"ބުނީ ނުވާނެޔޭ! އެކަމަކު އެއޮތީ ކޮށް ނިންމާފަ":ރައީސް

ރައީސް މީދޫގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: އިޔާން/އަދަދު

ރައީސް މީދޫގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: އިޔާން/އަދަދު

އިދިކޮޅު ފަރާތްތަކުން "ނުވާނެޔޭ" ބުނި އެތައް ކަމެއް މި ސަރުކާރުން ކޮށް ނިންމައި، އެ ވައުދުތައް ފުއްދާފައިވާކަމަށް ރައީސުލްޖުމުހޫރުއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ސެޕްޓެމްބަރު 9، ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ދ. މީދޫއަށް ވަޑައިގަތް ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، 2018 ވަނަ އަހަރު އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގަތީ ސިޔާސަތުތަކާއި އެކީގައި ކަމަށެވެ. އެ ސިޔާސަތުތަކާމެދު އޭރު ވެސް އިދިކޮޅު ފަރާތްތަކުން "ތިކަމެއް ނުވާނެޔޭ" ބުނަމުން ގެންދިޔަ ނަމަވެސް، އެ ސިޔާސަތުތަކާއި ވައުދުތައް ފުއްދާފައިވާކަން ރައީސް ސޯލިހު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން [2018 ވަނަ އަހަރު] ދެއްކިން މިނިމަމް ވޭޖް ކަނޑައަޅާނެ ވާހަކަ. ކީކޭތޯ ބުނީ؟ ތިކަމެއް ނުވާނެޔޭ. ސަރުކާރުގެ މުއައްޒަފުންގެ މުސާރަ ބޮޑުކޮށްދޭނަމޭ އަޅުގަނޑުމެން ބުނިން. ކީކޭތޯ އެމީހުން ބުނީ؟ ތިކަމެއް ވެސް ނުވާނެޔޭ،" ރައީސް ސޯލިހު މިސާލުޖައްސަވަމުން ވިދާޅުވި އެވެ.

ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އަޅައިދިނުމުގެ އިތުރުން ދަތުރުފަތުރު އަވަސް ސްޕީޑުގައި ކޮށްދިނުން އަދި ކޮވިޑުގެ އާލަމީ ވަބާއިން އަރައިގަނެ ރިސޯޓުތައް އަލުން ހުޅުވުމަކީ ވެސް ނުވާނެ ކަންކަން ކަމުގައި އިދިކޮޅުން ވިދާޅުވިކަން ރައީސް ފާހަގަކުރެއްވި އެވެ.

"އެހެންނަމަވެސް އިރާދަކުރެއްވިއްޔާ ކޮވިޑު ވެސް ކޮންޓްރޯލް ކުރެވިއްޖެ. ބޯޑަރު ވެސް ހުޅުވިއްޖެ. ރިސޯޓުތައް ވެސް ހުޅުވިއްޖެ. މީހުން ވެސް އަންނަން ފަށައިފި. އިގްތިސާދު ވެސް ކުރިއަރަން ފަށައިފި،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަން ވެފައި ވާއިރު ރާއްޖޭގެ ސިޔާސީ މަޝްރަހު ބަދަލުވަމުންދާގޮތާއި މެދު ކަންބޮޑުވާކަމަށެވެ. އެގޮތުން ޕީޕީއެމްއަށް އެންމެ ފަހުވަގުތާއިޖެހެންދެން ކެނޑިޑޭޓެއް ނުނެރެވުމަކީ އެ ޕާޓީގެ މެމްބަރުންނަށާއި ގައުމަށް ވެސް ލިބުނު ބޮޑު ދެރައެއް ކަމުގައި ވެސް ވިދާޅުވިއެވެ.

"ރާއްޖޭގަ އޮތް އެންމެ ބޮޑު އެއް ސިޔާސީ ޕާޓީ، އަޅުގަނޑުމެންގެ ވާދަވެރި ސިޔާސީ ޕާޓީއަށް އެންމެ ފަހު ވަގުތާއި ޖެހޭއިރު ވެސް ކެންޑިޑޭޓަކު ކަނޑަނޭޅި އޮތުމަކީ އެ ޕާޓީގެ މެމްބަރުންނަށް ލިބިގެންދާ ދެރައެއް. މުޅި ގައުމަށް ވެސް ލިބިގެންދާ ދެރައެއް،"ރައީސް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން އިދިކޮޅު ފެނިގެންދަނީ ވަކި މީހެއްގެ މަސްލަހަތު ހިމާޔަތްކުރާން އުޅޭ ޕާޓީއެއްގެ ގޮތުގައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި އެމްޑީޕީއިން ވެސް އެފަދަ ދުވަސްތަކެއް ތަޖުރިބާ ކުރިކަން ފާހަގަކުރެއްވި އެވެ.

"މިއަދު މަސައްކަތް ކުރަމުން އެގެންދަވަނީ އިންތިހާބު ބޯއިކޮޓް ކުރަން. ވަކި މީހެއްގެ މަސްލަހަތު ހިމާޔަތްކޮށް، ވަކި މީހެއްގެ ފަހަތުން އެނބުރޭ ސިޔާސީ ޕާޓީއެއް ގޮތުގަ ފެނިގެން މިދަނީ،" ރައީސް ވިދާޅުވި އެވެ.

އަދި ރައީސް ވަނީ ވަކި މީހެއްގެ ފަހަތުގައި ނުތިބެ ކެންޑިޑޭޓަކު ނެރެ ކުރިއަށް ދިއުމަށް ޕީޕީއެމްއަށް ގޮވާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox