ވިޒިޓް މޯލްޑިވްސް ޕްރޯ 2023: އައްޔަ އާއި އިޔާން ކެޓިއިރު, ޝާމްގެ ވިދުން ފަނޑެއް ނުކުރެވުނު!

ވިޒިޓް މޯލްޑިވްސް ޕްރޯގެ ފިރިހެން ބައިގެ ހަތަރުވަނަ ބުރުން ޖާގަ ހޯދުމަށްފަހު ޝާމް އުފާފާޅުކުރަނީ - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ވިޒިޓް މޯލްޑިވްސް ޕްރޯގެ ފިރިހެން ބައިގެ ހަތަރުވަނަ ބުރުން ޖާގަ ހޯދުމަށްފަހު ޝާމް އުފާފާޅުކުރަނީ - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ވިޒިޓް މޯލްޑިވްސް ޕްރޯ 2023ގެ ފިރިހެން ބައިން ރާއްޖޭގެ އަލީ ޚުޝްރުވާން އަހުމަދު އާއި އިޔާން އަހުމަދު ކެޓިއިރު، އަލީ ޝާމް ރާފިއު ފަސްވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

އައިބީސީ ވޯލްޑް ޓުއާގެ ތިންވަނަ ދުވަހުގެ ވާދަވެރި ހީޓުތައް ނިމުނުއިރު މުބާރާތުގައި ރަނގަޅު ހިސާބަކަށް ދަތުރުކުރާނެކަމަށް ބެލެވުނު 2017ގެ ވޯލްޑް ޗެމްޕިއަން އިއާން ކެމްބެލްވެސް ވަނީ މުބާރާތުގެ ހަތަރު ވަނަ ބުރުން ކަޓާފަ އެވެ.

ރާއްޖޭގެ ކުޑަ އައްޔަ، އިޔާން އަދި ޝާމް ތިންވަނަ ބުރުގައި ވާދަކުރި ހީޓުތަކުން ބަލިވުމާއިއެކު ދެން ވާދަކުރަން ޖެހުނީ ރެޕެޗާޖު ބުރުކަމަށްވާ ހަތަރުވަނަ ބުރުގަ އެވެ. ހަތަރު ވަނަ ބުރުގައި ހުރިހާ ހީޓެއްވެސް ފެނުނީ ވަރަށް ވާދަވެރިކޮށެވެ. އެންމެ ތަފާތު ނަތީޖާއެއްގެ ގޮތުގައި ފެނުނީ ދުނިޔޭގެ ޗެމްޕިއަންކަން ނުވަ ފަހަރު ހޯދާފައިވާ މައިކް ސްޓެވާޓް އަތުން ރާއްޖޭގެ އަލީ ޝާމް ރާފިއު މޮޅުވުމެވެ. އެމެރިކާގެ މައިކް އާ ދެކޮޅަށް މި މުބާރާތުގައި ދެވަނަ ފަހަރަށް އެއް ހީޓެއްގައި ވާދަކޮށް މިފަހަރުވެސް ޝާމް ކުރި ހޯދީ ކުޑަ ތަފާތަކުންނެވެ. ޝާމް 11.00ގެ ސްކޯއެއް ހޯދިއިރު، މައިކް އަށް ލިބުނީ 10.65ގެ ސްކޯއެކެވެ. މި ހީޓުން ފުލަށް ދިޔަ ޗިލީގެ މަތިއަސް ޑިއާޒް ވަނީ ކަޓާފަ އެވެ.

ޝާމް ވަނީ މުބާރާތުގެ ދެވަނަ ބުރުގައިވެސް އޭނާ ވާދަކުރި ހީޓުގައި މައިކްގެ މައްޗަށް ކުރި ހޯދައި ހީޓުގެ އެއްވަނަ ހޯދާފަ އެވެ.

ރާއްޖޭގެ ޗެމްޕިއަން ކުޑަ އައްޔަ ބަލިވީ ރެޕެޗާޖު ބުރުގެ ހަތަރުވަނަ ހީޓުގެ ފުލަށް ދިޔުމުންނެވެ. މި ހީޓުން ކޮލިފައިވީ ފްރާންސްގެ ދެ ސާފަރުން ކަމަށްވާ ޔަން ސަލައުން އާއި އީތަން އެވެ.

އިއްޔެ ކުރިއަށްދިޔަ ހީޓުތަކަށް ބަލާއިރު އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ މިފަހަރުގެ މުބާރާތުގެ އެންމެ މަގުބޫލު އެއް ބޮޑީބޯޑަރުކަމަށްވާ އިއާން ކެމްބެލް ހަތަރުވަނަ ބުރުން ކެޓުމެވެ. އޭނާ ހަތަރުވަނަ ބުރުގައި ވާދަކުރަން ޖެހުނީ ތިން ވަނަ ބުރުގެ ހީޓު އެކަކުން ފުލަށް ދިޔުމުންނެވެ. ތިން ވަނަ ބުރުގައި ޗިލީގެ ސާޝާ ޑެމްޖަނިކް އާއި ބްރެޒިލްގެ އޭޑާ ލޫސިއާނޯ އަދި އޮސްޓްރޭލިއާގެ ކޭން ބްރޫވާ ވާދަކުރި ހީޓުން ކެމްބެލް ދިޔައީ ފުލަށެވެ. 12.40ގެ ސްކޯއަކުން ހީޓުން އެއްވަނަ ހޯދައިސާޝާ ފަސްވަނަ ބުރުން ޖާގަ ހޯދިއިރު، މި ހީޓުން ދެވަނަ ހޯދި އެޑާ އާއި ތިންވަނަ ހޯދީ ކޭން ވަނީ ހަތަރު ވަނަ ބުރުގައި ވާދަކުރި ހީޓުތަކުގެ ދެވަނަ ހޯދައި މުބާރާތުގައި ކުރިއަށްދިޔުމުގެ ފުރުސަތު ހޯދާފަ އެވެ.

އިއާން ކެމްބެލް ހަތަރު ވަނަ ބުރުގައި ނުކުތީ ދުނިޔޭގެ ކުރީގެ ޗެމްޕިއަން އަމައުރީ ލެވާން އާއި މިވަގުތު ދުނިޔޭގެ ރޭންކިންގެ އެންމެ ކުރީގައި އުޅޭ ޓެނާ މެކްޑެނިއެލް އާ ދެކޮޅަށެވެ. މި ހީޓުން އެއްވަނަ 13.35ގެ ސްކޯއަކާއިއެކު ޓެނާ ހޯދިއިރު، 11.50ގެ ސްކޯއަކުން އަމައުރީ ދިޔައީ ދެވަނަ އަށެވެ. ކެމްބެލް ފުލަށް ދިޔައީ 6.00ގެ ސްކޯއަކުންނެވެ.

ފިރިހެން ޑިވިޝަންގެ ތިންވަނަ ބުރުގައި ކުރިއަށްދިޔަ ހީޓުތަކުން އެއްވަނަ ހޯދި ބޮޑީބޯޑަރުންނަށް ފަސްވަނަ ބުރުން ފުރުސަތު ލިބުނުއިރު، ބޮޑީބޯޑަރުން ވަނީ ރަނގަޅު ސްކޯތަކެއްވެސް ހޯދާފަ އެވެ. މިގޮތުން ހީޓު ދޭއް 15.50ގެ ސްކޯއަކާއިއެކު ފްރާންސްގެ ކްލެމެންޓް ލޮޑޭހޯ ކާމިޔާބުކުރިއިރު، ހީޓު ތިނެއް ކާމިޔާބުކުރީ ބްރެޒިލްގެ އުރީ ވަލަޑާއޯ އެވެ. އޭނާ އަށް 12.00ގެ ސްކޯއެއް ހޯދިއެވެ.

ހީޓު ހަތަރަކުން 12.50ގެ ސްކޯއެއް ހޯދައި ރޮޑްރިގޯ ސިލްވާ ފަސް ވަނަ ބުރުން ޖާގަ ހޯދިއިރު، ވާދަވެރި އަދި ފޯރިގަދަކޮށް ފެނުނު ހީޓު ފަހެއް ސްޕެއިންގެ އާމިދް ސޮލިވަރޭސް ކާމިޔާބުކުރީ 15.35ގެ ސްކޯއަކުންނެވެ. ކުރީގެ ޗެމްޕިއަން ޕިއޭ ލުއިސް ކޮސްޓޭސް (ޕީއެލްސީ) ބަލިކޮށް ޒުވާން ބޮޑީބޯޑަރު ސްޕެއިންގެ ހޯރްހޭ ހެނާންޑޭޒް އަނެއް ބުރަށް ދަތުރުކުރީ 14.75ގެ ސްކޯއަކުންނެވެ.

ފަހު ދެ ހީޓުން ފަސްވަނަ ބުރުގެ ޖާގަ ހޯދި އަނެއް ދެ ބޮޑީބޯޑަރުންނަކީ ފްރާންސްގެ ފަބިއަން ތަޒާ އާއި މިދިޔަ އަހަރުގެ ޗެމްޕިއަން ހަވާއީގެ ޑޭވިޑް ހަބާޑް އެވެ.

ހަތަރު ވަނަ ބުރުގެ ހީޓު އެކަކުން ފްރާންސްގެ މެކްސިމް ކެސްޓިއޯ އާއި ބްރެޒިލްގެ އެޑާ އަނެއް ބުރަށް ދަތުުރުކުރިއިރު، މި ހީޓުން ފުލަށް ގޮސް ކެޓީ ފްރާންސްގެ އާވިން ކްލޯރެކް އެވެ. ދެވަނަ ހީޓުން ފްރާންސްގެ ނިކޮލަސް ކަޕޯނީ ކެޓިއިރު، އެއްވަނަ ހޯދީ ޕޯޗުގަލްގެ ޕެޑްރޯ ބެޓެންކޯޓެވެ.

ފަސްވަނަ ހީޓުން ކުރި ހޯދީ ހަވާއީގެ ސެމީ މޮރެންޓީނޯ އާއި ފްރާންސްގެ ޒިގީ ކެވިއާ އެވެ. ފުލަށް ގޮސް ކެޓީ ސައުތު އެފްރިކާގެ ރޮބާޓް ބާމަން އެވެ. ޖެހިގެން އައި ހީޓުން ރާއްޖޭގެ ޒުވާން ސާފަރު އިޔާން އަހުމަދު ކެޓިއިރު، ޕީއެލްސީ އާއި ޗިލީގެ މޮއިސެސް ސިލްވާވެސް ފަސް ވަނަ ބުރުން ފުރުސަތު ހޯދި އެވެ.

މޮރޮކޯގެ ބްރަހިމް އިޑޫޝް ކަޓޫވާލައި ހީޓު އަށަކުން އަނެއް ބުރަށް ދަތުރުކުރީ ސައުތު އެފްރިކާގެ ޓްރިސްޓަން ރޮބާޓްސް އާއި ބްރެޒިލްގެ ގެބްރިއެލް ބްރާގާ އެވެ. ހީޓު ތިނަކުން ޓެނާ މެކްޑެނިއެލް އާއި އަމައުރީ ލެވާން އަނެއް ބުރަށް ދަތުރުކޮށްފަ އެވެ.

ފިރިހެން ޑިވިޝަންގެ ހީޓުތަކާއިއެކު އަންހެން ބައިގެވެސް ފޯރިގަދަ ހީޓުތަކެއް މިއަދު ކުރިއަށްދިޔަ އެވެ. މިއަދުގެ ހީޓުތަކުން ބަލިވެ 2017ގެ ދުނިޔޭގެ ޗެމްޕިއަން ޕޯޗުގަލްގެ ޖޮއާނާ ޝެންކާ ވަނީ ކަޓާފަ އެވެ. ޖޮއާނާ ކެޓީ ތިންވަނަ ބުރުގައި ކުރިއަށްދިޔަ ދެވަނަ ހީޓުގެ ފަހު މިނެޓުގައި ސައުތު އެފްރިކާގެ ޕަމޭލާ ބޯރެން ދެއްކި ހުނަރާއިއެކު އޭނާ އެ ހީޓު ކާމިޔާބުކުރުމުންނެވެ. ޖޮއާނާއިއެކު ޖަޕާންގެ ޔޫކާ ނިޝިމިއުރާއަށްވެސް މުބާރާތްވެސް ވަނީ ނިމިފަ އެވެ.

އަންހެން ޑިވިޝަންގެ ތިންވަނަ ބުރުގައި އަނެއް ހީޓުން ބަލިވެ ބްރެޒިލްގެ ކްލާރާ ޕޮންޓޭސް އާއި ބްރެޒިލްގެ ފްރެންސިސް އައޯޓޯވެސް ވަނީ ކަޓާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

ބޮޑު ތަފާތަކުން ލައިޕްޒިގު ބަލިކޮށް ބަޔާން އެއް ވަނަ އަށް

ޖަރުމަނު ލީގުގައި އާރްބީ ލައިޕްޒިގު އަތުން 6-1 އިން މޮޅުވެ، ބަޔާން މިއުނިކުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. ބަޔާނުން އެއްވަނަ ހޯދީ ޑޯޓްމަންޑާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް، ހެޑް ޓު ހެޑްގެ ތަފާތުން ކުރިލިބޭތީ. މި މެޗުގައި ބަޔާންގެ ލުއިސް ޑިއާޒް ހެޓްރިކެއް ހެދިއިރު، ހެރީ ކޭން އާއި ޕަވްލޮވިޗް އަދި އޮލީސޭ ވެސް ލަނޑު ޖެހި

ޗެލްސީ އާއި ލިވަޕޫލަށް މޮޅެއް، ސިޓީގައި މަރެސްކާ އަށް ރެކޯޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ސިޓީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ ލީގުގެ ފުރަތަމަ ހަތް މެޗުން މޮޅުވެ އާ ރެކޯޑެއް ގާއިމްކޮށްފައި. ޗެލްސީން އެވަޓަން ބަލިކުރީ 2-0 އިންނެވެ. އަދި ލިވަޕޫލުން ވަނީ ފަހަތުން އަރައި ބްރެންޓްފޯޑްގެ މައްޗަށް 2-1 އިން ކުރިހޯދާފައި

ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ނަން ނުނަގާ ކަމަށް ބުނެފި

މިއަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ވަނީ ދޮގުކޮށްފައި. ސާފް އިން ބުނިގޮތުގައި ކުރިންވެސް ނިންމާފައިވާ ގޮތަށް މި މުބާރާތުގައި ހަ ގައުމު ބައިވެރިވާނެ ކަމަށާއި، އިންޑިއާގެ ބައިވެރިވުން މުބާރާތުގައި އޮންނާނެކަން ޔަގީންކުރެވިފައިވާ ކަމަށް.

ސްޕެއިނުގެ ރަގްބީ ވޯލްޑް ކަޕް ބިޑްގައި ރެއާލާއި ބާސެލޯނާގެ ދަނޑު

2035 ވަނަ އަހަރުގެ ރަގްބީ ވޯލްޑް ކަޕް ބޭއްވުމަށް ސްޕެއިނުން ހުށަހެޅި ބިޑްގައި ރެއާލް މެޑްރިޑާއި ބާސެލޯނާގެ ދަނޑުތައް ހިމަނާފައިވާއިރު، ބިޑް ކާމިޔާބުވެއްޖެނަމަ ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ ނޯ ކޭމްޕްގައެވެ. މި މުބާރާތް ބޭއްވުމަށް އާޖެންޓީނާ އާއި ޖަޕާނުން ވެސް ވާދަކުރާއިރު، ސްޕެއިނުން އަމާޒު ހިފާފައިވަނީ 2030 ގެ ފީފާ ވޯލްޑް ކަޕްގެ ތަޖުރިބާ ބޭނުންކޮށްގެން އެންމެ ފުރިހަމަ ރަގްބީ މުބާރާތް ބޭއްވުމަށެވެ.

ގައުމީ ޓީމަށް ނަގާ ކުޅުންތެރިންނާ މެދު ލައްޗޭގެ ވިސްނުން

ގައުމީ ޓީމަށް ނަގާ ކުޅުންތެރިން ޓީމާ ގުޅުމަކީ ކްލަބުން ހުރަސްއަޅާ ކަމެއް ނޫން ކަމަށާއި، ބައެއް ކުޅުންތެރިން ސްކޮޑުން ވަކިވަނީ އާއިލީ ސަބަބުތަކާ ހުރެ ކަމަށް ލައްޗޭ ބުނެފައިވޭ. އަދި ކުޅުންތެރިންނަށް ޓީމާ ދުރަށް ދެވެނީ ގައުމީ ކޯޗުގެ ފަރާތުން އެ ފުރުސަތު ލިބޭތީ ކަމަށް ވެސް އޭނާ ފާހަގަކުރި

އަޖުފާން ގައުމީ ސްކޮޑަށް، މެޖޯރިޓީ ރިވައިވަލް ސްޕޯޓްސް އަށް

ގައުމީ ބެޑްމިންޓަން ޓީމު ހޮވުމަށް ބޭއްވި ސިލެކްޝަނުން، 9 ފަހަރު ގައުމީ މުބާރާތުގެ ޗެމްޕިއަން، އަޖުފާން ރަޝީދު ހިމެނޭހެން 12 ކުޅުންތެރިންގެ ސްކޮޑެއް ވަނީ އެކުލަވާލާފައި. މި ސްކޮޑުގެ މެޖޯރިޓީ ނުވަތަ ހަތް ޖާގައެއް ރިވައިވަލް ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ހޯދާފައިވާއިރު، މީގެ ތެރޭގައި ރޭންކިންގެ އެއް ވަނަ އަދި ދެ ވަނަ ކުޅުންތެރިންވެސް ހިމެނޭ

Newsletter

Get the latest news delivered straight to your inbox