ވާދަ ކުރަން ސެނެޓުން ފާސް ކުރުމުން ވެސް އިންތިހާބު ބޮއިކޮޓް ކުރަން ޔާމީން އެދިވަޑައިގަނެފި

ގާޑުންގެ ބެލުމުގެ ދަށުގައި ޔާމީން ކޯޓަށް ވައްދަނީ: ވިދާޅުވީ އަނެއްކާ ވެސް އިންތިހާބު ބޮއިކޮޓް ކުރަން -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ގާޑުންގެ ބެލުމުގެ ދަށުގައި ޔާމީން ކޯޓަށް ވައްދަނީ: ވިދާޅުވީ އަނެއްކާ ވެސް އިންތިހާބު ބޮއިކޮޓް ކުރަން -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން އިދިކޮޅު ޕީޕީއެމްގެ ލީޑަރު އަބްދުﷲ ޔާމީން ދެއްވި ހިޔާލު މިއަދު ޕާޓީގެ ސެނެޓުން ފާސްނުވުމުން ވެސް އިންތިހާބުގައި ބައިވެރިނުވާން އެމަނިކުފާނު ދެ ވަނަ ފަހަރަށް މިރޭ ޕާޓީއަށް އަންގަވައިފި އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި އިންޔިހާބު ބޮއިކޮޓް ކުރަން ދެ ވަނަ ފަހަރަށް ޔާމީން ޕާޓީއަށް އެންގެވީ އަަނބިކަނބަލުން ފާތިމަތު އިބްރާހިމަށް މާފުށީ ޖަލުގައި ހުންނަވައި ގުޅުއްވައިގެނެވެ.

ޔާމީންގެ ފޯން ކޯލާއެކު، އިންތިހާބު ބޮއިކޮޓް ކުރަން ޕީޕީއެމްގެ ލީޑާޝިޕުން މިވަގުތު ބައްދަލުވެއް ބާއްވަމުންދާ ކަމަށް ވެސް މި ނޫހަށް އެނގިފައިވެ އެވެ.

އިންތިހާބު ބޮއިކޮޓް ކުރަން ޔާމީން ހިޔާލު ދެއްވުމުން މިއަދު ބޭއްވި ސެނެޓު ބައްދަލުވުމުގައި އެކަން ފާސްނުވީ ޖަލްސާ ހޫނުވެ، ހަމަނުޖެހުން ހިނގައިދިޔަ ފަހުންނެވެ. އިންތިހާބު ބޮއިކޮޓް ކުރަން ލިބުނީ 45 ވޯޓެވެ. އިންތިހާބުގައި ބައިވެރިވާން 67 ވޯޓު ލިބުނެވެ.

"ރައީސް ދެއްވި ހުށަހެޅުއްވުމަށް މަޝްވަރާ ކުރުމަށްފަހު ރައީސް [ޔާމީން] މިނިވަން ކުރެވެން އަންނަނީ އިންތިހާބުގައި ވާދަކޮށްގެން ކަމަށް ފެންނާތީ، އެގޮތަށް ރައީސް އަށް ލަފާ އަރުވަން ސެނެޓުން ނިންމައިފި. އަދި ރައީސްގެ ހައްގުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމަށް ވެސް ސެނެޓު އެއްކޮށް އިއްތިފާގުވޭ،" ޕާޓީގެ ފަރާތުން މިއަދު ބުންޏެެވެ.

ޔާމީންއަށް ވާދަ ނުކުރެއްވޭ ހާލަތަކަށް ވިސްނައި މިދިޔަ ބުރާސްފަތި ދުވަހު ޕީޕީއެމްގެ ސިސްޓާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސްއިން ވަނީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކެންޑިޑޭޓެއްގެ ގޮތުގައި އިންތިހާބުކޮށްފަ އެވެ. ނަމަވެސް ޕީޕީއެމްގެ ލީޑާޝިޕުން މިހާރު ބުނަނީ ޕީޕީއެމްގެ ކެންޑިޑޭޓެއް ނުކުންނަ ނަމަ ޕީއެންސީން މުއިއްޒު ވާދަ ނުކުރެއްވުމަށް އެއްބަސްވެފައިވާ ކަމަށެވެ.

އޭނާގެ ކެންޑިޑެސީ ފޯމު މާދަމާ ހުށަހަޅާނެ ކަމަށް މުއިއްޒުގެ ކެމްޕެއިން ޓީމުން ބުނެ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް އަދި މިހާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދަ ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބާއި ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމެވެ. އޭގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޕާޓީގެ މުހައްމަދު ނާޒިމާއި މޯލްޑިވްސް ރިފޯމް މޫވްމަންޓުގެ ފާރިސް މައުމޫނާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް އިންތިހާބުގައި ވާދަ ކުރައްވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox