްޒު އިއްޔެ ކެންޑިޑެސީ ފޯމް ހުށަހަޅުއްވަނީ. -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަކީ,އާ ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށި ފަހުން މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ބައިވެރިވާ އިންތިހާބެވެ. ފަސް ޕާޓީއަކުންނާއި އަމިއްލަ ގޮތުން ވާދަ ކުރައްވާ ތިން ކެންޑިޑޭޓުންނާއެކު ޖުމުލަ އަށް ކެންޑިޑޭޓުން މިފަހަރު ވާދަ ކުރައްވަ އެވެ.

ކެންޑިޑޭޓުން

  1. އެމްޑީޕީގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
  2. ޕީއެންސީގެ ފަރާތުން ޑރ. މުހައްމަދު މުއިއްޒު
  3. އެމްއެންޕީން މުހައްމަދު ނާޒިމު
  4. ޖުމްހޫރީ ޕާޓީން ގާސިމް އިބްރާހިމް
  5. ދަ ޑިމޮކްރެޓްސްއިން އިލްޔާސް ލަބީބު
  6. އަމިއްލަ ގޮތުން ފާރިސް މައުމޫން
  7. އަމިއްލަ ގޮތުން އުމަރު ނަސީރު
  8. އަމިއްލަ ގޮތުން ޒަމީލް

އާ ގާނޫނު އަސާސީގެ ދަށުން ފުރަތަމަ ރިޔާސީ އިންތިހާބެއް ބޭއްވީ 2008 އެވެ. އެ އިންތިހާބުގައި ހަ ކެންޑިޑޭޓުން ބައިވެރިވެވަޑައިގެންނެވިއިރު، 2013 ގެ އިންތިހާބުގައި ވާދަ ކުރެއްވީ ހަތަރު ކެންޑިޑޭޓުން އަދި 2018 ގަ ދެ ކެންޑިޑޭޓުންނެވެ.

މި ފަހަރުގެ އިންތިހާބުގައި ވާދަ ކުރައްވަން ފޯމް ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން ކެންޑިޑެސީ ސައްހަ ނޫން ކަމަށް ކަނޑައެޅީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޕީޕީއެމްގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފޯމެވެ.

އެ މަނިކުފާނުގެ ފޯމް ބާތިލުކުރީ ޖިނާއީ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ އާއި ސާބިތު ދަރަންޏެއް އޮތުމުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ އެ ނިންމުން ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުން، ޔާމީނަށް ވަނީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ގެއްލިފަ އެވެ.

މިހުންމު ބައެއް ހަބަރުތައް

ދުވަހުގެ ކޯޓޭޝަން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓު މުހައްމަދު އަސްލަމް ވިދާޅުވީ،

މި ވަގުތުގައި ދަންނަވައިލަން ބޭނުންވޭ، އަޅުގަނޑަށް ފުރިހަމައަށް އިތުބާރުކުރައްވާށޭ. އަޅުގަނޑަށް ފުރިހަމައަށް އިތުބާރުކުރައްވާށޭ. އަޅުގަނޑުގެ އިހުލާސްތެރިކަމާ މެދު ފުކެއް ވެސް ، އަޅުގަނޑުގެ އިހުލާސްތެރިކަމާ އަޅުގަނޑުގެ ތެދުވެރިކަމާ މެދު ފުކެއްގެ ޝައްކެއް އުފެދޭ މިންވަރު ކަމެއް ވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ކިބައިން ފެނިގެނެއް ނުދާނެ،"

ދުވަހުގެ ފޮޓޯ

ދ. މާއެނބޫދޫގައި އިއްޔެ ބޭއްވި ޖަލްސާގައި ރައީސްގެ ވާހަކަފުޅުގެ މައިގަނޑު ނުކުތާތައް ލިޔުއްވާފައިވާ ކަރުދާސް ބައްލަވަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ދ. މާއެނބޫދޫގައި އިއްޔެ ބޭއްވި ޖަލްސާގައި ރައީސްގެ ވާހަކަފުޅުގެ މައިގަނޑު ނުކުތާތައް ލިޔުއްވާފައިވާ ކަރުދާސް ބައްލަވަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ދ. މާއެނބޫދޫގައި އިއްޔެ ބޭއްވި ޖަލްސާގައި ރައީސްގެ ކަރުދާހެއް ކިޔުއްވަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox